27 ޖުލައި 2018
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި އަލަށް ހަދާ ދެ އޭޕްރަންގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި އަލަށް ހަދާ ދެ އޭޕްރަންގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.
ވެލާނާ އެއާޕޯޓް ހިންގާ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ އަލަށް ހަދާ ހުޅަނގު އޭޕްރަން އާއި އިރުމަތީ އޭޕްރަންގެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށް ގެންދާ ކަމަށެވެ.
"މި ދެ އޭޕްރަންގެ މަސައްކަތް އެއްކޮށް ކުރިއަށް ގެންދަނީ. ހުޅަނގު އޭޕްރަންގެ މަސައްކަތް އަންނަ އޮކްޓޯބަރު މަހު ނިމޭނެ. މިހާރު ދަނީ އެ ތަނުގެ ޑްރެއިނޭޖްގެ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށް ދަނީ އިރުމަތީ އޭޕްރަންގެ ފައިނަލް ލޭޔަރު އެޅުމުގެ މަސައްކަތެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހުޅަނގު އޭޕްރަންގެ ދެކުނު ފަޅީގެ ޑްރެއިނޭޖްގެ މަސައްކަތްކުރަނީ: މިމަޝްރޫއުގެ ދަށުން ދެ އޭޕްރަންއެއް ހަދަން ވަނީ ފަށާފައި. ފޮޓޯ: އެމްއޭސީއެލް
ވެލާނާ އެއާޕޯޓުގައި ހުޅަނގު ދެކުނުން ދަތުރު ކުރަން ކުރިން ހެދި މަގުގެ ސަރަހައްދު ހިމަނައިގެން، ކުރިއަށް ގެންދާ އޭޕްރަން ބޮޑު ކުރުމުގެ މަސައްކަތަކީ އާ ރަންވޭ ހެދުމަށް ހިންގާ މަޝްރޫއުގެ ބައެކެވެ. އެ މަސައްކަތް ވެސް ކުރިއަށް ގެންދަނީ އާ ރަންވޭ ހަދާ ޗައިނާގެ ބީޔޫސީޖީންނެވެ.
އެމްއޭސީއެލް އިން ކުރިން ބުނެފައި ވަނީ އޭޕްރަން ބޮޑު ކުރުމަށް ކުރަމުން އަންނަ 80،000 އަކަމީޓަރު ސަރަހައްދުގެ މަސައްކަތް ނިމުމުން، މިހާރު އޮތް 50،000 އަކަމީޓަރުގެ އޭޕްރަން އަލުން ހެދުމުގެ މަސައްކަތް ވެސް ފެށޭނެ ކަމަށެވެ. އަދި އެއާކު، އެއާޕޯޓުގެ 130،000 އަކަމީޓަރުގެ އޭޕްރަންގައި އެކި ސައިޒުގެ 21 މަތިންދާބޯޓު ޕާކުކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ވީއައިއޭގައި މިހާރު އޮންނަނީ ގާތްގަނޑަކަށް 50،000 އަކަމީޓަރުގެ އޭޕްރަން އެކެވެ.
ވީއައިއޭގެ ހުޅަނގު އޭޕްރަން ހުޅުވައިފި
ހުޅުލޭ އާ ނެރުގެ މަސައްކަތެއް ކުރާތީ ސަމާލުވާން އެދެފި
މަހުޖޫބު ޝުޖާއު، އެއާޕޯޓުގެ ތަރައްގީ ވިލަރެސްކުރަން
އެއާޕޯޓް މަޝްރޫއު އަލުން ފަށަން މަޝްވަރާކޮށްފި
އާ ރަންވޭ ބޭނުންކުރަން ފަށާނީ އޮގަސްޓް ހިސާބުގައި
ހުޅުލޭގެ ޕާކިން އޭރިއާ ހަދަން މި މަހު ހިއްކަން ފަށަނީ
ހުޅުލޭގައި އާ މަގެއް ހުޅުވައިފި
އެމްއޭސީއެލްއިން މުވައްޒަފުން ވައްކެއް ނުކުރާނެ: އާދިލް
ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ ޓެސްޓް ޕައިލް ޖަހައިފި
އަޒަރުބައިޖާން އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް