Roadha Mihaaru

ކެމަރޫންގެ ރައީސް 85 އަހަރުގައި ހަތް ވަނަ ދައުރަކަށް ކުރިމަތިލައްވަނީ

ޔައުންޑާ (ޖުލައި 14) - ކެމަރޫންގެ ރައީސް ޕޯލް ބިޔާގެ އުމުރުން 85 އަހަރުވެފައިވީ ނަމަވެސް ކުރިއަށް އޮތް ރިޔާސީ ދައުރަށް ކުރިމަތިލައްވަން ނިންމަވައިފި އެވެ.

ކެމަރޫންގެ ރައީސް 85 އަހަރުގައި ހަތް ވަނަ ދައުރަކަށް
ހަސަން އާމިރު
ހަސަން އާމިރު

14 ޖުލައި 2018

ޔައުންޑާ (ޖުލައި 14) - ކެމަރޫންގެ ރައީސް ޕޯލް ބިޔާގެ އުމުރުން 85 އަހަރުވެފައިވީ ނަމަވެސް ކުރިއަށް އޮތް ރިޔާސީ ދައުރަށް ކުރިމަތިލައްވަން ނިންމަވައިފި އެވެ.

ކެމަރޫންގައި 1982 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރައްވަމުން ގެންދަވާ ބިޔާ ވިދާޅުވީ ހަތް ވަނަ ދައުރެއް ހޯއްދަވަން ބޭނުން ވަނީ ތަރައްގީވެފައިވާ އަދި އެކުވެރި ކެމަރޫނެއް ރައްޔިތުންނަށް ދައްކަން ކަމަށެވެ. ބިޔާ އަށް ވެރިކަން ލިބިވަޑައިގެންނެވީ ކުރީގެ ރައީސް އަހްމަދޫ އަހިޖޯ އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވި އިރު ގެންދެވީ 1960 ވަނަ އަހަރު ކެމަރޫން މިނިވަންވީން ސުރެ އެ ގައުމުގެ ވެރިކަން ކުރައްވަމުންނެވެ.

ކެމަރޫންގައި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު މަހު އެވެ. އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ އެފްރިކާގެ ގައުމެއްގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ލީޑަރަށް އޭނާ ވާނެ އެވެ. އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕާލަމެންޓް އިންތިޚާބު ބިޔާ މިހާރު ވަނީ އެއް އަހަރަށް ފަސްކޮށްފަ އެވެ.