Roadha Mihaaru
ގއ. އަތޮޅު ތިން ރަށެއް ވަރުވާއަށް ނުދޭން ނިންމައިފި

ގއ. އަތޮޅު ތިން ރަށެއް ވަރުވާއަށް ނުދޭން ނިންމައިފި

17 ނޮވެމްބަރ 2016

ގއ. އަތޮޅުން ވަރުވާ އަށް ދޫކުރަން ނިންމި ރަށްތަކުގެ ތެރެއިން ތިން ރަށެއް ވަރުވާ އަށް ދޫނުކުރަން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގއ. އަތޮޅުން ވަރުވާ އަށް ދޫކުރަން ނިންމި ރަށްތަކުގެ ތެރެއިން ތިން ރަށެއް ވަރުވާ އަށް ދޫނުކުރަން ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނަކުން ވަރުވާ އަށް ދޭން ނިންމި 20 ރަށުގެ ތެރެއިން ވަރުވާ އަށް ނުދޭން މިހާރު ނިންމާފައިވަނީ އޮޑަގައްލާ އާއި މައްތިދޫ އަދި ގަލަންދޫ އެވެ. ބާކީ އޮތް 17 ރަށް ވަރުވާއަށް ދޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައިވެ އެވެ.

ބީލަމުގެ އުސޫލުން ދޫކުރާ އެ ރަށްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. ބިޑް ފޯމް ވިއްކަން ފަށާނީ އަންނަ ހަފުތާގަ އެވެ.

މީގެކުރިން ގދ. އަތޮޅުގެ 50 ރަށަކާއި ބ. އަތޮޅާއި އދ. އަތޮޅުގެ ބައެއް ރަށްތައް ވެސް ވަރުވާ އަށް ދޭން ވަނީ ނިންމައިފަ އެވެ.

ވަރުވާ އަށް ދޫކުރަނީ ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުންނަ ރަށްތަކުގެ ތެރެއިން ދައުލަތުގެ ބޭނުމަށް ނަގާ ރަށްތައް ފިޔަވައި އެހެން ރަށްރަށެވެ.