04 ޑިސެމްބަރ 2022
ދޯހާ (ޑިސެމްބަރު 4) - އޮލިވިއޭ ޖިރޫ، ފްރާންސް ގައުމީ ޓީމަށް ޖަހައިދިން 52 ވަނަ ގޯލާ އެކު 3-1 އިން ޕޮލެންޑް ބަލިކޮށް ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ފްރާންސް ދަތުރު ކޮށްފި އެވެ.
ދޯހާ (ޑިސެމްބަރު 4) - އޮލިވިއޭ ޖިރޫ، ފްރާންސް ގައުމީ ޓީމަށް ޖަހައިދިން 52 ވަނަ ގޯލާ އެކު 3-1 އިން ޕޮލެންޑް ބަލިކޮށް ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ފްރާންސް ދަތުރު ކޮށްފި އެވެ.
ފުރަތަމަ ހާފު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް، ކިލިއަން އެމްބާޕޭ ދިން ބޯޅައަކުން ޖިރޫ ޖެހި މި ލަނޑާ އެކު އޭނާ ވަނީ، ފްރާންސް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.
މިއީ ޖިރޫ މި ވޯލްޑް ކަޕް ގައި ކާމިޔާބު ކުރި ތިން ވަނަ ގޯލެވެ.
ފުރަތަމަ ހާފުގައި ޖިރޫގެ ލަނޑުން ފްރާންސް ކުރި ހޯދި ނަމަވެސް، މި ހާފުގައި ގިނަ ހަމަލާތަކެއް އުފެއްދީ ޕޮލެންޑުންނެވެ. ޕިއޮޓްރަ ޒިއެލިންސްކީ ފޮނުވާލި ހަމަލާ ގޯލްކީޕަރު ހޫގޯ ލޮރިސް ދިފާއު ކުރި އިރު، ރީބައުންސް ބޯޅަ ބްލޮކް ކުރީ ޑަޔޯ އުޕަމެކާނޯ އެވެ. އަދި އެ ބޯޅަ ރީބައުންސް ވެފައި ކުޅުމުގެ ތެރެއަށް އައި ވަގުތު ޔަކޫބް ކިވިއޯ ފޮނުވާލި ބޯޅަ ގޯލް ލައިން މަތިން ދިފާއު ކުރީ ޑިފެންޑަރު ރަފައެލް ވަރާން އެވެ.
ދެ ވަނަ ހާފުގައި ފްރާންސުން ޖެހި ދެ ގޯލު ވެސް ޖެހީ ކިލިއަން އެމްބާޕޭ އެވެ. މިއީ އެމްބާޕޭ ވޯލްޑް ކަޕް ގައި ކާމިޔާބުކުރި ނުވަ ވަނަ ލަނޑެވެ. މިއާ އެކު އެމްބާޕޭ ވަނީ، އޭނާ އާއެކު ފްރާންސްގެ ޕީއެސްޖީ އަށް ކުޅޭ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީގެ ވޯލްޑް ކަޕްގެ ރެކޯޑާ އެެއްވަރު ކޮށްފަ އެވެ.
އެމްބާޕޭ، ޕޮލެންޑް ކޮޅަށް ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ-- ފޮޓޯ: އޭއެފްޕީ
މީގެ އިތުރުން އުމުރުން 23 އަހަރުގެ އެމްބާޕޭ ވަނީ ބްރެޒިލްގެ ލެޖެންޑް ޕެލޭ ގެ ރެކޯޑެއް ވެސް މުގުރާލައިފަ އެވެ. މި މެޗުގައި ޖެހި ދެ ގޯލާ އެކު އެމްބާޕޭ އަކީ އުމުރުން 24 އަހަރު ފުރުމުގެ ކުރިން ވޯލްޑް ކަޕް ގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއަށެވެ. ޕެލޭ އަށް 24 އަހަރު ފުރުމުގެ ކުރިން ކާމިޔާބު ކުރެވުނީ ހަތް ގޯލެވެ. އެމްބާޕޭ އަށް 24 އަހަރު ފުރޭނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.
އެމްބާޕޭ މެޗުގައި ޖެހި ފުރަތަމަ ލަނޑު 74 ވަނަ މިނިޓުގައި ކާޟިޔާބު ކުރީ ކައުންޓާ އެޓޭކެއްގައި ތަނަވަސްކުރި ފުރުސަތެއްގަ އެވެ. އަދި ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި އެމްބާޕޭގެ ދެވަނަ ގޯލް ޖެހީ މާކަސް ތުރާމް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
އިތުރު ވަގުތުގެ އެންމެ ފަހު މިނިޓުގައި ޕޮލެންޑުގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ އޭރިއާ ތެރެއިން އުޕަމެކާނޯ އަތުގައި ބޯޅަ ޖެހުމުން، ވީއޭއާރު ބެލުމަށް ފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.
ޕޮލެންޑްގެ ޕެނަލްޓީ ކާމިޔާބު ކުރީ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ އެވެ. އޭނާ ފޮނުވާލި ޕެނަލްޓީ އެންމެ ފުރަތަމަ ކީޕަރު ލޮރިސް ދިފާއު ކުރި އެވެ. ނަމަވެސް ލެވަންޑޯސްކީ ބޯޅައިގައި ޖެހުމުގެ ކުރިން ކީޕަރު ގޯލް ލައިނަށް ވުރެ ކުރިއަށް ނުކުތުމާ ގުޅިގެން ދެ ވަނަ ފަހަރަށް ޖެހި ޕެނަލްޓީ އޭނާ ކާމިޔާބު ކުރި އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ކުއާޓާ ފައިނަލް ގައި ކުޅެން ޖެހޭނީ މިރޭ 12 ޖަހާއިރު އިންގްލެންޑާއި ސެނެގާލް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
ސާޖަރީއެއް ބޭނުމެއްނުވޭ، އެމްބާޕޭ ދެން އަޅާނީ މާސްކެއް
ކުޑަކުއްޖެއްގެ މަރާ އެކު އެމްބާޕޭ އެދުނީ އަނިޔާ ހުއްޓާލަން
އެމްބާޕޭގެ ކެޕްޓަންކަން ފެށީ ބޮޑު މޮޅަކުން
ފްރާންސްގެ ކެޕްޓަންކަން އެމްބާޕޭއާ ހަވާލުކޮށްފި
އެމްބާޕޭ އަށް އެތައް ރެކޯޑެއް، އިސްއުފުލާލަން ޖެހޭ!
އެމްބާޕޭ އަށް ރަތްދޫލަ އަޅައި ނުދޭނަން: ވޯކާ
ފްރާންސްގެ މޮޅާ އެކު ޖިރޫ އަށް ޝަރަފެއް
އެމްބާޕޭގެ ފުރަތަމަ ހެޓްރިކުން ފްރާންސް ވޯލްޑް ކަޕަށް
ޗެމްޕިއަން ފްރާންސާއި އެމްބާޕޭ އެންމެ އުހުން ވެއްޓުން
ޖިރޫޑް ޗެލްސީ ދޫކޮށްލަންޖެހޭ ކަމަށް ޑެޝޯމްޕް ބުނެފި