01 އޯގަސްޓް 2018
ށ. ފުނަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.
ށ. ފުނަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.
ދައުލަތުގެ ބަޖެޓުން 46 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން، އެ ރަށުގެ ގިނަ މަގުތަކެއްގައި ތާރު އަޅާނެ އެވެ. އެގޮތުން، 4.8 ކިލޯ މީޓަރު ދިގަށް ތާރު އެޅުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
ފުނަދޫގެ މަގުތަކުގައި އެމްޓީސީސީން ތާރު އަޅަނީ
އެ ކުންފުނިން ބުނިގޮތުގައި، ސަރުކާރުން 2015 ގައި އެ ކުންފުންޏާ ހަވާލު ކުރި، ފުނަދޫގެ މަގުތައް ހެދުމުގެ މަޝްރޫއުގެ 80 ޕަސެންޓު މިހާރު ވަނީ ނިމިފަ އެވެ. ތާރު އެޅުމާއެކު، މަގު ފާހަގަ ޖެހުމާއި މަގުތަކުގައި ބައްތި ވެސް ހަރުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ފުނަދޫގެ ބޮޑެތި މަގުތަކުގައި ތާރު އަޅަނީ، ދެ ފަރާތުގައި ޕޭވްމަންޓް ހަދައި، މަގުގެ މެދުގައި ގަސް އިންދާ ގޮތަށެވެ. އަދި ހަނި މަގުތަކުގެ އެއް ފަރާތުގައި ތާރު އަޅާއިރު، ގޯޅިތަކުގައި ޕޭވްމަންޓެއް ނުހުންނާނެ އެވެ.
ފުނަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީން ކުރަނީ
މި މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެ ކުންފުނިން އަންނަނީ ފުނަދޫގައި އެއާޕޯޓު އެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން މިހާރު ހިއްކާ ނިމިފައިވާއިރު ރަންވޭ އެޅުމުގެ މަސައްކަތް މިދިޔަ މަހުގެ ތެރޭގައި ވަނީ ފަށައިފަ އެވެ.
ފުނަދޫގައި އެއާޕޯޓު އެޅުމަށް ބިން ހިއްކައި ނިންމާލައިފި
އެއާޕޯޓަށް ބިން ހިއްކަން މަހާޖައްރާފް ފުނަދޫގައި
ދިއްގަރުގެ ހައުސިން މަޝްރޫއުގެ ބިންގާ އަޅައިފި
އަމީނީމަގުގެ މަސައްކަތް ފެށުމުން ބަސް ރޫޓަށް ބަދަލެއް
ބޮޑުތަކުރުފާނު މަގުގެ ބާކީބައިގައި ތާރު އަޅަން އެމްޓީސީސީއަށް
ތާރުއަޅައި ހަނިމާދޫގެ މަގުތައް ނިންމާލައިފި
ތިންދުވަސް ތެރޭ ސްޓެލްކޯއާ ހިސާބަށް ތާރު އަޅަނީ
އަމީނީ މަގުގައި ތާރު އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި
ހޯރަފުށީ މަގުތަކުގައި ތާރު އަޅަން ފަށައިފި
މާއުނގޫދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި