Roadha Mihaaru
މުސްތޮފާއަށް ދައުލަތުގެ މަތީ އިއްޒަތް އަރުވައިފި

ޑރ. މުސްތޮފާ އަށް ދައުލަތުގެ މަތީ އިއްޒަތް އަރުވައިފި

26 ޖުލައި 2023

ދައުލަތުގެ ގިނަ މަގާމުތަކެއް ދިގު މުއްދަތަކަށް ފުރުއްވާފައިވާ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތޮފާ ލުތުފީ އަށް ދިވެހި ދައުލަތުގެ މަތީ އިއްޒަތް، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް މިއަދު އަރުވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދައުލަތުގެ ގިނަ މަގާމުތަކެއް ދިގު މުއްދަތަކަށް ފުރުއްވާފައިވާ ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތޮފާ ލުތުފީ އަށް ދިވެހި ދައުލަތުގެ މަތީ އިއްޒަތް، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް މިއަދު އަރުވައިފި އެވެ.

މި އިއްޒަތް ނިސްބަތް ވަނީ އައްސުލްތާން މުހައްމަދު ޣިޔާސުއްދީން ރަދުންނަށެވެ. ދައުލަތުގެ އެކި މަގާމްތަކުގައި މުސްތޮފާ ޚިދުމަތް ކުރައްވާތާ 30 އަހަރު ވެއްޖެ އެވެ.

ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރު އޮން ސޯޝަލް ޕޮލިސީގެ މަގާމުގައި މިހާރު ހުންނެވި މުސްތޮފާ އަށް ދައުލަތުގެ އެންމެ މަތީ އިއްޒަތް އެރުއްވީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

58 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތޮފާ ލުތުފީ އަށް ދިވެހި ދައުލަތުގެ މަތީ އިއްޒަތް، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް އެރުވުން.-- ފޮޓޯ: ރައީސް އޮފީސް

މުސްތޮފާއަކީ ރާއްޖޭގެ ތައުލީމީ ނިޒާމު ތަރައްގީކޮށް، ކުރިއެރުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ރަށްރަށުގައި ކޮމިއުނިޓީ ސްކޫލްތައް ފެށިގެން އައިއިރު ކުރިމަތިވި ދަތިތަކާއި ގޮންޖެހުންތައް ހުރަސްކުރައްވައި ކޮމިއުނިޓީ ސްކޫލްތަކާ އެކު އަތޮޅުތަކުގެ ތައުލީމީ ހަލަތު ރަނގަޅުކުރައްވާ އަދި ތައުލީމުގެ މުހިންމުކަން ރައްޔިތުންނަށް ވިސްނައިދިނުމަށް މަސައްކަތްތަކެއް ކުރެއްވި އެވެ.

ވަށައިޖެހޭ ތައުލީމު ތައާރަފުކުރައްވައި، ދަރިވަރުންނާއި މުދައްރިސުންނާއި ބެލެނިވެރިންގެ ގުޅުން ބަދަހިކުރެއްވުމުގައި މުހިންމު މަސައްކަތްތަކެއް މުސްތޮފާ ކުރެއްވި އެވެ.

މުސްތޮފާ ވަނީ ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ. އެ މަގާމުގައި ހުންނަވައިގެން ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތް ނުކުރާ ގައުމުތަކުގެ ޓޫރިސްޓުން ގެނައުމުގައި ވެސް މުހިންމު ދައުރެއް އަދާކުރެއްވި އެވެ.

ޓޫރިޒަމް ކުރިއެރުއްވުމަށް ކުރެއްވި ހިދުމަތްތަކުގެ އަގު ވަޒަންކޮށް، ދިވެހި ދައުލަތުން، ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް ވެސް އޭނާއަށް އަރުއްވާފައިވެ އެވެ.