Roadha Mihaaru
އިންތިޚާބު ފަސްކުރަން މަސައްކަތެއް ނުކުރޭ:އަބްދުއްރަހީމް

އިންތިޚާބު ފަސްކުރާކަށް ސަރުކާރުން މަސައްކަތެއް ނުކުރޭ: އަބްދުއްރަހީމް

05 އޯގަސްޓް 2018

އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބު ފަސްކުރާކަށް ސަރުކާރާއި ވެރިކަން ކުރާ ޕީޕީއެމުން ވެސް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބު ފަސްކުރާކަށް ސަރުކާރާއި ވެރިކަން ކުރާ ޕީޕީއެމުން ވެސް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ރިޔާސީ އިންތިޚާބު ފަސްކުރަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިންތިޚާބު ފަސްކުރުމަކީ އެ ޕާޓީން ތާއީދުކުރާ ކަމެއް ނޫން ކަމަށެވެ. ޕީޕީއެމަކީ އަބަދުވެސް ގައުމުގެ ސުލްހަމަސަލަސްކަމާއި އަމާންކަމަށް އިސްކަންދޭ ޕާޓީއެއް ކަމަށް ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކުން ތުހުމަތުކުރާ ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ގައުމު ހަލަބޮލިކޮށް އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އަމިއްލަ ފޭސްބުކްގެ އެކައުންޓުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވުމަކީ އިންތިޚާބު ފަސްކުރަން ސަރުކާރުން ރާވާފައިވާ ރޭވުމުގެ ބައެކެވެ.

އެ ވާހަކަތައް ދޮގު ކުރައްވައި އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އިންތިޚާބާ ގުޅޭ ގޮތުން އިދިކޮޅުން ދައްކަނީ ހަގީގަތެއް ނެތް ވާހަކަތަކެކެވެ. ޕީޕީއެމުން ބޭނުން ވަނީ ވީހާވެސް އަވަހަކަށް އިންތިޚާބު ބާއްވަން ކަމަށާއި އެކަމަށް ދެވެން އޮތް އެއްބާރުލުމެއް ވެސް އެ ޕާޓީން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ހާލެއްގައި، ޕީޕީއެމްގެ ސަރުކާރަކުން ރާއްޖޭގެ މަސްލަހަތު ގެއްލޭ ކަހަލަ އެއްވެސް މަސައްކަތެއް ނުކުރާނެ. [ރިޔާސީ] އިންތިހާބު ފަސްކުރާކަށް ވެސް މަސައްކަތެއް ނުކުރާނެ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ވީހާ އަވަހަކަށް އިންތިހާބު ބާއްވަން. އަދި އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީހުގައި އެކަން ހިނގާނީ. އެ ތާރީހުގައި އިންތިހާބު ބޭއްވުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ޕީޕީއެމުންކޮށް ދޭނެ."

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެ ޕާޓީން ބޭނުން ވަނީ، ވަރަށް އަމާންކަމާއި ސުލްހަވެރިކަމާ އެކު ހާމަކަންބޮޑު އިންތިޚާބެއް ބާއްވާށެވެ. އެ އިންތިޚާބު ކާމިޔާބު ކުރާނީ ވެސް އެ ޕާޓީން ކަމަށް ބުންޏެވެ.

އޭނާ ވިދާޅުވީ އިންތިޚާބު ފަސްކޮށްފާނެ ކަަމަށް ރައްޔިތުން ކަންބޮޑުވާކަށް ނުޖެހޭނެ ކަމަށެވެ. އެކަމަކު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ހާސްކަމާއި ނުތަނަވަސްކަން އުފެއްދަން އިދިކޮޅު ފަރާތްތަކުން އަބަދު ވެސް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

Amaankan nagaalan ulhey kamah bunun: inthihaabu nubeynvumuge uzureh!?

Amaankan nagaalan ulhey kamah bunun: inthihaabu nubeynvumuge uzureh!?

The most trusted news source in the Maldives

Mihaaru

އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި ޑިފެންސް މިނިސްޓަރުގެ ވާހަކަތަކަކީ އިންތިހާބު ފަސްކުރަން ދައްކަވާ އުޒުރެއް.

"މިކަހަލަ ދުވަސްވަރެއް އައިމަ ރައްޔިތުންނަށް އޮޅުވާލައި، ވާނުވާ ނޭނގޭ ގޮތަށް ވާހަކަ ދެއްކުމަކީ އަދި ދޮގު ޚަބަރުތައް ފެތުރުމަކީ އާންމު ގޮތެއްގައި މިއަދު އިދިކޮޅުގައި ތިބި މީހުން ފެށުނީއްސުރެ ކުރާ ކަމެއް. އެއީ އެ މީހުންގެ ތާރީހާ ގުޅިފައި އިން ކަމެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އިންތިހާބުން ބަލިވެދާނެތީ ޕީޕީއެމާއި ރައީސް އަބްދުﷲ ޔާމީންގެ ކަންބޮޑުވުމެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި ރައްޔިތުން ގަބޫލު ކުރާ ވައުދުތަކާއިގެން އިންތިހާބަށް ކުރިމަތިލައްވާތީ، ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބު ވާނެކަމާ ދޭތެރޭ ސުވާލު އުފައްދާނެ ޖާގައެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.