25 ޖޫން 2018
އިންޑިއާ އިން ރާއްޖެ އަށް ގެންނަ ބައެއް ބާވަތްތަކުގެ ކޯޓާ ދަށްކުރިޔަސް، ކާބޯތަކެތި އެއްވެސް ދައްޗެއް ނެތި ލިބޭނެ ކަމުގެ ޔަގީންކަން އެ ގައުމުން ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އިންޑިއާ އިން ރާއްޖެ އަށް ގެންނަ ބައެއް ބާވަތްތަކުގެ ކޯޓާ ދަށްކުރިޔަސް، ކާބޯތަކެތި އެއްވެސް ދައްޗެއް ނެތި ލިބޭނެ ކަމުގެ ޔަގީންކަން އެ ގައުމުން ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެހެން އަހަރުތަކެކޭ އެއްގޮތަށް، އަންނަ އަހަރު ވެސް އިންޑިއާ އިން ރާއްޖެ އަށް ކޯޓާ ހަމަޖައްސައި ދީފައިވާ ކަމަށެވެ. އަދި ދިވެހިންނަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި އެ ނޫން ވެސް މުހިންމު ކާބޯތަކެތީގެ ބާވަތްތައް އެއްވެސް ދައްޗެއް ނެތި ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން އިންޑިއާ ސަރުކާރުން ދީފައިވާ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން އެހެން ބުނިއިރު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޕޯކްސްޕާސަން ރަވީޝް ކުމާރު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިއްޔެ ވިދާޅުވީ، ރާއްޖެ އަށް ދީފައިވާ ކޯޓާއާ ބެހޭ ގޮތުން ފަތުރަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އިންޑިއާ އާއި ދިވެހިންނާ ދެމެދު އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށާއި އެ ގުޅުން ދެމިއޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަވީޝް ވަނީ ދިވެހިންނަށް އެއްވެސް ކަމެއް ދަތި ނުވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
އިންޑިއާ އިން ވަނީ ކާޑުގެ ބާވަތްތަކުގެ އިތުރުން އަލުއްވާއި ފިޔާ އަދި ކުކުޅު ބިހުގެ ކޯޓާގެ ވެސް ވަރަށް ބޮޑު ތަނުން ދަށްކޮށްފަ އެވެ. އެ ބާވަތުގެ ކޯޓާގެ ގޮތުގައި، މިހާރު ކަނޑައަޅާފައި ވަނީ 5،308.7 ޓަނުގެ އަލުއްވާއި 9،892 ޓަނުގެ ފިޔާ އެވެ. މީގެ އިތުރުން، ބިހުގެ ކޯޓާ ވެސް ވަނީ 111،809،090 އަށް ދަށްކޮށްފަ އެވެ. ކުރިން ރާއްޖެއަށް ދޫކޮށްފައި ވަނީ 11،714 ޓަނުގެ އަލުއްވާއި 19،466 ޓަނުގެ ފިޔައާއި 232،805 މިލިއަން ބިހެވެ.
އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑާ ހަވާލާދީ ދަ ވަޔާ ނޫހުގައި ބުނެފައި ވަނީ ކުރިއަށް އޮތް އެއް އަހަރަށް ބޭނުންވާ އަސާސީ ކާބޯތަކެތި ކޯޓާއާ އެއްގޮތަށް އަންނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެ ބާވަތްތައް އެތެރެކުރެވޭނެ ކަމަށެވެ.
އެއް ގައުމަކަށް ބަރޯސާވުން ހުއްޓާލަން ޖެހިފައި!
ވިސްނުން ހުރީ އިތުރު ގައުމުތަކުގެ ފައިސާ ބޭނުންކުރަން
އިންޑިއާގެ އެހީއަކީ ވަރަށް ބޮޑު ލުޔެއް: ހަލީލް
ޑިޖިޓަލްއިގްތިސާދެއް ބިނާކުރަން އިންޑިއާގެ އެހީ ބޭނުންވޭ
މާލީ ދަތިކަމުގައި ރާއްޖެއަށް އެހީވާން އިންޑިއާ ތައްޔާރު
އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފުކުރަނީ
"ގައުމުތަކުން އެހީވަނީ ރިފޯމް އެޖެންޑާ ހަރުދަނާ ވީމާ"
އިންޑިއާގެ ރޫޕޭ ރާއްޖޭގައި ބޭނުން ކުރެވޭ ގޮތް ހަދަނީ
އިންޑިއާގެ 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފި
އިންޑިއާ/ޗައިނާގެ މުދަލަށް ރުފިޔާ ދެއްކޭ ގޮތް ހަދަނީ