Roadha Mihaaru

އިބޫ ވެވަޑައިގެންނެވި ވައުދު ހާސިލް ވާނެ ގޮތެއް ނެތް: ތޯރިގް

ހދ. އަތޮޅަށް ޓޫރިޒަމް ފުޅާކޮށް އުފާވެރި ދިރިއުޅުމެއް ހޯއްދަވައިދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވުމާ ގުޅިގެން، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް، އިބޫ އަށް މިއަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

އިބޫ ވެވަޑައިގެންނެވި ވައުދު ހާސިލްވާނެ ގޮތެއް ނެތް
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

12 އޯގަސްޓް 2018

ހދ. އަތޮޅަށް ޓޫރިޒަމް ފުޅާކޮށް އުފާވެރި ދިރިއުޅުމެއް ހޯއްދަވައިދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވުމާ ގުޅިގެން، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް، އިބޫ އަށް މިއަދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ތޯރިގް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ހދ. އަދި ށ. އަތޮޅުގައި ޓޫރިސްޓް ވަސީލަތްތަކާއެކު، 3000 އެނދު ގާއިމު ކުރައްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ހދ. އަތޮޅުގައި އިއުލާން ކުރައްވާފައިވާ ކަމަށެވެ.

ތޯރިގް މިއަދު ކުރެއްވި ޓުވީޓު.

ނަމަވެސް، އިބޫ ހދ. އަތޮޅުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުގައި އެކަން ހާސިލް ކުރެވޭނެ ގޮތެއް ނެތް ކަމަށް ތޯރިގް ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.

އިބޫ ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ހދ. ހިރިމަރަދޫ އަށް ވަޑައިގެން އިބޫ ވިދާޅުވީ އެ އަތޮޅުގައި އެންމެ ރިސޯޓެއް އޮވެގެން އެ ސަރަހައްދުގައި ޓޫރިޒަމް ކުރިއަރައިގެން ނުދާނެ ކަމަށެވެ. އެގޮތުން، ހިރިމަރަދޫ ކައިރީގައި ހުރި ރަށްތައް ޓޫރިސްޓު ރިސޯޓުތަކުގެ ގޮތުގައި ތަރައްގީ ކުރަން މަސައްކަތްކޮށް ދެއްވާނެ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކުރައްވާ އިބޫ ވިދާޅުވި އެވެ.

ތޯރިގްގެ ޓުވީޓާ ގުޅިިގެން ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުންނާއި ބައެއް އާންމުން ވަނީ ޓުވިޓާގައި ތޯރިގްގެ ވާހަކަ އަށް ތައުރީފް ކުރައްވައި، އިބޫ އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވީ ވޭތުވެދިޔަ 35 އަހަރު ނުވި ކަމެއް، "ފީ ކޯލިޝަނަކަށް" ނުކުރެވޭނެ ކަމަށާއި "އިބޫ އަށްވުރެ ފަލަ ވައުދު ނުވުން ބުއްދިވެރިވާނެ" ކަމަށެވެ.

ތޯރިގްގެ ޓުވީޓާ ގުޅިގެން، އޭނާ އަށް ފާޑު ކިޔައި ބައެއް މީހުން ބުނީ އިބޫގެ ވައުދުތަކަކީ އަނިޔާވެރިކަމާއި ރައްޔިތުންގެ ހަޒާނާ އިން ވައްކަން ކުރުމާއި ކޮރަޕްޝަން ނައްތާލުން ކަމަށެވެ. އަދި މިކަން ކަން ހުއްޓުވިގެން ނޫނީ ގައުމު ތަރައްގީ ނުވާނެ ކަމަށް ވެސް އެ މީހުން ބުންޏެވެ.