08 ޖުލައި 2018
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސަވާފައިވާއިރު، އެއީ ރާއްޖެ އަށް އެންމެ ވަފާތެރި ނައިބު ރައީސަކަށް ވާނެ ކަމަށް ޝަހީމް ވިދާޅުވެފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސަވާފައިވާއިރު، އެއީ ރާއްޖެ އަށް އެންމެ ވަފާތެރި ނައިބު ރައީސަކަށް ވާނެ ކަމަށް ޝަހީމް ވިދާޅުވެފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާއިރު، އެމަނިކުފާނުގެ ރަނިން މޭޓަކަށް މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ޗާންސެލަރު ޝަހީމް ހަމަޖައްސަވާފައިވާ ކަމަށް، މިރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލްގެ ބައްދަލުވުމުގައި ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
އެކަމާ ގުޅިގެން، ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން ބޭއްވި ނިއުސް ކޮންފަރެންސްގައި، އަބްދުއްރަހީމް ވިދާޅުވީ ދީނީ އިލްމުވެރިޔާ ޝަހީމަކީ ރަނިން މޭޓަކަށް އައްޔަން ކުރެއްވުމަށް ވަރަށް ގާބިލް ބޭފުޅެއް ކަމަށެވެ. އަދި މި އަހަރުގެ ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު، ޝަހީމާ އެކު ޕީޕީއެމުން ކާމިޔާބު ކުރާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެމަނިކުފާނު [ޝަހީމް] ވިދާޅުވި، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި ރައީސް ޔާމީނަށް ފެނިވަޑައިގަންނަވާނީ އެމަނިކުފާނުގެ ބޭފުޅެއްގެ ގޮތުގައި ތިމަންނަ މަސައްކަތް ކުރަމުންދާ މަންޒަރޭ. ދިވެހިރާއްޖެ އަށް ދުވަހަކު ވެސް ފެންނާނެ އެންމެ ވަފާތެރި ނައިބު ރައީސް، އިރާދަކުރެއްވިއްޔާ ރައީސް ޔާމީނަށާއި ޕީޕީއެމަށް ފެނިގެންދާނެއޭ. އެއީ އަޅުގަނޑުމެން ވަރަށް އުފާވި ވާހަކަފުޅެއް،" ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޝަހީމް ހަމަޖެއްސެވުމާ ގުޅިގެން ޕީޕީއެމް އޮފީހަށް ވަޑައިގެން އެ ޕާޓީގެ އިސްވެރިންނާ އެކު ދެެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން އަބްދުއްރަހީމް ވިދާޅުވި އެވެ.
ޑރ. ޝަހީމް މިރޭ ޕީޕީއެމް އޮފީހަށް ވަޑައިގެން، އެ ޕާޓީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާ އެކު ފޮޓޯއެއް ނަންގަވަނީ.
އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ހުރިހާ ރަށަކަށް ވަޑައިގަތުމަށް ޝަހީމް ހުންނެވީ ތައްޔާރަށެވެ. އަދި، ޕީޕީއެމުން އިންތިޒާމުތައް ހަމަޖައްސައިދިންހާ އަވަހަކަށް ހއ. އިން ފެށިގެން އައްޑުއާ ހަމައަށް ވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ކަމަށް ޝަހީމް ވިދާޅުވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޝަހީމަކީ ގުރުއާން ހިތުދަސް އަދި ފިގްހް އަދި އުސޫލުލް ފިގްހް އިން ޕީއެޗްޑީ ނަންގަވާފައިވާ ދީނީ އިލްމުވެރި އެކެވެ. ގއ. މާމެންދު އަށް އުފަން ޝަހީމް ޑިގްރީ އާއި މާސްޓާސް ހައްދަވާފައި ވަނީ ޝަރީއާ އިންނެވެ.
ޝަހީމް މަތީ ތައުލީމް ހާސިލް ކުރައްވާފައި ވަނީ މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީ އާއި މަދީނާގެ އިސްލާމިކް ޔުނިވަސިޓީންނެވެ.
އަބްދުއްރަހީމް ވިދާޅުވީ ރަނިން މޭޓަކަށް ޝަހީމް ހަމަޖެއްސެވުމުން، އެއިން ދައްކައި ދެނީ ރައީސް ޔާމީންގެ ހިތްޕުޅުގައި އިސްލާމްދީނަށް އޮތް ލޯބި ކަމަށް ދިވެހި ރައްޔިތުން ގަބޫލު ކުރާނެ ކަމަށެވެ.
"އެއީ އެފަދަ ދީނީ އިލްމުވެރިއަކު އެމަނިކުފާނުގެ ރަނިން މޭޓަކަށް އިޚްތިޔާރު ކުރެއްވީމާ،" އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރަނިން މޭޓަކު ކަނޑައެޅުމުގައި އިސްކަން ދީފައި ވަނީ ޕީޕީއެމްގެ މެމްބަރަކަށް ނޫނެވެ. އޭގެ ބަދަލުގައި ބެލީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އިޚުލާސްތެރިކަމާ އެކު މަސައްކަތް ކުރައްވާނެ ބޭފުޅަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ކުރިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ވެސް، ރަނިން މޭޓެއް ކަނޑައެޅުމުގައި ޕީޕީއެމުން ބެލީ އެ ކަންކަމަށް ކަމަށް ވިދާޅުވި އެވެ.
"މީގެ ކުރިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް އަޅުގަނޑުމެން ބެލީ ޕާޓީގެ މީހަކު ނެގޭތޯއެއް ނޫން. އެ ހާލަތަށް ބަލާފައި އެންމެ ރަނގަޅު އެންމެ ހީވާގި އެންމެ މުރާލި ރަނިން މޭޓެއް ހޯދޭތޯ. އެހެންވެ އެ ފަހަރު [2013] ގައި ޑރ. ޖަމީލް އިޚުތިޔާރު ކުރެއްވީ،" ފޮނަދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ، މުޅި ގައުމަށް ބަލާއިރު ވެސް އެންމެ ރަނގަޅު ރަނިން މޭޓަކީ ޝަހީމް ކަމަށެވެ. އަދި ރައީސް ޔާމީނާއި ޕީޕީއެމްގެ ފުރިހަމަ ތާއީދު ޝަހީމަށް ލިބިވަޑައިގަންނަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވީ، ޝަހީމްގެ ނަމަކީ ރައީސް ޔާމީންގެ ރަނިން މޭޓަކަށް ވަރަށް އުއްމީދު ކޮށްގެން ހުންނެވި ނަމެއް ކަމަށެވެ. އަދި އެ މަގާމަށް ޝަހީމް ހަމަޖެއްސުމަށް ޕީޕީއެމްގެ ލީޑަޝިޕްގެ ހުރިހާ ބޭފުޅުން ވެސް އެއްބަސްވާ ކަމަށް ނިހާން ވިދާޅުވި އެވެ.
ޕީޕީއެމްގެ މިރޭގެ ކައުންސިލް ބައްދަލުވުން، ރައީސް ޔާމީން ކުރިއަށް ގެންދަވަނީ.
"ޖޮއިންޓް ޕާލިމަންޓުގައި އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުން، އޭގެ ތެރޭގައި މަޖިލީހުގެ އިއްޒަތްތެރި ރައީސް މަސީހު މުހައްމަދު ވެސް ހިމެނިވަޑައިގަންނަވާހެން އަދި ޖޮއިންޓް ޕާލިމަންޓް ގްރޫޕްގެ ފަރާތުން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ވެސް ހިމެނިވަޑައިގަންނަވާހެން، އަޅުގަނޑުމެން އެންމެ މެމްބަރުން މިރޭ ރައީސް އަޅުގަނޑުމެންނާ ހަމައަށް ގެނެސްދެއްވި ނަމަށް ވަރަށް އިޚުލާސްތެރިކަމާ އެކު ބަލައިގަންނަން. އަދި [އެއީ] އަޅުގަނޑުމެން އުއްމީދު ކޮށްގެން ތިބި ފަދަ ނަމެއް،" ނިހާން ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީންގެ ރަނިން މޭޓަކަށް ޝަހީމް ހަމަޖެއްސެވުމާ ގުޅިގެން ޕީޕީއެމްގެ ރިޔާސީ ކެމްޕެއިން އިތުރަށް ވަރުގަދަވާނެ ކަމަށެވެ. އެގޮތުން، ރައީސް ޔާމީން އެއް ދިމާއަކަށް ދަތުރުފުޅު ކުރައްވާއިރު، އެހެން ސަރަހައްދަކަށް ޝަހީމް ވަޑައިގަންނަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
މި ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރުކަން ވެސް ކުރެއްވި ޝަހީމް ވަނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ވެސް އެ މަގާމު ފުރުއްވައިފަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވައިފަ އެވެ.
ޕީޕީއެމް ހަމަޔަކަށް ނޭޅި، ހިޔާލު ތަފާތުވުންތަކެއްގައި!
ޕީޕީއެމުން އިދިކޮޅަށް: ކާމިޔާބީ އޮތީ ވަރަށް ކައިރީގައި
މިއީ ވަރަށް ބޮޑު ލަދެއް: ރެޑްވޭވް ސަލީމް
ޕީޕީއެމްގެ "ސައިޒު" ދައްކާ ޖަލްސާ އަންގާރަ ދުވަހު
ރައީސް ޔާމީންގެ ދައުރު ދަންމާލެވެން އެބައޮތް: ނިހާން
ވަޒީރުންނާއެކު ޑރ. ޝަހީމް މާލޭގެ ގެތަކަށް
ރައީސް ޔާމީންގެ ހިދުމަތް ނުލިބޭ ރަށެއް ނެތް: އަދުރޭ
އެއީ ސައިޒަށް ވުރެން ބޮޑެތި ވާހަކަ، ދުރެއް ނުކުރެވޭނެ
ކައުންސިލް އިންތިހާބު ވެސް ޕީޕީއެމްގެ ބޮޑު އަރާރުމަކަށް
އިދިކޮޅު ޕާޓީތަކާ އެކު ޕީޕީއެމް، ފިޔަވަޅު އަޅަނީ