25 ޖޫން 2018
ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ވެލެންސިއާ ފާއިތުވި ގިނަ އަހަރުތަކެއްގައި އޮތީ އަޑިގަޑެއްގެ ތެރޭގަ އެވެ. ދެ ފަހަރެއްގެ މަތިން ވެލެންސިއާ މީގެ ކުރިން ރެލިގޭޝަނުގައި ކުޅެ ސަލާމަތްވެފައިވާއިރު، އަނެއްކާ ވެސް އެ ޓީމަށް މި އަހަރު ވަނީ ފުރަތަމަ ޑިވިޝަނުގައި އޮންނަން ރެލިގޭޝަނުގައި ކުޅެން ޖެހިފަ އެވެ. އުއްމީދީ ކޯޗު ސޮބާހު މުހައްމަދު (ސޮބާ)ގެ އިރުޝާދުގެ ދަށުން މި ފަހަރު ވެލެންސިއާ ފުރަތަމަ ޑިިވިޝަނުގައި އޮންނަން ވާދަކުރަން ޖެހެނީ ޔުނައިޓެޑް ވިކްޓަރީއާ އެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ވެލެންސިއާ ފާއިތުވި ގިނަ އަހަރުތަކެއްގައި އޮތީ އަޑިގަޑެއްގެ ތެރޭގަ އެވެ. ދެ ފަހަރެއްގެ މަތިން ވެލެންސިއާ މީގެ ކުރިން ރެލިގޭޝަނުގައި ކުޅެ ސަލާމަތްވެފައިވާއިރު، އަނެއްކާ ވެސް އެ ޓީމަށް މި އަހަރު ވަނީ ފުރަތަމަ ޑިވިޝަނުގައި އޮންނަން ރެލިގޭޝަނުގައި ކުޅެން ޖެހިފަ އެވެ. އުއްމީދީ ކޯޗު ސޮބާހު މުހައްމަދު (ސޮބާ)ގެ އިރުޝާދުގެ ދަށުން މި ފަހަރު ވެލެންސިއާ ފުރަތަމަ ޑިިވިޝަނުގައި އޮންނަން ވާދަކުރަން ޖެހެނީ ޔުނައިޓެޑް ވިކްޓަރީއާ އެވެ.
ކުރިން ނިއު ރޭޑިއަންޓާއި ގްރީން ސްޓްރީޓްސްއާ ހަވާލުވެ ހުރެ ޖުމްލަކޮށް ރަނގަޅު ގިނަ މަސައްކަތްތަކެއް ކުރި ސޮބާ އަށް މި ފަހަރު މި އޮތީ އުނދަގޫ މަސައްކަތެކެވެ.
ރެލިގޭޝަނަށް ނުކުންނައިރު ވެލެންސިއާ އަށް ހިތްހަމަ ޖެހުމެއް އެބައޮތެވެ. އެ ޓީމުން ވަނީ އެސްޓީއޯ މާލޭ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުވެފަ އެވެ. މިއީ ސޮބާ އަށް ވެސް ލިބޭ ހިތްވަރެކެވެ.
"ކުރިން ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފައި ޖައްސަޖައްސައިގެން ފެށުނީއްސުރެން ވަރަށް ބައިވަރު ބަލިތަކެއް ވަމުން އަންނާތީ ވަރަށް މޯޓިވޭޝަން ދަށްވެފައި އޮތީ. އެންމެ އުނދަގޫ ހާލަތަށް ރެލިގޭޝަނަށްދާއިރު މިއީ ކޮންފިޑެންސެއް. ކުޅުންތެރިން ވެސް ރަނގަޅުވެގެންދާނެ،" އެސްޓީއޯ މާލޭ ލީގުގައި އެންމެ ފަހުން ޔުނައިޓެޑް ވިކްޓަރީ އަތުން 3-1 އިން ވެލެންސިއާ މޮޅުވި މެޗަށް ފަހު ސޮބާ ބުންޏެވެ.
އެ މެޗުގައި ޔުނައިޓެޑް ވިކްޓަރީން ނެރުނު ޓީމުގައި ގިނަ އާ ކުޅުންތެރިންނަށް ވަނީ ފުރުސަތު ދީފަ އެވެ. ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ވެސް އެ ދުވަހު ބުނީ އެ މެޗުގެ ނަތީޖާއާ މެދު އެއްވެސް ވަރަކަށް ނުވިސްނާ ކަމަށެވެ. ސޮބާގެ ވިސްނުން ހުރީ ވެސް އެ މެޗުގެ ނަތީޖާއާ މެދު މާ ބޮޑަށް ނުވިސްނުމަށެވެ.
"އެ މެޗުގައި މިހެންވި ކަމަށް ވިޔަސް ޔޫވީ ބޮޑަށް ފޯކަސްކޮށްގެން ހުރީ ރެލިގޭޝަން މެޗަށް. އަދި ހަމަ އެންމެ މުހިއްމު ދުވަސް އޮތީ. އަޅުގަނޑު ހަމަ ބޭނުން ކްލަބް ވެލެންސިއާ ފުރަތަމަ ޑިވިޝަނުގައި އޮންނަން. ދެން ހުރިހާ ކުދިންގެ އަދި މެނޭޖްމަންޓު ވެސް އޮތީ ރަނގަޅަށް ރެލިގޭޝަނަށް އަންނާނީ އިތުރަށް ތައްޔާރުވެގެން ޓީމު ފުރަތަމަ ޑިވިޝަނުގައި ބާއްވަން،" ސޮބާ ބުންޏެވެ.
އެފްއޭއެމުން ފުޓްބޯޅަ ސީޒަންގެ ފޯމެޓް ރޭވި ގޮތުން މިދިޔަ ސީޒަނުގައި ވެސް މާލޭ ލީގުގެ ކޮލިފިކޭޝަން/ ރެލިގޭޝަން ކުޅެން ޖެހުނު ޓީމުތަކުގެ ކުޅުންތެރިންނަށް ވަނީ އަހަރުގެ މެދުތެރެއިން ސީޒަން ނިމިފަ އެވެ. މި ފަހަރު ވެސް ޔުނައިޓެޑް ވިކްޓަރީ އާއި ވެލެންސިއާގެ ކުޅުންތެރިންނަށް ވެސް ރެލިގޭޝަން ދެ މެޗަށް ފަހު ސީޒަން ނިމޭނެ އެވެ.
"އަޅުގަނޑު އުއްމީދުކުރަން ކުރިއަށް އޮތް ތަނުގައި މި ކަހަލަ ކަންތައް ކަނޑައަޅާއިރުގައި އެއްވެސް ގޮތަކަށް ކުޅުންތެރިއަކަށް ވެސް ޓީމަކަށް ވެސް ގެއްލުން ނުވާ ކަހަލަ ގޮތަކަށް ތަންކޮޅެއް ފެއާ (އިންސާފުވެރި) ގޮތަކަށް އެންމެނަށް ވެސް އޭތި ނިންމޭތޯ،" ސޮބާ އޭނާގެ ކަންބޮޑުވުން ފާހަގަކުރި އެެވެ. "އުއްމީދުކުރަނީ އެފްއޭއެމުން އަންނަ އަހަރު ރަނގަޅުކުރާނެ ކަމަށް. މިދިޔަ އަހަރު ވެސް މި އަހަރު ވެސް މި ގޮތް މި ވަނީ. އަސްލު މި ފަހަރު މި ދެ ކްލަބުން ވެސް ރަނގަޅު ކުޅުންތެރިންތަކެއް މަގުމަތި މިވަނީ."
ސޮބާ ބުނީ މިހާރު އޮތް ފޯމެޓުގައި ކުރިއަށްދާނަމަ އެންމެ ރަނގަޅު ގޮތަކީ ޓްރާންސްފާގެ ކަންތައްތައް ނުނިމެނީސް ރެލިގޭޝަން ކުޅުން ކަމަށެވެ.
"މިސާލަކަށް އަޅުގަނޑަށް ވިސްނޭ ވިސްނުމުގައި ޓްރާންސްފާ ކަންތައް ނުނިމެނިސް ރެލިގޭޝަން ކުޅެނިމޭނަމަ އެހެން ތާކަށް ކުޅުންތެރިން ދިއުމުގެ ފުރުސަތު އޮންނާނެ. ދެން އަނެއްކާ ޕްލޭޔަރުން ވެސް ބޭނުމެއް ނުވޭ ދެ މެޗު ކުޅެލާން އަންނާކަށެއް. އެއީ އައިސްފިކަމަށްވިއްޔާ އެ ކުޅުންތެރިއަކަށް ވެސް އަހަރުގެ ބާކީބައި އެ ގެއްލެނީ. އެ ކުޅުންތެރިން ބޭނުންވަނީ އަތޮޅު ތެރެއިން ޕްރިމިއާ ލީގަށް އަންނަ ޓީމަކަށް ގޮސް އަހަރުގެ ބާކީ ބައިގައި ކުޅެލަން." ސޮބާ ބުންޏެވެ.
ރެލިގޭޝަން ޕްލޭއޮފްގެ ފުރަތަމަ މެޗު އޮންނާނީ މާދަމާ ހަވީރު އެވެ. އަދި ދެ ވަނަ ލެގު އޮންނާނީ އަންނަ މަހު 1 ވަނަ ދުވަހު ހަވީރު އެވެ.
ސޮބާ: ކޯޗިންގެ ޅަފަތުގައި ތަފާތު ތިން ޗެޕްޓަރެއް!
ކުރި މަސައްކަތް ގްރީންގެ ސަޕޯޓަރުން ބަލައިނުގަނޭ: ސޮބާ
ގްރީން އާއި ވެލެންސިއާ: ދެ ޓީމަށް ވެސް ޕްރެޝަރު ބޮޑު
ކުޅުންތެރިން ތިބީ ވަރުގަދަ އަޒުމެއްގައި: ސޮބާ
ސޮބާ ވެލެންސިއާ އަށް: "މިއީ އާ ޗެޕްޓަރެއް"
ވެލެންސިއާގެ ކޯޗަކަށް ސޮބާ؟
ކުޅިވަރުގައި ދޮނާގެ ނަން އޮތީ ރަނުން
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ވެލެންސިއާގެ ސަސްޕެންޝަން ކޮމިޓީން އުވާލައިފި
ވެލެންސިއާ އެކަޑަމީއާ އެކު ބޮޑުހީނާ އަލުން ކޯޗިން އަށް