ޔޫރަޕުން އެތެރެ ކުރަމުން އަންނަ ގަނޑުކުރި ތަރުކާރީގެ އިތުރު ބާވަތަކުން ޖަރާސީމް ފެނި، އެ ތަކެތި ބާޒާރުން ނަގަމުން އަންނަ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނެފި އެވެ.
18 ޖުލައި 2018
ޔޫރަޕުން އެތެރެ ކުރަމުން އަންނަ ގަނޑުކުރި ތަރުކާރީގެ އިތުރު ބާވަތަކުން ޖަރާސީމް ފެނި، އެ ތަކެތި ބާޒާރުން ނަގަމުން އަންނަ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ބުނެފި އެވެ.
ގަނޑުކުރި ތަރުކާރީގެ އިތުރު ބާވަތަކުން ޖަރާސީމް ފެނިފައިވާ ކަމަށް އެމްއެފްޑީއޭ އިން މިއަދު ބުނި އިރު، ތަރުކާރީގެ ދެ ބާވަތަކުން ޖަރާސީމް ފެނިގެން އެ ތަކެތި ބާޒާރުން ނަގަމުން އަންނަ ކަމަށް މިދިޔަ ހޯމަ ދުވަހު ވެސް އެ އިދާރާ އިން ބުންޏެވެ. އެއީ "ޑީއޭޓީ ޝައުބް"ގެ ޒުވާރީގެ ބާވަތަކާއި ގަނޑުކޮށްފައިވާ ތަރުކާރީގެ ބާވަތެކެވެ.
ނަމަވެސް އޭގެ އިތުރުން، ޖަރާސީމު ހުރި ކަން ފަހުން ފާހަގަ ކުރެވިފައިވަނީ "ޕެންގުއިން" ބްރޭންޑްގެ ގަނޑުކޮށްފައިވާ ޒުވާރީގެ ބާވަތަކުން ކަމަށް އެ އިދާރާ އިން ބުންޏެވެ.
އެމްއެފްޑީއޭ އިން ބުނި ގޮތުގައި އެ ކާބޯތަކެތީގައި ހުރީ "ލިސްޓީރިއާ މޮނޯސައިޓޯޖެންސް" ކިޔާ ޖަރާސީމެކެވެ. މި ޖަރާސީމު ހަށިގަނޑަށް ވާސިލުވުމުގެ ސަބަބުން "ލިސްޓީރިއޯސިސް" ކިޔާ ބައްޔެއް ޖެހިއްޖެ ނަމަ، ބޮލުގައި ރިއްސައި ބޭރަށް ހިންގައި ހުން އައިސް އަދި ގައިގައި ރިއްސުން އެކަށީގެން ވެ އެވެ.
އެ އިދާރާގެ ސީނިއާ ސައެންޓިފިކް އޮފިސަރު ސާޖިދާ މުހައްމަދު ވިދާޅުވި ގޮތުގައި ޖަރާސީމުން ތަޣައްޔަރުވެފައިވާ ތަރުކާރީ ތަކެތި ރާއްޖެ އެތެރެވެފައި ވަނީ 2016 އަދި 2017 ގެ ތެރޭގަ އެވެ.
"ނަމަވެސް މި ތަކެތީގެ މުއްދަތު ހަމަވަނީ 2019 ގައި. އެހެންވީމަ އަޅުގަޑުމެން މާކެޓުގައި އެ ތަކެތި އެއްވެސް ގޮތަކަށް ހުރިތޯ ބަލާފައި، އެ ތަކެތި ނެގުމުގެ މަސައްކަތް ކުރިޔަށް މި ގެންދަނީ،" ސާޖިދާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޖަރާސީމުން ތަޣައްޔަރުވެފައިވާ ތަރުކާރީ ރާއްޖެ އަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު އެމްއެފްޑީއޭ އަށް ލިބުނީ ހޮނިހިރު ދުވަހު އެވެ. އަދި އެކަން ބެލުމަށް ފަހު އެ ތަކެތި ބާޒާރުން ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ބްރޭންޑްތަކުގެ ކޮންމެ ޕެކެޓެއް ނުވަތަ ދަޅެއް ތަޣައްޔަރުވެފައި ނުވެދާނެ. އެކަމަކު މިއީ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކުރިއަށް ގެންދާ ކަމެއް،" ސާޖިދާ ވިދާޅުވި އެވެ.
ސާޖިދާ ވިދާޅުވި ގޮތުގައި އެ ތަކެތި ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ އެ މުއައްސަސާގައި ހުރި ލިޔެކިޔުމަށް ބަލައިގެންނެވެ.
"މިހާރު ޑިސްޓްރިބިއުޓަރުންގެ އަތުގައި އޮތީ އެންމެ ޕެކެޓެއް. އަޅުގަނޑުމެންގެ ރިކޯޑްސް އަށް ބަލައިގެން އެ ޝިޕްމެންޓް ނެގި ފަރާތްތަކުންގެ (ރީޓެއިލަރުން) އަތުން އެ ތަކެތި ނެގުމުގެ މަސައްކަތް ކުރިއަށް މި ގެންދަނީ،" ސާޖިދާ ވިދާޅުވި އެވެ.
ތަރުކާރީގައި ޖަރާސީމު ހުރުމުން ބާޒާރުން ނަގަނީ
ޖަރާސީމު ހުންނަ ތަރުކާރީ އަދިވެސް އެބަ އެތެރެކުރޭ
ކާބޯތަކެތި އެތެރެކުރެވޭނީ ޓެސްޓުކުރުމަށްފަހު
އިންޑިއާއިން ކޯޓާ އިތުރުކުރުން ދޭހަކޮށްދެނީ ގާތް ގުޅުން
އެމްއެފްޑީއޭއިން ޖީން ސީކުއެންސް ޓެސްޓު ހަދަން ފަށައިފި
ރާއްޖެއެތެރެކުރި މޭބިސްކަދުރުތަކެއް ނުވިއްކަން އަންގައިފި
ސައިނޯފާމް ވެކްސިނަށް ހުއްދަދިނުމުގެ ދިރާސާ އަދި ނުނިމޭ
ފުރަތަމަ ތިން މަހު އެންމެ ގިނައިން އެތެރެކުރީ މާސްކް
މުދާ އެތެރެކުރުމުގައި ދައްޗެއް ނެތް: ވިޔަފާރިވެރިން
މިއީ، ކާޑު ގުދަން ހަދަންވީ ވަގުތެއް ނޫން: އެެސްޓީއޯ