12 ޖެނުއަރީ 2018
ކްލަބް ވެލެންސިއާގެ ކޯޗަކަށް އެ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދު އިބްރާހިމް ހަމަޖައްސަން އުޅޭ ކަމަށް ވަރަށް ބޮޑަށް ޔަގީންކުރެވިއްޖެ އެވެ.
ކްލަބް ވެލެންސިއާގެ ކޯޗަކަށް އެ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދު އިބްރާހިމް ހަމަޖައްސަން އުޅޭ ކަމަށް ވަރަށް ބޮޑަށް ޔަގީންކުރެވިއްޖެ އެވެ.
ސޮބާއާ ވެލެންސިއާއާ ގުޅުވައިގެން ވާހަކަތައް ދެކެވެމުން އަންނަނިކޮށް، ރޭ ފެނިގެން ދިޔައީ އެ ކްލަބާ އަލަށް ގުޅުނު ކުޅުންތެރިންނާއި ކޮންޓްރެކްޓް އާކުރި ކުޅުންތެރިން، ކްލަބުގެ ފަރާތުން އޭނާ ތައާރަފްކޮށްދިންތަނެވެ. އެގޮތުން ވެލެންސިއާގެ ފޭސްބުކް ޕޭޖުގައި ޖަހާފައިވާ ފޮޓޯތަކުން ފެންނަނީ އެ ސޮބާއާ އެކު އެ ކުޅުންތެރިން ވެލެންސިއާގެ ޖާޒީ ދައްކާލާ މަންޒަރެވެ.
ވެލެންސިއާއާ ސޮބާ ހަވާލުވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ދެ ފަރާތުން ވެސް އަދި ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ. މިދިޔަ ސީޒަނުގެ ފަހުކޮޅު ކްލަބް ގްރީންސްޓްރީޓްސް އިން ވަކިވި ސޮބާ ވަނީ ކޯޗިން ކެރިއަރު ކުރިއަށްގެންދާނެ ކަމަށާއި އެހެން ޓީމަކުން މި އަހަރު ފެންނާނެ ކަމަށް ބުނެފަ އެވެ.
ސޮބާ ގްރީންސްޓްރީޓްސްގެ ބެންޗުގައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ސޮބާ ވަނީ 2000 ވަނަ އަހަރު ވެލެންސިއާ އަށް ކުޅެފަ އެވެ. އެކަމަކު އޭނާގެ ކުޅުން ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަތީ ޖެހިގެން އައި އަހަރު ވިކްޓަރީ އަށް ބަދަލުވި ހިސާބުންނެވެ. އޭގެ ފަހުން އޭނާ ވަނީ ކުޅުންތެރިޔެއްގެ ގޮތުގައި ވިކްޓަރީގެ އިތުރުން ނިއު ރޭޑިއަންޓުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.
ކުޅުން ހުއްޓާލުމަށް ފަހު 2014 ވަނަ އަހަރު ކޯޗިންގެ ތެރެއަށް ވަން ސޮބާ ވަނީ 2015 ވަނަ އަހަރު ނިއު ރޭޑިއަންޓުގެ ކޯޗުކަންކޮށް އެ ކްލަބް ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލަށް ގެންގޮސްދީފަ އެވެ. އަދި އެ އަހަރުގެ އޭއެފްސީ ކަޕުގެ މެޗަކުން އެ ޓީމު މޮޅުކޮށްދިނެވެ. ޖެހިގެން އައި އަހަރު ދެ ވަނަ ޑިިވިޝަނުގައި އޮތް ގްރީންސްޓްރީޓްސްއާ ހަވާލުވެ އެ ޓީމު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިނުމުގައި އިސް ދައުރެއް އަދާކުރި އެވެ. އަދި މިދިޔަ އަހަރު އެ ޓީމާ އެކު ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކޮށް ބޮޑެތި ޓީމުތައް ފަހަތަށް ޖައްސާލައި އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ވެސް ހޯދައިދިނެވެ.
މިދިޔަ ސީޒަނުގެ ފަހުކޮޅު ގްރީންސްޓްރީޓްސް އަށް މައްސަލަތަކެއް ދިމާވެ ސޮބާ ޓީމުން ވަކިވީ އެވެ.
ސޮބާ: ކޯޗިންގެ ޅަފަތުގައި ތަފާތު ތިން ޗެޕްޓަރެއް!
ވެލެންސިއާ ގޮވައިގެން ސޮބާ މަރުގެ ދެ މެޗަށް
ކުރި މަސައްކަތް ގްރީންގެ ސަޕޯޓަރުން ބަލައިނުގަނޭ: ސޮބާ
ގްރީން އާއި ވެލެންސިއާ: ދެ ޓީމަށް ވެސް ޕްރެޝަރު ބޮޑު
ކުޅުންތެރިން ތިބީ ވަރުގަދަ އަޒުމެއްގައި: ސޮބާ
ސޮބާ ވެލެންސިއާ އަށް: "މިއީ އާ ޗެޕްޓަރެއް"
ކުޅިވަރުގައި ދޮނާގެ ނަން އޮތީ ރަނުން
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ވެލެންސިއާގެ ސަސްޕެންޝަން ކޮމިޓީން އުވާލައިފި
ވެލެންސިއާ އެކަޑަމީއާ އެކު ބޮޑުހީނާ އަލުން ކޯޗިން އަށް