19 ނޮވެމްބަރ 2020
ޕެރިސް (ނޮވެމްބަރު 19) - ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑަށް ޗެލްސީ ފުރަތަމަ އެގާރައިން އެކަށީގެންވާ ފުރުސަތު ނުލިބޭނަމަ އޭނާ އެ ޓީމު ދޫކޮށްލަން ޖެހޭނެ ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.
ޕެރިސް (ނޮވެމްބަރު 19) - ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫޑަށް ޗެލްސީ ފުރަތަމަ އެގާރައިން އެކަށީގެންވާ ފުރުސަތު ނުލިބޭނަމަ އޭނާ އެ ޓީމު ދޫކޮށްލަން ޖެހޭނެ ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.
ފްރާންސް ގައުމީ ޓީމަށް ދެ ވަނަ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ޖިރޫޑް ވަނީ މިހާތަނަށް އެ ޓީމަށް 44 ގޯލު ޖަހައިދީފަ އެވެ. ފްރާންސަށް އެންމެ ގިނަ ލަނޑުޖަހައިދިން ރެކޯޑް ހަދާފައިވާ ތިއެރީ އޮންރީގެ ރެކޯޑާ ހަމަކުރަން ޖިރޫޑަށް ބޭނުންވަނީ ހަތް ގޯލެވެ.
އުމުރުން 33 އަހަރުގެ ޖިރޫޑަށް ފްރާންސްގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބުނު ކަމުގައި ވިޔަސް ޗެލްސީގެ ފުރަތަމަ އެގާރައިން މާ ގިނަ ފުރުސަތުތަކެއް ނުލިބެ އެވެ. ޗެލްސީން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޓިމޯ ވާނާ ގެނައި ފަހުން ޖިރޫޑްގެ ދައުރު ވަނީ ކުރިއަށް ވުރެ ކުޑަވެފަ އެވެ.
ފްރާންސްގެ ކޯޗު ޑެޝޯމްޕްސް ބުނީ އަންނަ އަހަރުގެ ޔޫރޯ އާއި ނޭޝަންސް ލީގުގެ ފައިނަލް ބުރުގައި ވާދަކުރާ ފްރާންސް ޓީމުން ޖާގަހޯދަން ބޭނުންނަމަ ކްލަބް ލެވަލްގައި ޖިރޫޑްގެ ހާލަތަށް ބަދަލު އަންނަން ޖެހޭ ކަމަށެވެ.
"ކޮންމެ ގޮތެއް ވިޔަސް ރަނގަޅު ލެވެލެއްގައި ގިނަ މެޗުތަކެއް ކުޅެފައި ތިބޭ ކުޅުންތެރިން ގައުމީ ޓީމަށް ނެގޭނީ. އެ ވިސްނުމަށް ބަލާއިރު ޖިރޫޑް މިހާރު ހުރި ހާލަތު ބަދަލުވާން ޖެހޭ. ކްލަބް ބަދަލުކޮށް ކުޅުމުގެ ފުރުސަތު ހޯދަން ޖެހޭ އޭނާ،" ފްރާންސް ފުޓްބޯލް އަށް ޑެޝޯމްޕްސް ބުންޏެވެ.
އާސެނަލް ދޫކޮށް ޗެލްސީ އަށް 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ބަދަލުވި ޖިރޫޑް ވަނީ އެ ޓީމާ އެކު ޔޫރޮޕާ ލީގާއި އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ. ޖިރޫޑް ވަނީ ޖިރޫޑް ވަނީ ޗެލްސީ އަށް ކުޅެދިން 94 މެޗުން 29 ގޯލު ޖަހައިފަ އެވެ.
މިދިޔަ ސީޒަނުގެ ނިޔަލަށް ޗެލްސީގެ ކޮންޓްރެކްޓްގައި ހުރި ޖިރޫޑް ވަނީ އެ ޓީމުގެ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް އާ ކޮށްފަ އެވެ. އެހެން ނަމަވެސް އެކަށީގެންވާ ވަރަށް ކުޅުމުގެ ފުރުސަތު ނުލިބޭތީ ޖިރޫޑް އަންނަ ޖެނުއަރީ މަހުގެ ޓްރާންސްފާގައި ކްލަބް ބަދަލުކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އޭނާ ހޯދުމުގެ ރޭހުގައި އުޅެނީ އިންޓަ މިލާނާއި ވެސްޓް ހޭމް ޔުނައިޓެޑް އެވެ.
ޖިރޫގެ ރެކޯޑާ އެކު ފްރާންސް ކުއާޓާ އަށް
ޖޭމްސް އާއި ކާންޓޭ އަށް ވޯލްޑް ކަޕް ގެއްލިދާނެ
ފްރާންސްގެ މޮޅާ އެކު ޖިރޫ އަށް ޝަރަފެއް
މުހިއްމު މޮޅެއް ހޯދައި ޗެލްސީން ފައިދާ ނަގައިފި
ޖިރޫޑާއި ޕެޑްރޯ ޗެލްސީ ދޫކޮށްލަނީ
އަނިޔާގެ ސަަބަބުން ކާންޓޭ ފްރާންސް ޓީމުގައި ނުހިމެނޭ
ފްރާންސްގެ ލަނޑު ލިސްޓުގެ ތިން ވަަނަ ޖިރޫޑް އަށް
ޕަލްމިއޭރީގެ ސޮއި ހޯދައި ޗެލްސީގެ މިސްރާބު ޖިރޫ އަށް
އާސެނަލަށް އޯބަމަޔަން ގެނައުމުގެ ބާރު ޖިރޫ އަތްމަތީގައި
ޖިރޯ މޮޅު، އޭނާއާ މެދު ސަމާލުވޭ: ބަލަކް