ކެމަރޫންގެ ރައީސް ޕޯލް ބިޔާ ގާތްގަނޑަކަށް 43 އަހަރު ވެރިކަން ކުރައްވާފައި ވާއިރު އަންނަ އޮކްޓޯބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަށް ވަނަ ދައުރަކަށް ވެސް ވާދަކުރައްވާނެކަން އިއްޔެ އިއުލާނުކުރައްވައިފި އެވެ.
ކެމަރޫންގެ ރައީސް ޕޯލް ބިޔާ ގާތްގަނޑަކަށް 43 އަހަރު ވެރިކަން ކުރައްވާފައި ވާއިރު އަންނަ އޮކްޓޯބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އަށް ވަނަ ދައުރަކަށް ވެސް ވާދަކުރައްވާނެކަން އިއްޔެ އިއުލާނުކުރައްވައިފި އެވެ.
އުމުރުން 92 އަހަރުގެ ބިޔާ މިކަން އިއުލާނުކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
"އަޅުގަނޑަކީ 12 އޮކްޓޫބަރު 2025 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެންޑިޑޭޓެއް. ދިމާވެފައިވާ ސީރިއަސް ގޮންޖެހުންތަކާ ކުރިމަތިލުމުގައި އަޅުގަނޑު ސާބިތުވެ ހުންނާނެކަމާ މެދު ތިޔަ ބޭފުޅުންނަށް އަޅުގަނޑު ޔަގީންކަން އަރުވަން،" އޭނާ ލިޔުއްވާފައިވެ އެވެ.
"އެކުގައި ކުރާ މަސައްކަތުން އަރައި ނުގަނެވޭނެ ގޮންޖެހުމެއް ނޯންނާނެ. ރަނގަޅު ކަންކަން އަދި ހުރީ އަންނަން."
ބިޔާ އަކީ މިހާރުވެސް ކެމަރޫން ޕީޕަލްސް ޑިމޮކްރެޓިކް މޫވްމަންޓް (ސީޕީއެމް) ގެ ލީޑަރުގެ ހައިސިއްޔަތުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ. އެކަމަކު އޭނާގެ އުމުރާއި ސިއްހީ ހާލަތާ މެދު އޮތް ކަންބޮޑުވުމާ އެކު އޮތީ ބަހުސް އުފެދިފަ އެވެ.
އުމުރާއި ސިއްހަތު ވެސް ރައީސްކަމަށް ތަން ނުދޭ ކަމަށް ބުނެ ބިޔާގެ ދުވަސްވީ އެތައް ސަޕޯޓަރުންނެއް އޭނާއާ ފެޔަށް ވަނީ ޖެހިފަ އެވެ. އޭގެ ތެރޭގައި ބިޔާގެ ވަރަށް ވަރުގަދަ ދެ ސަޕޯޓަރުންގެ ގޮތުގައި ތިއްބެވި އިސް ދެ ބޭފުޅަކު ވެސް ހިމެނެ އެވެ. އެއީ އެހެން ޕާޓީއެއްގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވަން ނިންމެވި އެމްޕްލޯއިމަންޓް މިނިސްޓަރު އީސާ ތިޝިރޯމާ ބަކަރީ އާއި ކުރީގެ ބޮޑުވަޒީރު ބެލޯ ބޫބާ މައިގާރީ އެވެ.
ބިޔާގެ ސީޕީއެމް ނޫން ޕާޓީއަކަށް 1960 ވަނަ އަހަރު ކެމަރޫންއަށް މިނިވަންކަން ލިބުނު ފަހުން ވެރިކަމެއް ނުލިބެ އެވެ.
ކެމެރޫންގެ މެޗުތަކަށް ދަނޑަށް ވަނުން އެޓޫއަށް މަނާ
ކެމަރޫންގައި ބިންގަނޑު ކަނޑައިގެން ގޮސް 14 މަރު
ކެމަރޫން އާއި އަލަށް ވާދަކުރާ ގެމްބިއާ ކުއާޓަ އަށް
އެފްރިކަން ކަޕް އޮފް ނޭޝަންސް މިރޭ ފަށަނީ
ކެމަރޫންގެ ރައީސް 85 އަހަރުގައި ހަތް ވަނަ ދައުރަކަށް
ޓިއުމަރަކުން ސަލާމަތްވެ، އާ ދުނިޔެއެއް
މޮޓޯކޭޑުން ޖެހި މަރުވުމުން ބަދަލަށް 1684 ޑޮލަރު