Roadha Mihaaru
އައްޑޫން ދޫކުރާ ވިޔަފާރި ބިންތަކަށް ހުޅުވާލައިފި

އައްޑޫން ދޫކުރާ ވިޔަފާރި ބިންތަކަށް ކުރިމަތިލާން ހުޅުވާލައިފި

05 އޯގަސްޓް 2018

ވިޔަފާރީގެ ބޭނުންތަކަށް އައްޑޫން ކުއްޔަށް ދޫކުރަން ނިންމާފައިވާ ބިންތަކަށް ޝައުގުވެރިވާ މީހުންނަށް ބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވިޔަފާރީގެ ބޭނުންތަކަށް އައްޑޫން ކުއްޔަށް ދޫކުރަން ނިންމާފައިވާ ބިންތަކަށް ޝައުގުވެރިވާ މީހުންނަށް ބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވާލައިފި އެވެ.

އައްޑޫގެ އެކި އަވަށްތަކުން ޖުމްލަ 68 ބިމެއް ކުއްޔަށް ދޭން ނިންމާފައިވާ އިރުު، ބިންތައް ހޯދަން ހުށަހެޅުމުގެ މުއްދަތު މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް އޮންނާނެ އެވެ.

އެ ކަަމަށް އެދޭ ފޯމު، އައްޑޫގައި ހުންނަ ހައުސިން މިނިސްޓްރީގެ ޑިޕާޓްމަންޓާއި އެ ތަނުގެ ދަށިުން ހިންގާ ޔުނިޓްތަކުން ލިބޭނެ އެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ބިންތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ ހަތަރު ޒޯނަކުންނެވެ. އެއީ، ބަނދަރު ސަރަޙައްދުތަކާއި އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ސަރަހައްދާއި ލިންކް ރޯޑް ނުވަތަ ޕްރައިމަރީ މަގުތަކާއި އަދި މީހުން ދިރިއުޅޭ ސަރަޙައްދުތަކުންނެވެ. ވިޔަފާރި ބިންތައް އެންމެ ގިނައިން ދޫކުރަން ހަމަޖެހިފައި ވަނީ ފޭދޫންނެވެ. އެ އަވަށުން 1،000-1،500 އަކަފޫޓާ ދެމެދުގެ 25 ބިން ކުއްޔަށް ދޭން ވަނީ ނިންމައިފަ އެވެ.

އައްޑޫ ގައި އާބާދީ އެންމެ ބޮޑު ހިތަދޫން 1،800-2،900 އަކަފޫޓާ ދެމެދުގެ 14 ބިމެއް ކުއްޔަށް ދޭން ހަމަޖެހިފައިވެ އެވެ.

މީދު އާއި މަރަދޫން ދޫކުރަނީ އެއިން ކޮންމެ އަވަށަކުން ހަ ބިމެވެ. މަރަދޫން ކުއްޔަށް ދޫކުރަނީ 1،000 އަކަފޫޓުގެ ބިންތަކެކެވެ. މީދޫން ދޫކުރުމަށް ހަމަޖެހިފައި ވަނީ 3،000 އަކަފޫޓުގެ ބިންތަކެކެވެ.

Viyafaaree ge beynumah Addu in 64 bimeh  kuyyah dhookuranee

Viyafaaree ge beynumah Addu in 64 bimeh kuyyah dhookuranee

The most trusted news source in the Maldives

Mihaaru

އައްޑޫން ވިޔަފާރި ބިން ދޫކުރާކަން އިއުލާން ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު.

މަރަދޫފޭދޫން 1،000-1200 ދެމެދުގެ އަކަފޫޓުގެ 10 ބިން ދޫކުރާނެ އެވެ. އަދި ހުޅުދޫން 2،000-3،000 އަކަފޫޓްގެ ހަތް ބިމެއް ދޫކުރަން ވަނީ ނިންމައިފަ އެވެ. ހައުސިން މިނިސްޓްރީން ބުނީ، ބިންތަކަށް ކުރިމަތި ލެވޭނީ ހަމައެކަނި އައްޑޫގެ ރައްޔިތުންނަށް ކަމަށެވެ. ބިންތައް ދޫކުރުމުގައި މައިގަނޑު ގޮތެއްގައި ބަލަނީ ހުށަހަޅާ އަގަށާއި ޕްރޮޕޯސަލް އަށެވެ.

ކުއްޔަށް ދޫކުރާ ބިންތަކުގައި ޢިމާރާތް ކުރެވޭނެ އެންމެ އުސް މިނަކީ ދެ ބުރިއަށެއެވެ. އަދި މި ބިންތައް ކުއްޔަށް ދޫކުރަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އައްޑޫން ވިޔަފާރިތަކަށް ކުލީ ބިން ދޫކުރަން ނިންމީ އެ ކަމަށް ވަރަށް ގިނަ ބަޔަކު އެދެމުން އަންނާތީ ކަމަށެވެ.