21 ޖޫން 2017
ކޮރަޕްޝަންގެ ތެރޭގައި ދެމިނުތިބެވޭ ގޮތް ހެދުމަށް ނިޒާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.
ކޮރަޕްޝަންގެ ތެރޭގައި ދެމިނުތިބެވޭ ގޮތް ހެދުމަށް ނިޒާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.
ދައުލަތަށް ގެއްލިފައިވާ ކަމަށް، 2008 ވަނަ އަހަރުން ފެށިގެން ނެރުނު އޮޑިޓް ރިޕޯޓްތަކުގައިވާ ފައިސާ ހޯދަން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ މި ސަރުކާރުގެ ވިސްނުމަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ކަންކަން މުޅިން ނައްތާލުން ކަމަށެވެ. އެ މަސައްކަތް ކަމާގުޅޭ އެކި އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މިސާލެއް ނަންގަވަމުން ވިދާޅުވީ ޓޫރިޒަމަށް ރަށްތައް ދޫކުރުން ފަދަ ކަންކަމުގައި އަމަލުކުރާ ގޮތް މިހާރު ވަނީ ބަދަލުކޮށްފަ އެވެ. ވީހާވެސް ދެފުށް ފެންނަ ގޮތަކަށް އެކަން ކުރުމަށް، ދޫކުރާ ރަށްތައް ގެޒެޓްކުރުމުގެ އިތުރުން އޮޑިޓަ ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަނާ ވެސް މައުލޫމާތު ހިއްސާކުރާ ކަމަށް ޒަމީރު ވިދާޅުވި އެވެ. އޭގެ ބޭނުމަކީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، މައްސަލައެއް އޮތް ނަމަ، އެކަން ބަލައި ފިޔަވަޅު އެޅުމެވެ.
"އެހެން މިނިސްޓްރީތަކުގައި ވެސް މިގޮތަށް މަސައްކަތް ކުރައްވާ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައި ވަނީ. އެހެން ވަޒީރުން ވެސް ޓޫރިޒަމް މިނިސްޓްރީގައި މިގެންދާ ގޮތަށް އޮޑިޓަ ޖެނެރަލްގެ ލަފާގެ މަތިން ނިޒާމްތައް ބަދަލުކުރަމުން އެބަގެންދޭ،" ޒަމީރު ވިދާޅުވި އެވެ.
"ހާއްސަ ގޮތެއްގައި ދެމިގެންދާނެ ގޮތަކަށް ނުނީ ދިގު މުއްދަތެއް ވަންދެން ކޮރަޕްޝަނަށް މަގު ފަހިވާ ކަންކަން ނުކުރެވޭ ގޮތަށް ފިޔަވަޅު އަޅަމުން އަންނަނީ."
ބަންޑާރަ ނައިބު މުހައްމަދު އަނިލް ވެސް ވިދާޅުވީ ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމާ އެއްވަރަށް، ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތް ވެސް އެބަދާ ކަމަށެވެ. ނިޒާމުތައް އިސްލާހުކުރަމުން އަންނަނީ އޮޑިޓަ ޖެނެރަލް ނެރުއްވާ ރިޕޯޓުތަކުގައި ދެއްވާ ލަފާތަކާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ.
އެ ބަދަލުތަކުގެ ނަތީޖާ އެޓާނީ ޖެނެރަލްގެ އޮފީހުން ފެންނަމުންދާ ކަމަށާއި މިދިޔަ ތިން އަހަރު ވެސް އެ އޮފީހުގެ އޮޑިޓް ރިޕޯޓުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވި އެވެ. މިއީ، ކޮރަޕްޝަން ހުއްޓުވަން ކުރާ މަސައްކަތުގައި ލިބުނު ކުރިއެރުމެއް ކަމަށްވ ވެސް އަނިލް ވިދާޅުވި އެވެ.
ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުއްޓުވުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލާގައި މި ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފަ އެވެ.
"ސިއްރުފެންފުށީގައި ބުދު ބަހައްޓަން ހުއްދައެއް ނުދެން"
ޓޫރިޒަމް ޕްރޮމޯޓްކުރަން 100މިލިއަން ރުފިޔާ ހޭދަކުރަނީ
ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކޮމިޝަނެއް
އަދީބު ބޭރަށް ފޮނުވައިފި ނަމަ ފިލާފާނެ: ސަރުކާރު
އޭސީސީން އަންގާނެ، އަޅާލާނެ ކަމެއް ނެތް!
ޓޫރިސްޓުން ގެންނަން ރާއްޖެ ހާއްސަ މަޝްވަރާތަކެއްގައި
ޑރ. މައުސޫމަށް މަޖިލިހުން ރުހުން ދީފި
މައުސޫމް އަލުން ހުވާކުރަން ލަފާދޭން ކޮމިޓީން ނިންމައިފި
ކޮރަޕްޝަން ހުއްޓުވަން ސަރުކާރުން އިސްނަގަންޖެހޭ: ހަސަން
ޑރ. މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ އަށް