Roadha Mihaaru
އިދިކޮޅު ކޯލިޝަން ކެންޑިޑޭޓް އިބޫގެ ފޯމު ހުށަހަޅައިފި

އިދިކޮޅު ކޯލިޝަން ކެންޑިޑޭޓް އިބޫގެ ފޯމު ހުށަހަޅުއްވައިފި

26 ޖުލައި 2018

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށްޓަކައި، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އޭނާގެ ރަނިންމޭޓް ފައިސަލް ނަސީމްގެ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅުއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށްޓަކައި، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި އޭނާގެ ރަނިންމޭޓް ފައިސަލް ނަސީމްގެ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅުއްވައިފި އެވެ.

މިއީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހޯމަ ދުވަހު ހުޅުވައިލި ފަހުން، އެ އިންތިޚާބަށް ކުރިމަތިލެއްވި ފުރަތަމަ ކެންޑިޑޭޓެވެ.

އިިލެކްޝަންސް ކޮމިޝަން ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއް ގައި، އިބޫ އާއި ފައިސަލްގެ ފޯމު ހަވާލުކުރެއްވީ އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާ އެވެ.

މީޑިއާގެ ވެސް ހާޒިރު ގައި އިބޫގެ ފޯމާ ހަވާލުވެވަޑައިގަތުމަށް ފަހު، ޝަރީފް ވިދާޅުވީ އިބޫގެ ކެންޑިޑެސީ ބަލައިގަތް ކަން ނުވަތަ ނޫން ކަން ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި އަންގާނެ ކަމަށެވެ. އަދި ކެންޑިޑެސީ ބަލައިގަތް ކަމުގެ ލިޔުން އަންނަ ހޮނިހިރު ދުވަހު ހަވާލު ކުރައްވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބު ބޭއްވުމަށް އެމްޑީޕީ އާއި އެހެން ޕާޓީތަކުން އެއްބާރުލުން ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ހާމަކަން ބޮޑު ގޮތެއްގައި، ގާނޫނުގައިވާ ގޮތަށް އިންތިޚާބު ބާއްވާނެ ކަމުގެ ޔަގީން ވެސް ޝަރީފް މިއަދު ވަނީ ދެއްވައިފަ އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، ރީ-ރަޖިސްޓަރީއާ ގުޅޭގޮތުން އެމްޑީޕީން އީސީ އަށް ހުށަހަޅާފައިވާ ޝަކުވާތައް އަންނަނީ ބަލަމުންނެވެ. އަދި އެއްވެސް މީހެއްގެ ފޯމެއް ރީ-ރަޖިސްޓަރީ ކުރިތޯ ނުވަތަ ނޫންތޯ ބެލުމަށް އީސީގެ ޕޮއިންޓުތަކަށް ގޮސް ރަޖިސްޓަރީ ކުރުމަށް ޝަރީފް އެދިވަޑައިގެންނެވި އެވެ. އަދި ތަކުރާރުކޮށް ފޯމު ހުށަހަޅާފައި އޮތް ނަމަ، އެ މީހަކަށް ކޮމިޝަނުން ގުޅާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވުމަށްޓަކައި އިދިކޮޅު ކެންޑިޑޭޓް އިބޫ އާއި ފައިސަލް މިއަދު ވަޑައިގަންނަވަނީ.

އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވުމަށްޓަކައި އިދިކޮޅު ކެންޑިޑޭޓް އިބޫ އާއި ފައިސަލް މިއަދު ވަޑައިގަންނަވަނީ.

އިބޫގެ ފޯމް އިލެކްޝަންސް ކޮމިޝަނާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ، ސެޕްޓެމްބަރު 23 ގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ، އިންތިޚާބާ ގުޅޭ ކަންކަމުގައި އިދިކޮޅު ފަރާތްތަކުގެ ޝަކުވާ އެބަހުރި ކަމަށާއި އެ ކަންކަން ރަނގަޅު ކޮށްގެން އިންތިޚާބު ބާއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެކަމަކު، އިންތިޚާބާ ގުޅޭ ގޮތުން މިހާތަނަށް ގިނަ އަދަދެއްގެ ޝަކުވާތަކެއް ލިބެމުން ދާ ކަން ފާހަގަ ކުރައްވައި، އިބޫ ވިދާޅުވީ ހުރިހާ ޝަކުވާތަކެއް ކޮމިޝަނުން ބަލައި، ރައްޔިތުންނަށް އަރާ އޮޅުންތައް ފިލުވައިދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކުރިއަށް ގެންދަވާނެ ކަމުގެ އުންމީދު އަޅުގަނޑުމެންނަށް އެބައޮތް. އިންތިޚާބު މިނިވަންކަމާއި ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދިއުމަށް ލިބެން ޖެހޭ އެއްބާރުލުމާއި އެހީތެރިކަން ދޭނަން،" އިބޫ ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، ރިޔާސީ އިންތިޚާބަކީ ރައްޔިތުންނާ ގުޅިފައި އޮތް ރައްޔިތުންގެ ހައްގެއް ގޮތުގައި ދެކިގެން މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށްޓަކައި ގާނޫނާއި ގަވައިދުތަކުގެ ތެރެއިން އީސީން ކަންކަން ކޮށްދިނުމަކީ ރައްޔިތުން އެދޭ ގޮތް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެސީ ފޯމު ހުށަހެޅުއްވުމަށް ފަހު، އެ ކޮމިޝަންގެ ބޭރުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ، ފޯމް ހުށަހެޅުއްވުމަކީ އިދިކޮޅު ފަރާތްތަކުން މިނިވަންކަން ހޯދައި ދިނުމަށް ކުރާ މަސައްކަތުގައި އެޅުނު ކުޑަކުޑަ ފިޔަވަޅެއް ކަމަށެވެ. އަދި ކުރިއަށް އޮތް ހުރި މަސައްކަތްތައް، އުނދަގޫކަން ފާހަގަ ކުރައްވައި، އިބޫ ވިދާޅުވީ ގޮންޖެހުންތަކާ އެކު އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވުމަށް އިބޫ އާއި ފައިސަލް، އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުންނާ އެކު ވަޑައިގަންނަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވުމަށް އިބޫ އާއި ފައިސަލް، އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުންނާ އެކު ވަޑައިގަންނަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ އޮފީސްތަކުން ރީ-ރަޖިސްޓަރީ ކުރަން މަޖުބޫރު ކުރާ ވާހަކަ، އީސީގެ ސަމާލު ކަމަށް މިއަދު ގެންނެވި އެވެ. އެކަމަކު، އެމްއެންޑީއެފް، ފުލުހުން އަދި އެއްވެސް އޮފީހެއްގައި ވޯޓުފޮށި ނުބަހައްޓާނެ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަނުން ދިން ކަމަށް އިބޫ ވިދާޅުވި އެވެ.

"އުންމީދު ކުރަނީ މިނިވަން، އިންސާފުވެރި އިންތިޚާބަކަށްވެ، ރައްޔިތުން މި އެދޭ ބަދަލު މި ގައުމަށް ގެނައުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ދެއްވާނެ ކަމަށް،" އިބޫ ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ، މިއަދު ރާއްޖޭގައި މިނިވަން ދުވަސް ފާހަގަ ކުރާއިރު، ގައުމުގައި އަމާންކަމާ އެކު އުޅެވޭނެ މަގު ފަހިވާން ޖެހޭނެ ކަމަށެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ނަގާ ވޯޓަކީ މިނިވަން، އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދާ ވޯޓަކަށް ވާން ޖެހޭނެ ކަމަށް ވެސް ފައިސަލް ތަކުރާރުކޮށް ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ހިންނަވަރު ދާއިރާގެ އިބޫ އާއި އޭނާގެ ރަނިންމޭޓް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ކާށިދޫ ދާއިރާގެ ފައިސަލްގެ ފޯމު ހުށަހަޅުއްވަން އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަތީ ސޯސަން މަގުގައި ހުންނަ އެމްޑީޕީގެ އޮފީހުން ފެށިގެން، އިދިކޮޅު ކޯލިޝަންގެ އިސް ވެރިންނާއި އެ ކޯލިޝަންގެ ބައެއް މެމްބަރުންނާ އެކު ހިންގަވައިފަ އެވެ.

އިބޫ އާއި ފައިސަލްގެ ކުރިމަތީގައި އިދިކޮޅު ޕާޓީތަކުގެ ދިދަ ހިފައިގެން އިސް ބޭފުޅުން ތިއްބެވި އެވެ. އަދި އިލެކްޝަންސް ކޮމިޝަނާ ހަމައަށް ވަޑައިގަތީ ބޮޑުބެރުގަ އެވެ.

އިބޫ އާއި އޭނާގެ ރަނިންމޭޓް ފައިސަލްގެ ފޯމު ހުށަހެޅުއްވުމަށްޓަކައި އެ ދެ ބޭފުޅުންނާ އެކު އިލެކްޝަންސް ކޮމިޝަނާ ހަމައަށް ދިޔަ، އިދިކޮޅު ކޯލިޝަންގެ ބައެއް މީހުން އެ ކޮމިޝަންގެ ބޭރުގައި މަޑުކޮށްލައިގެން.----ފޮޓޯ: އެމްޑީޕީ

އިބޫ އާއި އޭނާގެ ރަނިންމޭޓް ފައިސަލްގެ ފޯމު ހުށަހެޅުއްވުމަށްޓަކައި އެ ދެ ބޭފުޅުންނާ އެކު އިލެކްޝަންސް ކޮމިޝަނާ ހަމައަށް ދިޔަ، އިދިކޮޅު ކޯލިޝަންގެ ބައެއް މީހުން އެ ކޮމިޝަންގެ ބޭރުގައި މަޑުކޮށްލައިގެން.----ފޮޓޯ: އެމްޑީޕީ

އެމްޑީޕީ އޮފީސް ކައިރިން ހިނގަން ފެށުމުގެ ކުރިން އެސްއޯ ފުލުހުން ހުރަސް އެޅި އެވެ. އެކަމަކު ފަހުން އެކަމަށް ހުއްދަ ދިނުމުން، ސަޕޯޓަރުންނާ އެކު އިބޫ އާއި ފައިސަލް، މާފަންނު ސްޓޭޑިއަމް ކައިރީގައި ހުންނަ އީސީގެ އޮފީހަށް ވަޑައިގަތީ، ބޮޑެތި މަގުތައް ކަމަށް ވާ މަޖީދީ މަގާއި އަމީނީ މަގަށް ނާރަ އެވެ.

އީސީ ކައިރީގައި ތިބި ފުލުހުން އާންމު ސަޕޯޓަރުން ދުރަށް ޖެއްސި ނަމަވެސް އިދިކޮޅު ކޯލިޝަންގެ ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން އީސީގެ އޮފީސް ތެރެއަށް ވަދެވަޑައިގެން، ފޯމް ހުށަހެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ އިލެކްޝަންސް ކޮމިޝަނުން މިހާރު ހަމަޖައްސާފައިވާ ގޮތުން، އަންނަ މަހުގެ 10 ވަނަ ދުވަހެވެ.