10 ޖުލައި 2018
މޮސްކޯ (ޖުލައި 10) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މިރޭ ބެލްޖިއަމާއި ފްރާންސް ބައްދަލުކުރާ މެޗަށް ނުކުންނައިރު ބެލްޖިއަމްގެ އެސިސްޓަންޓް ކޯޗު އަދި ފްރާންސްގެ ކުރީގެ ތަރި ތިއަރީ އޮންރީ އަށް އޮތީ ހިތާއި ސިކުނޑީގެ ހަނގުރާމައެއް ކަމަށް ފްރާންސްގެ ކެޕްޓަން ހޫގޯ ލޮރިސް ބުނެފި އެވެ.
މޮސްކޯ (ޖުލައި 10) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މިރޭ ބެލްޖިއަމާއި ފްރާންސް ބައްދަލުކުރާ މެޗަށް ނުކުންނައިރު ބެލްޖިއަމްގެ އެސިސްޓަންޓް ކޯޗު އަދި ފްރާންސްގެ ކުރީގެ ތަރި ތިއަރީ އޮންރީ އަށް އޮތީ ހިތާއި ސިކުނޑީގެ ހަނގުރާމައެއް ކަމަށް ފްރާންސްގެ ކެޕްޓަން ހޫގޯ ލޮރިސް ބުނެފި އެވެ.
ފްރާންސުން 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ތަށި އުފުލާލިއިރު، އޭރު އުމުރުން 20 އަހަރުގެ ތިއަރީ އޮންރީ އަކީ އެ ޓީމަށް އެ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއާ އެވެ. އޮންރީ ވަނީ އެ ފަހަރު ތިން ގޯލު ޖަހައިފަ އެވެ. އޭރު ފްރާންސްގެ ކެޕްޓަނަކަށް ހުރި މިހާރުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އެވެ.
އޮންރީ ވަނީ ފްރާންސަށް 123 މެޗުން 51 ގޯލު ޖަހައިދީފަ އެވެ. އޮންރީ އަކީ ފްރާންސަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއާ އެވެ. އޮންރީއާ އެކު ފްރާންސަށް ކުޅުނު މިހާރުގެ ޓީމުގެ ކެޕްޓަން ލޮރިސް ބުނީ މިއީ އޮންރީ އަށް ވަރަށް އުނދަގޫވާނެ މެޗެއް ކަމަށެވެ.
"އަހަންނަކީ އޮންރީއާ އެކު ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިއެއް. އޭނާ އަކީ ގައުމަށްޓަކައި ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ ކުޅުންތެރިއެއް. ގިނަ ބަޔަކު ހަނދާނުގައި ހުންނާނެ އޮންރީގެ ހޭންޑްބޯލަކާ އެކު އައި ގޯލަކުން ފްރާންސަށް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުން ވެސް ފުރުސަތު ލިބުނީ. މިރޭގެ މެޗު ކުރިއަށްދާއިރު އޮންރީ އަށް އޮތީ ހިތާއި ސިކުނޑީގެ ހަނގުރާމައެއް. ފްރާންސަކީ އޭނާގެ ހިތް. ޕްރޮފެޝަނަލީ އޭނާ ބޭނުންވަނީ ބެލްޖިއަމްގެ ކާމިޔާބީ،" ފްރާންސްގެ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ލޮރިސް ބުންޏެވެ.
ފްރާންސްގެ މެޗެއްގެ ތެރެއިން ޑެޝޯމްޕްސް (ކ) އާއި އޮންރީ. -- ފޮޓޯ: ގެޓީއިމޭޖަސް
މި ފަހަރުގެ ވޯލްޑް ކަޕް ފެށުމުގެ ކުރިން ބީބީސީ އަށް ދިން އިންޓަވިއުއެއްގައި އޮންރީ ބުނީ އަމިއްލަ ގައުމުގައި 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ބަލިވުމަކީ ފްރާންސަށް ލިބުނު ފިލާވަޅެއް ކަމަށާއި އޭގެ ބޭނުން އެ ޓީމުން މި ފަހަރުގެ ވޯލްޑް ކަޕުގައި ހިފައިފިނަމަ އެ ޓީމު ހިފަހައްޓަން އުނދަގޫވާނެ ކަމަށް ބުނެފަ އެވެ. އަދި އިދިކޮޅަށް ނުކުންނަ ޓީމުތަކުން ވެސް ފްރާންސާ މެދު ސަމާލުވާން ޖެހޭނެ ކަމަށް އޮންރީ ވަނީ ބުނެފަ އެވެ.
ފްރާންސްގެ ކޯޗު ޑެޝޯމްޕްސް ބުނީ އޮންރީ އަކީ އޭނާގެ ވަރަށް ގާތް އެކުވެރިއެއް ކަމަށާއި އެކަމަކު މިރޭގެ މެޗު ކުރިއަށްދާއިރު އޭނާ އަކީ ދުޝްމަނެއް ކަމަށެވެ.
"ވާދަވެރި ޓީމެއްގައި ހުރެ އަމިއްލަ ގައުމާ ދެކޮޅަށް ކުޅޭނަމަ އެއީ ދުޝްމަނުންނާ ބައިވެރިވީ. މިހާލަތުގައި އޮންރީ އަކީ ވެސް އަހަރެމެންގެ ދުޝްމަނެއް. އޭނަ އަކީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް. އޮންރީ އެ ނުކުންނަނީ އޭނަގެ އަމިއްލަ ގައުމާ ދެކޮޅަށް. ބެލްޖިއަމްގެ އެސިސްޓަންޓް ކޯޗަކަށްދިޔައިރު އޮންރީ އަށް ނޭނގޭނެ މިއީ އަންނާނެ ދުވަހެއްކަމެއް. ވޯލްޑް ކަޕެއްގެ ސެމީގައި ފްރާންސާ ކުޅެން ޖެހޭނެ ކަމެއް. މިއީ އޭނާ އަށް ވަރަށް އުނދަގޫ ވަގުތަކަށްވާނެ،" ޑެޝޯމްޕްސް ބުންޏެވެ.
ބެލްޖިއަމްގެ ކޯޗުކަމާ ރޮބާޓޯ މާޓިނޭޒް ހަވާލުވެ އެސިސްޓަންޓަކަށް އޮންރީ ހަމަޖެއްސި ފަހުން އެ ޓީމު ބަލިވީ ފުރަތަމަ މެޗުން ސްޕެއިން އަތުންނެވެ. އޭގެ ފަހުން ބެލްޖިއަމް ކުޅުނު 24 މެޗުން ބަލިވެފައިނުވެ އެވެ.
ބެލްޖިއަމްގެ ފަރިތަކުރުންތަކުގެ ތެރެއިން އޮންރީ. -- ފޮޓޯ: އޭއެފްޕީ
މާޓިނޭޒް ދެކޭގޮތުގައި މިރޭ ފްރާންސާ ދެކޮޅަށް ނުކުންނައިރު ބެލްޖިއަމް ޓީމުގައި ތިބި ހުރިހާ ހުނަރުވެރި ކުޅުންތެރިންނަށް އެންމެ މުހިއްމީ އޮންރީގެ ވޯލްޑް ކަޕް ތަޖުރިބާ އެވެ.
"އަހަރެމެންނަށް ލިބިފައި ނެތީ ބައިނަލްއަގްވާމީ މުބާރާތުގެ ތަޖުރިބާ. ތެދެއް ބެލްޖިއަމްގައި އެބައޮތް ހުނަރުވެރި ޓީމެއް. އެކަމަކު ވޯލްޑް ކަޕް ފަދަ މުބާރާތެއް ކާމިޔާބުކުރި މީހެއް މި ޓީމަކު ނެތް އޮންރީ ފިޔަވާ. މި ޓީމަށް މަދުވާ ބައި ފުރިހަމަ ކޮށްދިނީ އޮންރީ. އަހަރެންގެ މަސައްކަތުގެ ބޮޑު ކްރެޑިޓެއް އޮންރީ އަށް ހައްގު،" މާޓީނޭޒް ބުންޏެވެ.
ފްރާންސާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮންރީ މީޑިއާގައި ވާހަކަ ނުދައްކަ އެވެ. މާޓިނޭޒް ބުނީ އެކަމުން ވެސް އޮންރީގެ ޕްރޮފެޝަނަލްކަން ވަރަށް ބޮޑަށް އެނގިގެންދާ ކަމަށާއި އޭނާ ދައްކާ ވާހަކައަކުން ގޯސް މާނައެއް ދޭހަވެއްޖެނަމަ ދެ ޓީމަށް ވެސް އޭގެ އިން އަސަރެއް ކޮށްފާނެ ކަމަށެވެ.
މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 11 ޖަހާއިރު އެވެ.
ބެލްޖިއަމްގެ ބައި ގޯލަކުން ފްރާންސް ގަދަ އަށަކަށް
ރޮނާލްޑޯގެ ގޯލުތަކުން ޕޯޗުގަލް ޔޫރޯ އަށް ކޮލިފައިވެއްޖެ
ޖިރޫގެ ރެކޯޑާ އެކު ފްރާންސް ކުއާޓާ އަށް
ބެލްޖިއަމް ވެސް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ
ބެލްޖިއަމް ބަލިކޮށް، ފްރާންސް ނޭޝަންސް ލީގު ފައިނަލަށް
އޮންރީ އަލުން ބެލްޖިއަމްގެ އެސިސްޓެންޓަކަށް
ބެލްޖިއަމް މޮޅުވިއިރު، ފްރާންސް އެއްވަރު
ކޯޗިން އަށް ވަގުތުދޭން އޮންރީ ޓީވީ ވަޒީފާ ދޫކޮށްލައިފި
ބެލްޖިއަމް ބަލިކޮށް ފްރާންސް ފައިނަލަށް
ބެލްޖިއަމް ގޮވައިގެން އޮންރީ ފްރާންސާ ދެކޮޅަށް