Roadha Mihaaru
އެނބުރި އާދެވޭނެ ދުވަހެއް އަދި ނޭނގޭ: އިރްފާން

އެނބުރި އިންޑިއާ އަށް ދެވޭނެ ދުވަހެއް އަދި ނޭނގޭ: އިރްފާން ހާން

01 ޖުލައި 2018

އެނބުރި އަލުން އިންޑިއާ އަށް ގޮސް ފިލްމީ މަސައްކަތް ފެށޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް، ކެންސަރުގެ ނާދިރު ވައްތަރެއް ކަމަށްވާ ނިއުރޯއެންޑޮކްރިން ޓިއުމާ (ނެޓްސް) އަށް ލަންޑަނުގައި ފަރުވާ ހޯދަމުން އަންނަ އެކްޓަރު އިރްފާން ހާން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެނބުރި އަލުން އިންޑިއާ އަށް ގޮސް ފިލްމީ މަސައްކަތް ފެށޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް، ކެންސަރުގެ ނާދިރު ވައްތަރެއް ކަމަށްވާ ނިއުރޯއެންޑޮކްރިން ޓިއުމާ (ނެޓްސް) އަށް ލަންޑަނުގައި ފަރުވާ ހޯދަމުން އަންނަ އެކްޓަރު އިރްފާން ހާން ބުނެފި އެވެ.

މިދިޔަ މާޗް މަހުން ފެށިގެން ފަރުވާ ހޯދަމުން އަންނަ އިރުފާން ބޮލީވުޑް ހަންގާމާ އަށް ބުނީ ފަރުވާގެ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށާއި ނަތީޖާ ވެސް ފެންނަމުން އަންނަ ކަމަށެވެ.

"އެކަމަކު އެއްގޮތަކަށް ވެސް ބުނާކޮށް ނޭނގޭ އެނބުރި އިންޑިއާ އަށް ދެވޭނެއް ދުވަހެއް. އަދި އަހަރެން ބޭނުމެއް ވެސް ނޫން އަވަސް އަރުވާލައިގެން މި ދަނޑިވަޅުގައި އިތުރު އެއްވެސް އެހެން ނިންމުމެއް ނިންމާކަށް،" އިރްފާން، 51، ބުންޏެވެ. "ފަރުވާ އަށް ވަގުތު ދިނުން އަހަންނަށް މި ވަގުތު އެންމެ މުހިއްމު ކަމަކީ."

"ޕަޒަލް" ގެ ޓްރެއިލާ އިރްފާން ޓްވީޓްކޮށްފައި.

އިރްފާން ބޮޑު ބައްޔެއްގެ ޝިކާރަކަށްވީކަން އޭނާ މާޗް މަހުގެ 16 ގައި ޓްވިޓާގައި ހިއްސާ ކުރީ، އެޕްރީލް މަހުގެ 6 ގައި ފިލްމް "ބްލެކްމެއިލް" ރިލީޒް ކުރަން ތައްޔާރުވަމުން ދަނިކޮށެވެ. އަދި ފަރުވާ އަށް ގައުމުން ބޭރަށް ދިގު މުއްދަތަކަށް ދާން ޖެހުމުން، ފިލްމްގެ ފިލްމް ޕްރޮމޯޓް ކުރުމުގެ މަސައްކަތުން ވެސް އޭނާ މަހުރޫމުވި އެވެ.

އިރްފާންގެ ޓްވީޓެއް.

މިހާރު ވެސް އިރްފާންގެ އިތުރު ފިލްމްތަކެއް ރިލީޒްވާން އެބަ ހުއްޓެވެ. އެއީ އަންނަ މަހުގެ 27 ގައި ރިލީޒް ކުރާ ހޮލީވުޑް ފިލްމް "ޕަޒަލް" އާއި އޮގަސްޓް 3 ގައި ރިލީޒް ކުރާ ހިންދީ "ކަރްވާން" އެ އެވެ.

"ކަރްވާން" ގެ ޑައިރެކްޓަރު އާކާޝް ކުރާނާ މެއި މަހު ބުނި ގޮތުގައި ފިލްމްގެ ޕްރޮމޯޝަނަށް ވަރަށް އަވަހަށް އިރްފާން އިންޑިއާ އަށް ދާނެ އެވެ. އެކަމަކު ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއު އިން އިރްފާން އިންޑިއާ އަށް ދާން ހަމަޖެހިފައި ނެތްކަން ވަނީ ކަށަވަރުވެފަ އެވެ.

އިރްފާންގެ ޓްވީޓް.

މަސައްކަތް ފަށަން އޮތް އިރްފާންގެ ފިލްމެއް ވަނީ ބައްޔާ ގުޅިގެން ފަސްކޮށްފަ އެވެ. އެއީ ދީޕިކާ ޕަދްކޯނާ އެކު ކުޅޭ ފިލްމެކެވެ.

މީގެ އިތުރުން އިންޑިއާގެ މިނިވަން ކަމަށް މަސައްކަތްކުރި އުދަމް ސިންގެ ހަޔާތުގެ މައްޗަށް ބިނާކޮށް، ސުޖިތު ސިރްކާސް ހަދާ ފިލްމެއް ވަނީ އިރްފާނަށް ހުށަހަޅައިފަ އެވެ.

މިދިޔަ ހަފުތާގައި ބޭއްވި 19 ވަނަ އައިފާ އެވޯޑްސްގައި އިފްރާނަށް ވަނީ "ހިންދީ މީޑިއަމް" އިން އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވެސް ލިބިފަ އެވެ. އަދި އެކަމާ ގުޅިގެން އޭނާ ވަނީ ޓްވިޓާގައި ޝުކުރު ވެސް އަދާކޮށްފަ އެވެ.