13 އޮކްޓޯބަރ 2016
އިލެކްޝަން ކޮމިޝަނުން ކަންތައްތައް ކުރާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފެކްޝަނުން އިދިކޮޅު ޕާޓީތަކާ ބައިވެރިވެ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ބާއްވާފައި ވާތީ އެކަމާ ފިޔަވަޅު އަޅުއްވާނެ ކަމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
އިލެކްޝަން ކޮމިޝަނުން ކަންތައްތައް ކުރާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފެކްޝަނުން އިދިކޮޅު ޕާޓީތަކާ ބައިވެރިވެ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ބާއްވާފައި ވާތީ އެކަމާ ފިޔަވަޅު އަޅުއްވާނެ ކަމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އަދި ޑީއާރުޕީގެ އިސް ބޭފުޅުން މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތެވެ. ޕީޕީއެމްގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވަޑައިގަތީ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމެވެ.
ނިހާން ވިދާޅުވީ ހަތުރުންނާ އެއް މޭޒަކަށް ދިއުން ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު ކަމަށާއި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އަލީމާ ދެކޮޅަށް އަސާސީ ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ބެހޭ ގޮތުން ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ އިދިކޮޅު ފަރާތްތަކާ އެކު ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމް ތަމްސީލުކޮށްފައި ވަނީ ކައުންސިލްގެ ހުއްދަ ނެތި ކަމަށެވެ.
"ޕާޓީގެ ފަރާތުން ކަމަށް ވިދާޅުވެ އެ ނޫސް ކޮންފަރެންސްގައި، މި ނެރޭ ބަޔާންތަކުގައި ސޮއިކުރައްވާ ބޭފުޅަކު ބައިވެރިވެވަޑައިގަންނަވަނީ ޕާޓީގެ ކައުންސިލުން ނިންމައިގެން އަދި މަޝްވަރާ ވެސް ކުރުމެއް ނެތި. ޕާޓީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އަރުވަން. އެ މައްސަލަ ފިޔަވަޅު އަޅާ ކޮމެޓީއަށް ފޮނުވާނަން،" ނިހާން ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން (ވ) އަދި އަބްދުއް ރަހީމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ\ މިހާރު
އޭނާ ވިދާޅުވީ ސަރުކާރާ އިދިކޮޅަށް މަސައްކަތްކުރާ ފަރާތްތަކާ އެއްގަލަށް ޕީޕީއެމްގެ ބޭފުޅުން އަރައިގެން ނުވާނެ ކަމަށާއި އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން މިހާރު އަސްލު ޕީޕީއެމްއަކީ ކޮބައިކަން ޔަގީންވެއްޖެ ކަމަށް ވިދާޅުވި އެވެ.
"ހާއްސަކޮށް އަޅުގަނޑުމެންގެ ސިޔާސީ ހަތުރުން އެމްޑީޕީ އަކީ. އެމްޑީޕީއާ އެއްގަލަކަށް ސަރުކާރާ ޖެއްސުން ކުރުމަކަށް އަޅުގަނޑުމެން ޕީޕީއެމް އަކުން ނާރާނެ. އެހެންވެ އަސްލު ޕީޕީއެމް އަކީ ކޮބައިކަން ޕީޕީއެމްގެ އާއްމު މެމްބަރުންނަށް ޔަގީންވެއްޖެ. ސަރުކާރަށް އެއްބާރުލުން ދެނީ ކޮން ބައެއްކަން ސާފުވާނެ،" ނިހާން ވިދާޅުވި އެވެ.
މި ބައްދަލުުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ މައުމޫނަކީ އޭނާ ވަރަށް އިހުތިރާމް ކުރައްވާ ބޭފުޅެއް ކަމަށާއި ނަމަވެސް ސަރުކާރާ އިދިކޮޅު ފަރާތްތަކާ އެއްގަލަކަށް އެރުމުން ހިތާމަކުރައްވާ ކަމަށެވެ.
"ޕީޕީއެމްގެ ސަރުކާރެއް އޮއްވައި، ސަރުކާރުން ކުރާ ކަންތައްތަކާ ދެކޮޅަށް މަސައްކަތްކުރާ އިިދިކޮޅު ފަރާތްތަކާ އެއް މޭޒަކަށް ދިއުމަކީ ޕާޓީގެ އަސާސީ ގަވާއިދާ މުގުރާލުމޭ...ވަރަށް ހިތާމައާ އެކު މިދަންނަވާލަނީ، މައުމޫނަކީ އަޅުގަނޑު ވަރަށް އިހުތިރާމް ކުރައްވާ ބޭފުޅެއް...ޕީޕީއެމް އަށް ތާއީދުކުރައްވާ ބޭފުޅަކު ބޭނުމެއް ނުވާނެ އެމްޑީޕީއާ އެކު އެއް މޭޒެއްގައި މި ސަރުކާރަށް ފާޑު ކިޔާކަށް،" އަބްދުއް ރަހީމް ވިދާޅުވި އެވެ.
ރައީސް ޔާމީނާއި މައުމޫނަށް ސަޕޯޓުކުރާ ފަރާތްތައް ދެ ބައިވެ ޕީޕީއެމްގެ އެތެރޭގައި ވަނީ ބޮޑެތި ހިލާފުތައް އުފެދިފަ އެވެ.
ޕީޕީއެމުން އިދިކޮޅަށް: ކާމިޔާބީ އޮތީ ވަރަށް ކައިރީގައި
ޕީޕީއެމްގެ ރައްދު: އެމްޑީޕީގެ ހިޔާނާތް ބަލާނަންތޯ؟
މައުމޫންގެ ވާހަކަފުޅަށް ހޫނު ރައްދެއް
އަދުރޭގެ ތުހުމަތު: މައުމޫން ވަނީ ހަރާންކޯރުވެފައި!
މައުމޫނަށް ދިމާވި ހާލަތަކީ ރައީސާއި ނަޝީދަށް އިބުރަތެއް
ތާއީދު ގެންދެވީ ކޮރަޕްޝަނާއި އަނިޔާވެރިވުމުން: ޔުމްނާ
ޔާމީނާ ދެކޮޅަށް މައުމޫން ނުކުތީ "ލެގަސީ" ދުއްވާލާތީ
"ޔާމީން ތާއީދުކުރައްވާ ނިޒާމެއް ނަޝީދަކަށް ނޭނގޭނެ"
"ތެޔޮ ވިޔަފާރީގެ ވާހަކަ ދައްކަނީ ވަހީދު ދެކެ ބިރުން"
ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ވިސްނުމާއި ފިކުރު