28 ޖުލައި 2018
ސިއްރު ފެންފުށީގެ "ކަނޑު އަޑީގެ މިއުޒިއަމް" ގައި އަޅުކަން ކުރާ ޒާތުގެ ބުދު ބަހައްޓަން ހުއްދަ ނުދޭ ކަމަށާއި އިސްލާމް ދީނުގެ އަސްލަކާއި އަދި ރާއްޖޭގެ ގާނޫނާ ޚިލާފު ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އެ ރިސޯޓުން ކުރިން ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ސިއްރު ފެންފުށީގެ "ކަނޑު އަޑީގެ މިއުޒިއަމް" ގައި އަޅުކަން ކުރާ ޒާތުގެ ބުދު ބަހައްޓަން ހުއްދަ ނުދޭ ކަމަށާއި އިސްލާމް ދީނުގެ އަސްލަކާއި އަދި ރާއްޖޭގެ ގާނޫނާ ޚިލާފު ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އެ ރިސޯޓުން ކުރިން ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ށ. އަތޮޅުގައި އޮންނަ ސިއްރު ފެންފުށި ރިސޯޓުގެ ފަޅުތެރޭގައި މިއުޒިއަމެއް ނުވަތަ ގެލެރީއެއް ހެދުމަށް ފަހު، އެ ތަނުގައި ބުދުތަކެއް ބެހެއްޓި މައްސަލަ ވަނީ ހޫނުވެފަ އެވެ. އަދި އެ ބުދުތައް މިއަދުގެ ނިޔަލަށް ނެގުމަށް ރައީސް އޮފީހުން ވަނީ ޓޫރިޒަމް މިނިސްޓްރީ އަށް އިއްޔެ އަންގައިފަ އެވެ.
މިކަމާ ގުޅޭ ގޮތުން "މިހާރު" ން ސުވާލު ކުރުމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ސިއްރު ފެންފުށީގެ ކަނޑުއަޑީގައި މިއުޒިއަމެއް ހެދުމަށް އެ ރިސޯޓުން ބޭނުންވެގެން އެކަން ކުރުމަށް އެންވަޔަރުމެންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދައި އެ ގެލެރީ ހެދުމުގެ ހުއްދަ ދިން ކަމަށެވެ. ނަމަވެސް، އޭރު އެތަނުގައި ބަހައްޓަނީ އަޅުކަން ކުރަން ގެންގުޅޭ ޒާތުގެ ބުދުތަކެއް ކަމެއް ސަރުކާރަށް އަންގާފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެކަމަކު، އަޅުކަން ކުރާ ޒާތުގެ ބުދުތަކެއް އެތަނުގައި ބަހައްޓާ ކަމަށް މީގެ ހައެއްކަ މަސް ކުރިން މީޑިއާ އިން އެނގިގެން އަޅުގަނޑުމެން އެ މީހުންނާ ވާހަކަ ދެއްކިން. އަދި އިސްލާމްދީނުގެ ވެލިއުސް އާއި ރާއްޖޭގެ ގާނޫނުތަކާ ޚިލާފު އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އެ ބޭފުޅުން ލިޔުމަކުން އަޅުގަނޑުމެންނަށް ދިން،" ޒަމީރު ވިދާޅުވި އެވެ.
ސިއްރު ފެންފުށީގެ ގެލެރީ ގައި ބަހައްޓާފައިވާ ބުދުތައް: އެ ތަކެތި ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.
އޭނާ ވިދާޅުވި ގޮތުގައި، ރިސޯޓުތަކުގައި އަންޑަ ވޯޓާ މިއުޒިއަމް ފަދަ ތަންތަން ހެދުމަށް ސަރުކާރުން ވަކި ހުއްދައެއް ނަގާކަށް ނުޖެހެ އެވެ. އެކަމަކު، ސިއްރު ފެންފުށީ ގައި ހަދަން ނިންމީ ކަނޑު އަޑީގެ ގެލެރީއެއް ކަމަށް ވުމުން، އޭގެ ސަބަބުން ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަތުމުގެ ސާވޭ ހަދައި އެކަމަށް ހުއްދަ ދިނެނެވެ.
"އެއީ ރާއްޖެ އަށް އެތެރެކުރި ބުދުތަކެއް ވެސް ނޫން. އެއީ އެ ރިސޯޓު ގައި ތައްޔާރު ކޮށްފައިވާ ތަކެތި،" މިނިސްޓަރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ، އެ ބުދުތައް ބަހައްޓައިގެން ސިއްރު ފެންފުށީގެ ގެލެރީ ދެން ބޭނުން ނުކުރަން އެ ރިސޯޓަށް އޭނާ މިހާރު ވާނީ އަންގަވާފައި ކަމަށެވެ.
"އެ ބުދުތައް ނަގައި ނިމެންދެން ގެލެރެނީ ބޭނުން ނުކުރަން ވާނީ އަޅުގަނޑު އަންގާފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ، ސިއްރު ފެންފުށީ ގައި ބެހެއްޓި ބުދުތައް ނެގުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށެވެ. އެއީ ވެލްޑިން ކޮށް، ކަނޑު އަޑީގައި ހަރުކޮށްފައިވާ ތަކެތި ކަމަށް ވުމުން އެކަމަށް ވަގުތުތަކެއް ހޭދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިނގިރޭސި ވިލާތުގެ އާޓިސްޓެއް ކަމަށްވާ ޖޭސަން ޑިކެއާސްގެ ޚިޔާލާ އެއްގޮތަށް އުފެއްދި މި ގެލަރީ ނުވަތަ އެގްޒިބިޝަން ގާއިމް ކޮށްފައި ވަނީ ސިއްރު ފެންފުށީގެ ފަޅުތެރޭގަ އެވެ. މޫދުގެ ދިރުންތަކާއި އިންސާނުންނާ އޮތް ގުޅުން މިތަނުގައި ދައްކުވައިދީފައި ވަނީ އިންސާނުންނާ ވައްތަރު ގޮތަށް ހަދާފައި ހުރި ބުދުތަކާއި އޭގައި ހަރުކޮށްފައިވާ މުރަކަތަކުންނެވެ.
ސިއްރު ފެންފުށީގެ ގެލެރީ ގައި ބަހައްޓާފައިވާ ބުދުތައް: އެ ތަކެތި ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.
ސިއްރު ފެންފުށީގައި، ބުދު ބަހައްޓައިގެން، ކޮރަލޭރިއަމްގެ ނަން ދީފައިވާ މިތަން ހަދާފައި ހުންނަނީ، ހަ މީޓަރު ހުންނަ ދަގަނޑު ފޮއްޓެއްގެ ގޮތަށެވެ. އޭގެ ތަންތަންގަނޑު ކަނޑައިގެން، ފެނާއި ވައި ދައުރު ވާނެ ގޮތަށް ހަދާފައިވާ މި ފޮށީގެ ބޮޑުބައި ހުންނަނީ ފެނުން މަތީގަ އެވެ. އަދި ބިޔަ މި ފޮށީގެ މަތީގައި ވެސް ބުދުތައް ބަހައްޓާފައި ހުރި އިރު، ފޮށީގެ އެތެރޭގައި، ދެ ފެން ދޭތެރެ އާއި މޫދު އަޑީގައި ވެސް ބުދުތައް ހުރެ އެވެ.
ސިއްރު ފެންފުށީ ގައި ބުދުތަކެއް ބެހެއްޓި މައްސަލާގައި ދީނީ އިލްމުވެރިންނާއި ސަރުކާރާ އިދިކޮޅު އަދި އާންމުންގެ ފާޑުކިޔުން ވެސް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫ ގައި ބޭއްވި ސާކް ސަމިޓާ ދިމާކޮށް، މޮނިއުމަންޓް ސިފައިގައި ހުރި ބުދުތަކެއް އެ ސިޓީ ގައި ބެހެއްޓި މައްސަލަ ވެސް ކުރިން ވަރަށް ބޮޑަށް ހޫނުވެ، ބޮޑު ހަމަނުޖެހުމަކަށް ދިޔަ އެވެ. އެ ތަކެތި، އެމްޑީޕީގެ ސަރުކާރުން އޭރު ނުނެގުމުން އައްޑޫގެ ބައެއް މީހުން ވަނީ އެ އަށް ގެއްލުން ދީ ހަލާކުކޮށްލައިފަ އެވެ.
ޓޫރިޒަމް ޕްރޮމޯޓްކުރަން 100މިލިއަން ރުފިޔާ ހޭދަކުރަނީ
ކޮރަޕްޝަން ހުއްޓުވަން ބަދަލުތަކެއް އެބަގެނޭ: ޒަމީރު
ދީނާ ހިލާފު ކަމެއް ކުރާނަމަ ފިޔަވަޅު އަޅާނަން:މިއުވާން
ރަސޫލާއަށް ފުރައްސާރަކުރުން ރާއްޖޭން ކުށްވެރިކޮށްފި
އެންމެ ބޮޑަށް ދީން ހިމާޔަތްކުރީ މި ސަރުކާރުން:ޔައުގޫބް
ޓޫރިސްޓުން ގެންނަން ރާއްޖެ ހާއްސަ މަޝްވަރާތަކެއްގައި
ޑރ. މައުސޫމަށް މަޖިލިހުން ރުހުން ދީފި
މައުސޫމް އަލުން ހުވާކުރަން ލަފާދޭން ކޮމިޓީން ނިންމައިފި
އިގުތިސާދު ދިރޭނީ ޒުވާނުންގެ ދައުރު ފުޅާކޮށްގެން:ރައީސް
ޑރ. މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ އަށް