Roadha Mihaaru
ރަސްމީ ޖާފަތް މިފަހަރު ވަރަށް ފުރިހަމަ: ސަރުކާރު

މިނިވަން ދުވަހުގެ ރަސްމީ ޖާފަތް މިއަހަރު ވަރަށް ފުރިހަމަ: ސަރުކާރު

27 ޖުލައި 2016

މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖާފަތުގެ ހުރިހާ ކަމެއް ފުރިހަމަ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖާފަތުގެ ހުރިހާ ކަމެއް ފުރިހަމަ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.

ނިއު ޕޯޓާއި ހަވާލުކޮށްގެން މިދިޔަ އަހަރުގެ މިނިވަން ދުވަހު ބޭއްވި ރަސްމީ ޖާފަތުގައި ބޮޑެތި މައްސަލަތަކެއް ދިމާވެ، ގިނަ ބައެއްގެ ޝަކުވާ އައިސްފައިވެ އެވެ.

އެ ކުންފުންޏާއި ހަވާލުކޮށްގެން ރޭ ބޭއްވި ރަސްމީ ޖާފަތުގެ ހުރިހާ ކަމެއް ވަރަށް ފުރިހަމަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިރޭ ކުރެއްވި ޓްވީޓެއްގައިވެ އެވެ. ރޭގެ ހަފުލާއަށް 4،000 މީހުންނަށް ސަރުކާރުން ވަނީ ދައުވަތު ދީފަ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީންގެ ދެކަނބަލުން ރޭ ދެއްވި ޖާފަތުގައި ބައެއް ބޭފުޅުންނާ ސަލާމް ކުރައްވަނީ. --  ފޮޓޯ: ރައީސް އޮފީސް

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީންގެ ދެކަނބަލުން ރޭ ދެއްވި ޖާފަތުގައި ބައެއް ބޭފުޅުންނާ ސަލާމް ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

މިދިޔަ އަހަރު ބޮލަކަށް 3،000ރ. ނަގައިގެން ދަރުބާރުގޭގައި ބޭއްވި ޖާފަތުގައި ކާބޯތަކެތީގެ ފެންވަރު ދަށްވުމާއި ހަފުލާއަށް މީހުން ދިޔަ އަދަދަށް ވުރެ މަދުން ކާތަކެތި ތައްޔާރު ކުރުން ހިމެނެ އެވެ. އެކަމަކު އެ މަސައްކަތް މިފަހަރު ނިއު ޕޯޓުން ނެގީ ކުރީ ފަހަރަށް ވުރެ އެތައް ގުނައެއް ކުޑަ އަގެއްގައި، ބޮލަށް 80ރ. ގެ ރޭޓުންނެވެ.

އާންމު އަގުތަކަށް ވުރެ އެތައް ގުނައެއް ބޮޑު އަގެއްގައި މިދިޔަ އަހަރު ނިއު ޕޯޓަށް އެ މަސައްކަތް ދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ބެލި އެވެ. އެ މައްސަލާގައި ރައީސް އޮފީހުގެ އޭރުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް(މޮންދު) ގެ މައްޗަށް ދައުވާ ކުރަން ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވި އެވެ. އެކަމަކު އެ އޮފީހުން ނިންމީ ދައުވާ ނުކުރުމަށެވެ.