22 ޖުލައި 2018
އިތުރު 21 ފަޅު ރަށެއް ބީލަމުގެ އުސޫލުން ވަރުވާއަށް ދޫކުރަން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
އިތުރު 21 ފަޅު ރަށެއް ބީލަމުގެ އުސޫލުން ވަރުވާއަށް ދޫކުރަން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނުގައިވާ ގޮތުން އެ ރަށްތައް ކުއްޔަށް ހިފަން ބިޑްފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރު 12:00 އަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީންނެވެ. ބިޑް ފޯމެއްގެ އަގަކީ 20ރ. އެވެ.
އެ އިއުލާނުގައިވާ ގޮތުން ޕްރޮސެސިސް ފީ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 7 ން 9ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެދުނު 9:00 ން 12:00 އަށެވެ.
ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން މިފަހަރު ވަރުވާއަށް ދިނުމަށް ހުޅުވާލީ ހއ. ން ފެށިގެން ފ. އަތޮޅާ ދެމެދު ހުރި ބައެއް އަތޮޅުތަކުގެ ރަށްތަކެވެ. މީގެ ތެރޭގައި ބ. އަތޮޅު އަދި އއ. އަތޮޅުގެ ރަށްތަކެއް ނުހިމެނެ އެވެ.
މިފަހަރު ބީލަމަށް ހުޅުވާލާފައި ވަނީ ހއ. ކުޑަފިނޮޅު (3.60 ހެކްޓަރު)، އުމުރަތްފިނޮޅު (1.09 ހެކްޓަރު)، ހދ. އިންނަފުށި (2.25 ހެކްޓަރު)، ށ. ކުޑަދޫ (3.60 ހެކްޓަރު)، ރ. ދިއްކުރެއްދޫ (4 ހެކްޓަރު)، ޅ. ކަޅުމަންޖެހުރާ (0.70 ހެކްޓަރު)، ކ. އިތާފިނޮޅު (0.24 ހެކްޓަރު)، އދ. ކަޅަހަނދިހުރާ (1.16 ހެކްޓަރު)، ވ. ތުނޑުހުރާ (0.10 ހެކްޓަރު)، މ. މާޅަވެލި (އާވެލި) (1.00 ހެކްޓަރު)، ދިއްތުޑި (15.78 ހެކްޓަރު)، ގޮންގަލީހުރާ (1.00 ހެކްޓަރު)، ސީދީހުރާ (1.28 ހެކްޓަރު)، ސީދީހުރާވެލިގަނޑު (3.00 ހެކްޓަރު)، ފ. ކަނޑުމޫނުފުށި (0.84 ހެކްޓަރު) އެނބުލުފުށި (1.00 ހެކްޓަރު)، އަދަންގައު (1.29 ހެކްޓަރު)، ވިލިނގިލިވަރުފިނޮޅު (0.10 ހެކްޓަރު)، މަޑިވަރުހުރާ (0.26 ހެކްޓަރު)، މަގޫދޫބޮޑުފިނޮޅު (0.81 ހެކްޓަރު)، ދިގުވަރުފިނޮޅު (0.72 ހެކްޓަރު) އެވެ.
ފަޅުރަށްރަށް ވަރުވާއަށް ލިޔެދޭ މުއްދަތު 10 އަހަރަށް
ރުއްތައް މުސްކުޅި ވެއްޖެ، ކާށި ހޯދާނީ ކޮން ތާކުން؟
ގދ. އަތޮޅުން އިތުރު 27 ރަށެއް ވަރުވާ އަށް ދެނީ
ގއ. އަތޮޅު ތިން ރަށެއް ވަރުވާއަށް ނުދޭން ނިންމައިފި
ގއ. އަތޮޅުގެ 20 ރަށެއް ވަރުވާ އަށް ދޫކުރަނީ
މާރިކިލު 40 އަހަރު ފަހުން އަތުލީ ރަނގަޅަށް: ކޯޓު
ކުރިން ދޫކުރި ރަށްތައް އަތުލެވޭ ގޮތަށް ހަދައިފި
ހުއްދަނެތި މަސްވެރިކަން ކުރި ބޯޓެއް ދައުލަތަށް ނަގަނީ
މަސްވެރިކަމުގެ އެވޯޑްތަކަށް ކުރިމަތިލާން ހުޅުވާލައިފި
ފާނަ އާލާ ކުރަން ބޮޑު ސަރަހައްދެއް ކަނޑައަޅައިފި