11 ޖުލައި 2018
މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ތ. ތިމަަރަފުށީ ޓީމަށް ޖަޕާނުގެ ޑިފެންޑަރެއް ގެނެސްފި އެވެ.
މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ތ. ތިމަަރަފުށީ ޓީމަށް ޖަޕާނުގެ ޑިފެންޑަރެއް ގެނެސްފި އެވެ.
ޖަޕާނުގެ ޑިފެންޑަރު އުމުރުން 29 އަހަރުގެ ޓަކޫ ޔަނަގިޑާޓޭ މީގެ ކުރިން ކުޅެފައިވަނީ ކެމްބޯޑިއާ ލީގުގަ އެވެ. އޭނާ ވަނީ އެ ލީގުގެ ނެޝަނަލް ޑިފެންސް މިނިސްޓްރީ ޓީމާއި ވެސްޓާން ޕްނޮމް އެފްސީ އަދި ނެޝަނަލް ޕޮލިސް ޓީމަށް ކުޅެފަ އެވެ.
ޓަކޫ އަކީ ތިމަރަފުށީ ޓީމަށް ގެނައި ހަތަރު ވަނަ ބިދޭސީ ކުޅުންތެރިއާ އެވެ. އެ ޓީމުގައި މި ވަގުތު ވެސް ތިން ބިދޭސީ ކުޅުންތެރިން އެބަތިއްބެވެ. އެއީ ގޯލްކީޕަރު އަޑެޓުންޖީ ލޯރެންސް އާއި ފަހަތަށް ކުޅޭ އަޔޮޑެޖީ ޓޫންޑޭ އަދި ކޮއާސީ ޖެއަން ފްރަންކޮއިސް އެވެ.
މި ފަހަރުގެ މިނިވަން ޗެމްޕިއަންޝިޕުން ދިވެހި ޕްރިމިއާ ލީގަށް އައިސް ކުޅެމުންދާ ހަތަރު ޓީމުގެ ތެރެއިން އެ ރަށަކަށް ނިސްބަތްވާ އެންމެ ގިނަ ކުޅުންތެރިން ތިބީ ތިމަރަފުށީ ޓީމުގަ އެވެ. ބިދޭސީ ހަތަރު ކުޅުންތެރިން ފިޔަވައި ތިމަރަަފުށީ ޓީމުގައި ހިމެނެނީ މުޅިން އެ ރަށަށް ނިސްބަތްވާ ކުޅުންތެރިންނެވެ.
ތިމަރަފުށީގެ ވިސްނުމަކީ މި ފަހަރުގެ ލީގުގައި އެ ރަށަށް ނިސްބަތްވާ ގިނަ ކުޅުންތެރިން ފުރަތަމަ ޑިވިޝަނަށް ތައާރަފްކޮށްދިނުން ކަމަށް އެ ޓީމުން ވަނީ މީގެ ކުރިން ބުނެފަ އެވެ. އަދި މުބާރާތުގައި ކުރިއަށްދާން ބޭނުންވާތީ އެންމެ ފުރަތަަމަ ޓާގެޓަކީ ދިވެހި ޕްރިމިއާ ލީގުގެ ގަދަ އަށެއްގެ ތެރޭގައި ހިމެނި ދެ ވަނަ ބުރުގައި ކުޅުމުގެ ފުރުސަތު ހޯދުމެވެ.
ދިވެހި ޕްރިމިއާ ލީގުގައި ތިމަރަފުށި ކުޅުނު ފުރަތަމަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް އަތުން 10-0 އިން ބަލިވިއިރު، ދެ ވަނަ މެޗުން ގްރީން ސްޓްރީޓްސްއާ ވާދަކޮށް ބަލިވީ 2-0 އިންނެވެ. ތިން ވަނަ މެޗުގައި ތިމަރަފުށި ވަނީ ށ. ފޯކައިދޫއާ 2-2 އިން އެއްވަރުވެފަ އެވެ.
ލީގުގައި އެންމެ އަވަހަށް ދެން ތިމަރަފުށި ކުޅޭ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހު ހަވީރު އެވެ. ނުކުންނާނީ ބ. ފެހެންދޫއާ ދެކޮޅަށެވެ.
ތިމަރަފުށި އަތުން ވިކްޓަރީ އަށް ހަނި މޮޅެއް
ހަތް ގޯލުން މޮޅުވެ ޓީސީ ލީޑުފުޅާކޮށްފި
ތިމަރަފުށި އަތުން މާޒިޔާ އަށް އުނދަގޫ މޮޅެއް
ތިމަރަފުށި ކޮޅަށް ނުވަ ގޯލު ޖަހައި އީގަލްސް ތިނަކަށް
ތިމަރަފުށި ބަލިކޮށް ނިލަންދޫ ފުރަތަމަ މޮޅު ހޯދައިފި
ތިމަރަފުށި އަތުން ފެހެންދު އަށް މުހިއްމު މޮޅެއް
ފޯކައިދޫ އިން ފަހު ވަގުތު ތިމަރަފުއްޓާ އެއްވަރުކޮށްފި
ތިމަރަފުށި ބަލިކޮށް ގްރީން ސްޓްރީޓްސް އަށް ހަމަޖެހުމެއް
ނިއު އިން ތިމަރަފުށި ކޮޅަށް 10 ގޯލް ޖަހައިފި
ނިއު އާއި ތިމަރަފުށިން މިރޭ ލީގު ހުޅުވައިދެނީ