14 ޖޫން 2018
ށ. ފޯކައިދޫގައި ބަނދަރު ހަދާފައި އޮތް ގޮތުން އެތަން ބޭނުންކުރެވޭ ވަރަށް ވުރެ ގަދަވުމުގެ ސަބަބުން އެތައް ގެއްލުމެއް ލިބެމުން ދާ ކަމަށް ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ށ. ފޯކައިދޫގައި ބަނދަރު ހަދާފައި އޮތް ގޮތުން އެތަން ބޭނުންކުރެވޭ ވަރަށް ވުރެ ގަދަވުމުގެ ސަބަބުން އެތައް ގެއްލުމެއް ލިބެމުން ދާ ކަމަށް ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
މީގެ 15 އަހަރު ކުރިން، 2003 ގައި އެ ބަނދަރު ހަދާފައިވާ ގޮތުންނާއި ހިލަ ޖަހާފައިވާ ބޭރު ތޮއްޓެއް ނެތުމުން، ބޭނުންނުކުރެވޭ ވަރަށް އެތަން ގަދަވެ އެވެ. ބައެއް ފަހަރަށް ރާޅުތައް ތޮށިގަނޑު މަތިން ރަށުތެރެއަށް ވެސް އަރަ އެވެ.
ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރާޝިދު ވިދާޅުވީ އެ ރަށުގައި ބޮޑެތި އުޅަނދުފަހަރު ދުއްވާއިރު އެއިން އެއްވެސް އެއްޗެއް، އެންމެ ކުޑަވެގެން ލަފާފުރަން ވެސް، ބަނދަރު ބޭނުން ނުކުރެވޭ ކަމަށެވެ.
"ހުޅަނގު މޫސުމުގެ ނުވަ މަސް ދުވަހު މި ރަށުގެ އުޅަނދުތައް އަޅާފައި އޮންނާނީ އަނެއް ފަޅީގައި ރަށް ބޭރުގައި. ނޫނީ ކައިރި ކޮންމެވެސްް ރަށެއްގެ ބަނދަރުގައި. އަހަރުގެ ބޮޑު ބައެއްގައި ބަނދަރު އޮންނާނީ ހުހަށް" ރާޝިދު ވިދާޅުވި އެވެ.
ފޯކައިދޫގައި މާލެ ދަތުރު ކުރާ 100 ފޫޓުގެ ތިން ބޯޓު ދުއްވަ އެވެ. އޭގެ އިތުރުން ކަންނެއްޔަށް ނުކުންނަ 12 ވަރަކަށް ދޯންޏާ އެކު ބޮޑެތި 45 އުޅަނދު އެ ރަށުގައި އޮވެ އެވެ.
ރާޝިދު ވިދާޅުވި ގޮތުގައި ދޯނިފަހަރު މަހަށް ނުނިކުންނަ ދުވަސްވަރު ވެސް ގިނަ މަސްވެރިންނަށް ރަށަކު މަޑެއް ނުކުރެވެ އެވެ. އޭގެ ސަބަބަކީ އެ ދޯނިފަހަރު އަވަށްޓެރި މިލަންދު އާއި ފީވަކު ފަދަ ރަށްރަށުގެ ބަނދަރުގައި އަޅައި، އެ ބެލެހެއްޓުމުގެ މަސައްކަތުގައި އުޅެން ޖެހޭތީ އެވެ.
"ރޯދަ މަހު މަހަށް ނުދަނީ އަނބިދަރިން ކައިރީގައި ތިބެ، ޗުއްޓީ ހަދާލަން. އެކަމަކު ހާލަތު ހުރި ގޮތުން މަސްވެރިން ޖެހޭނީ ކައިރި ރަށްރަށުގައި އަޅާފައި އޮންނަ ދޯނިތައް ބަލަހައްޓަން، ޑިއުޓީ ބަހައިގެން ތިބެން،" ރާޝިދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
ފޯކައިދޫ ބޭރުގައި، ބޯސާ ޖަހައިގެން ދޯނި ފަހަރު އަޅާފައި އޮންނައިރު އެ އުޅަނދުފަހަރަށް މީހުން އުފުލަނީ ކުދި ބޮއްކުރާ ފަދަ އެއްޗެހީގަ އެވެ. ބައެއް ފަހަރަށް ވަރަށް ހިތާމަވެި ހާދިސާ ވެސް ހިނގާފައި އެބަ ހުރި ކަމަށް ރާޝިދު ވިދާޅުވި އެވެ.
އެގޮތުން ރަށާ މާ ދުރުގައި އޮންނަ ބޯޓުފަހަރަށް ބޮއްކުރާގައި މީހުން އުފުލަނިކޮށް އެ ބަންޑުން ޖަހާލައި ކުޑަކުދިންނާއި އަންހެނުން ގެނބުން ފަދަ ހާދިސާތައް ހިނގާފައިވެ އެވެ. އެފަދަ ހާދިސާއެއްގައި މީހެއްގެ ފައި ބިނދި، އެ ފައި ބުރިކޮށްލަން ވެސް ޖެހުނެވެ.
އެމްޓީސީސީން ހެދި ފޯކައިދޫ ބަނދަރު ބޭނުންނުކުރެވޭ އެއް ސަބަބެއް ކަމަށް ކައުންސިލުން ދެކެނީ މާ ބޮޑަށް ހަނިވުމުގެ އިތުރުން ބަނދަރު ވެސް ކުޑަވުމެވެ. އަދި ހިލަ ޖަހައިގެން ބޭރު ތޮށި ހެދުމުގެ ބަދަލުގައި ސިމެންތި ގޯނިޖައްސައިގެން ތޮށި ހަދާފައިވުމާއި ބަނދަރުގެ މެދަށް ވާ ގޮތަށް ނެރު ކަނޑާފައިވުމަކީ ވެސް ބޮޑު މައްސަލައެއް ކަމަށް ކައުންސިލުން ބުނެ އެވެ.
"ބަނދަރު ހެދި އިރު ރައްޔިތުންނަކަށް މާ ބޮޑަށް ވާނުވާއެއް ނޭނގޭ. އެއީ ތަންކޮޅެއް ކުރީގެ ކެއް ކަމުން، ރައްޔިތުން ތިބީ ކޮންމެ ކަމަކަށް ވެސް ރުހިގެން،" ރާޝިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފޯކައިދޫގެ ބަނދަރު ބޭނުން ނުކުރެވި، ރައްޔިތުން އުފުލާ ތަކުލީފުތައް ސަރުކާރުގެ ސަމާލުކަމަށް ގެންނަން ވޭތުވެ ދިޔަ 12 ވަރަކަށް އަހަރު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން ދައުލަތުގެ ބަޖެޓުގައި އެތައް އަހަރަކު ހިމެނުމުގެ އިތުރުން ދެ ފަހަރެއްގެ މަތިން އެމްޓީސީސީއާ މަސައްކަތް ހަވާލު ވެސް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިކަން ސަރުކާރުގެ ސަމާލުކަމަށް ގެންނާކަށް އަލަކަށް އަޅުގަނޑުމެން ދެން ކުރާކަށް ކަމެއް ނޯންނާނެ. އެކަމަކު ރައްޔިތުން މި ދިރިއުޅެނީ ވަރަށް ހާލުގައި،" ރާޝިދު ވިދާޅުވި އެވެ.
ވަގުތުކޮޅެއް ނެގިއަސް މަހަށް ހަމައަގު ހޯދޭނެ: ރައީސް
ރަށަށް ނޭރި ތިބެން ޖެހުނު ދުވަސްތައް މާޒީއަށް
މަސް ފެކްޓްރީ ހަދަން ފަރެސްމާތޮޑާ ކައުންސިލުން ގަރާރެއް
މަސްވެރިންގެ ޝަކުވާ ހައްގު، ވައުދެއް ނުފުއްދޭ: ނަޝީދު
އިންތިހާބަށް ނުފޫޒުފޯރުވާތީ އެމްއާރުއެމުން ކަންބޮޑުވެއްޖެ
ނުފޫޒުގެ ތުހުމަތަށް ސަރުކާރުން ދެއްކީ 25 މަޝްރޫއު
ވައުދުތައް ފުއްދުމުން، ފޯކައިދޫ ބަދަލުކޮށްލައިފި
ފޯކައިދޫ ބޭރުތޮށިލުމުގެ މަސައްކަތް ފަށައިފި
މަަސްވެރިން ފެންނަނީ ވޯޓަށް: ޔޫނިއަން
މަސްވެރިންނަށް ހަމަ އަގު ނުލިބެނީ މިނިސްޓަރާ ހެދި:ރާއީ