28 ޖޫން 2018
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މިރޭ އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) ހެދި ހެޓްރިކްތަކާ އެކު ތ. ތިމަރަފުށި އަތުން 10-0 އިން އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް މޮޅުވެއްޖެ އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މިރޭ އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) ހެދި ހެޓްރިކްތަކާ އެކު ތ. ތިމަރަފުށި އަތުން 10-0 އިން އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް މޮޅުވެއްޖެ އެވެ.
މެޗުގެ 13 ވަނަ މިނިޓްގައި ތިމަރަފުށީގެ ބިދޭސީ ކީޕަރު އަޑެޓުންޖީ ލޯރެންސް ހެދި ގޯހެއްގެ ފައިދާ ނަގައި ނިއު އަށް ލީޑުނަގައިދިނީ ރިލްވާން ވަހީދު (ރިލޭ) އެވެ. އަޑެޓުންޖީ އެ ޓީމުގެ ކުޅުންތެރިއަކަށް އެއްލި ބޯޅަ ރިލޭ ވަނީ އެއް ފަހަރުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭގެ މިނިޓެއް ފަހުން ތިމަރަފުށީގެ ބިދޭސީ ކުޅުންތެރިއާ ކޮއާސީ އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނެވެ.
އޭގެ ފަހުން ނިއު އިން މެޗުގެ ކޮންޓްރޯލް އެއްކޮށް ނެގި އެވެ. ބޯވާރޭގެ ތެރޭގައި ކުޅުނު ފުރަތަމަ ހާފުގެ 16 ވަނަ މިނިޓްގައި ނިއުގެ ދެ ވަނަ ލަނޑު ޖެހީ ކެޕްޓަން ސެންޓޭ އެވެ. އޭރިއާ ތެރެއިން ސެންޓޭ ފޮނުވާލި ބޯޅަ ގޯލަށް ވަނީ އެޑުޓުންޖީ އަތުގައި ޖެހިފަ އެވެ. ނިއު އިން އެއްކޮށް ކޮންޓްރޯލް ހޯދައިގެން ކުޅެމުންދިޔައިރު، އޭރިއާ ތެރެއިން ލިބުނު ބޯޅައެއްގައި ތިން ވަނަ ލަނޑު ޖެހީ އަކުރަމް އަބްދުލް ގަނީ (އަކޫ) އެވެ. އޭނާ މި ލަނޑު ޖެހީ ރުވާންޑާގެ ފޯވާޑް އަތުހިއޭ ކިޕްސަން ދިން ބޯޅައަކުންނެވެ.
ތިމަރަފުށީގެ ކުޅުންތެރިންނަށް ކުރިއަށް ޖެހިގެން ހަމަނުޖެހި އުޅެނިކޮށް ނިއު އިން ވަނީ ހަތަރު ވަނަ ލަނޑެއް ޖަހައިފަ އެވެ. މި ލަނޑު ކާމިޔާބުކުރީ މެޗުގެ 32 ވަނަ މިނިޓްގައި ހަމްޕު އެވެ. އޭރިއާ ތެރެއިން ތިމަރަފުށީގެ ޑިފެންޑަރުންނަށް ހެދުނު ގޯހަކުން ހަމްޕު މި ލަނޑު ޖެހީ ފަސޭހަކަމާ އެކު އެވެ. އޭގެ ހަ މިނިޓް ފަހުން އޭރިއާ ތެރެއިިން ލިބުނު ބޯޅައަކުން ސެންޓޭ ވަނީ ނިއު އަށް ފަސް ވަނަ ލަނޑެއް ކާމިޔާބު ކޮށްދީފަ އެވެ.
ގިނަ ޒުވާން ކުޅުންތެރިންތަކަކާ އެކު ކުޅެމުންދިޔަ ތިމަރަފުށީ ޓީމަށް ލަނޑެއް ޖަހައިދޭން މެޗުގެ 42 ވަނަ މިނިޓްގައި ސަމާހު ސަރީފަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނިއު އޭރިއާ ތެރެއިން ހުސްކޮށް ސަމާހު ފޮނުވާލި ބޯޅަ ކީޕަރު އިމްރާން މުހައްމަދު ވަނީ މަތަކޮށްފަ އެެވެ.
ދެ ވަނަ ހާފް ފަށައިގެން ތިން ވަަނަ މިނިޓްގައި ސެންޓޭ އަށް ހެޓްރިކެއް ހަދަން ލިބުނު ފުރުސަތު ގެއްލުނެވެ. އެކަމަކު އޭގެ ހަތަރު މިނިޓް ފަހުން ނިއުގެ ހަ ވަނަ ލަނޑު ޖެހިއިރު، ފުރުސަތު ތަނަވަސްކޮށްދިނީ ސެންޓޭ އެވެ.
މެޗުގެ 59 ވަނަ މިނިޓްގައި ތިމަރަފުށީގެ ކެޕްޓަން އަމީން ސާހް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ކީޕަރު އިމްރާން ވަނީ މަތަކޮށްފަ އެވެ. ކައުންޓަ އެޓޭކުގައި ނިއުގެ ސެންޓޭ އަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް ރެފްރީން ދިން ޕެނަލްޓީއެއް ކާމިޔާބުކޮށް ސެންޓޭ ވަނީ މެޗުގެ 65 ވަނަ މިނިޓްގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މެޗުގެ 75 ވަނަ މިނިޓްގައި ހަމްޕު ވަނީ ނިއުގެ އަށް ވަނަ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިއީ ނިއު އަށް ހަމްޕު ކާމިޔާބު ކޮށްދިން ފުރަތަމަ ހެޓްރިކެވެ.
ނިއުގެ ނުވަ ވަނަ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިބްރާހިމް އަތީގް (އިއްބެ) އެވެ. އޭގެ ފަހުން ނިއުގެ ދިހަ ވަނަ ލަނޑު ސެންޓޭ ދިން ބޯޅައަކުން ކާމިޔާބުކުރީ ހަސަން އަދުހަމް (ސަޑޭ) އެވެ.
މިރޭގެ މެޗުގެ ކުރިން އޮތް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދިނީ ކުޅިވަރާބެހޭ ވަޒީރު އިރުތިޝާމް އާދަމް އެވެ. މީގެ އިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ދިރާގުގެ ޑިރެކްޓާ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އަހުމަދު މައުމޫން ވެސް ވަނީ ބައިވެރިވެވަޑައިގެންނެވި އެވެ. މި ރަސްމިއްޔާތުގައި ކުޑަކުދިންގެ މުނިފޫހި ފިލިވުމުގެ ހަރަކާތްތަކާއި 1438 ގެ ބޮޑުބެރު ލަވަތަކެއް ވަނީ ހުށަހަޅައިފަ އެވެ.
ހަތް ގޯލުން މޮޅުވެ ޓީސީ ލީޑުފުޅާކޮށްފި
ނިއު ބަލިކޮށް އީގަލްސް ގަދަ ތިނެއް ކަށަވަރުކޮށްފި
ނިއުގެ ހާލަތާ މެދު ޝަކުވާއެއް ނުކުރާނަން: ސޮބާ
ނިލަންދޫ ބަލިކޮށް ނިއު ތިން ވަނަ އަށް
ވިކްޓަރީ ބަލިކޮށް ނިއު އަށް ހަމަޖެހުމެއް
ދަގަނޑޭގެ ދެ ގޯލުން ޓީސީ އިން ނިއު ބަލިކޮށްފި
ނިއު އިން މޮޅަކާ އެކު ދެ ވަނަ ބުރު ފަށައިފި
ތިމަރަފުށި އަތުން ވިކްޓަރީ އަށް ހަނި މޮޅެއް
ފަހު ވަގުތު ޕޮއިންޓް ގެއްލި ނިއު ހަތަރު ވަނައިގައި
ނިއު އަލުން ދެ ވަނަ މަގާމަށް އަރައިފި