01 މެއި 2022
ދެކުނުގެ ހަތަރު އަތޮޅެއްގެ މަސްވެރިން އިސް ނަގައިގެން ގދ. ފަރެސްމާތޮޑާގައި މަސް ފެކްޓްރީއެއް ގާއިމްކުރަން ކުރާ މަސައްކަތަށް ސަރުކާރުން އެއްބާރުލުން ދޭން ގޮވާލައި ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.
ދެކުނުގެ ހަތަރު އަތޮޅެއްގެ މަސްވެރިން އިސް ނަގައިގެން ގދ. ފަރެސްމާތޮޑާގައި މަސް ފެކްޓްރީއެއް ގާއިމްކުރަން ކުރާ މަސައްކަތަށް ސަރުކާރުން އެއްބާރުލުން ދޭން ގޮވާލައި ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.
ފަރެސްމާތޮޑާ ކައުންސިލުން ނެރުނު ގަރާރުގައި ބުނީ ރާއްޖެއަށް ބާނާ މަހުގެ 70 ޕަސެންޓު ނިސްބަތްވަނީ ދެކުނުގެ މަސްވެރިންނަށް ކަމަށެވެ. މި ސަބަބަށްޓަކައި ގއ. ކޫއްޑޫގައި ސްޓޯރޭޖު ގާއިމްކޮށްފައި ވިޔަސް އެކަށީގެންވާ ޖާގަ ނެތުމުގެ ދަތިތައް ކުރިމަތިވަމުންދާ ކަމުގެ ކަންބޮޑުވުންފާޅުކޮށްފައިވެ އެވެ.
މި މައްސަލައަށް ފެނުނު ހައްލަކީ، ކައުންސިލުން ބުނި ގޮތގައި، ފަރެސްމާތޮޑާގައި މަސް ފެކްޓްރީއެއް ގާއިމުކުރުމެވެ. އެކަން ދެކުނުގެ ހަތަރު އަތޮޅެއްގެ މަސްވެރިން ކުރަމުން އަންނަ ކަމަށް ގަރާރުގައިވެ އެވެ.
ގަރާރުގައި ބުނި ގޮތުގައި މަސް ކިރުވުމުގައި ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދަން ފަރެސްމާތޮޑާގައި މަސް ގަނެ ފިނިކޮށް ރައްކާކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް މަސްވެރިން ކުރަމުން އަންނަ މަސައްކަތަށް ކައުންސިލުން ތާއީދުކުރެ އެވެ. އެފަދަ ނިޒާމެއް އެ ރަށުގައި ގާއިމުކުރަން ޖެހިފައިވާކަމަށް ކައުންސިލުން ގަބޫލުކުރާ ކަމަށް ވެސް ގަރާރުގައި ބުންޏެވެ.
''އެހެންކަމުން ފަރެސްމާތޮޑާގައި މަސް ފެކްޓްރީއެއް ގާއިމުކުރުމަށް ދެކުނުގެ ހަތަރު އަތޮޅުގެ މަސްވެރިން ކުރަމުންގެންދާ މަސައްކަތް ބަލައިގަނެ މަސްވެރިން އެެދެމުންދާ ގޮތަށް އެކަން ކޮށްދެއްވުމަށް އެދި ފަރެސްމާތޮޑާ ކައުންސިލުގެ ފަރާތުން ދިވެހި ސަރުކާރަށް ގޮވައިލަމެވެ،'' ގަރާރުގައިވެ އެވެ.
މަސްވެރިކަން ރަނގަޅުވެ މި ފަހުން މަސްވެރިން ބާނާ ހުރިހާ މަހެއް ނުކިރޭތީ މަސްވެރިންގެ ކަންބޮޑުވުން އެބައޮތެވެ. މިކަން ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި 118 ދޯންޏެއްގައި މަސް ފިނިކުރާ ނިޒާމް ހަރުކުރުމަށް މި އަހަރުގެ ތެރޭގައި 59 މިލިއަން ރުފިޔާގެ ލުއި ލޯނު ދޫކުރާނެ އެވެ.
މަސްވެރިން ހިތާމައިގައި ދެން ތިބޭކަށް ނުޖެހޭނެ: ރައީސް
ކޫއްޑޫ މަސް ފެކްޓަރީގެ އޮޕަރޭޝަންތައް އަލުން ފަށައިފި
މަސްވެރިންނަށް ނުދީ 300 މިލިއަން ރުފިޔާވަރުއެބައޮތް
ކަންނެލި ދޯންޏަކުން ވެއްޓުނު މީހަކަށް މިޔަރު ހަމަލާދީފި
މިފްކޯގެ ސައިޓުތަކުގައި މަސްވެރިންނަށް ތެޔޮ ވިއްކަނީ
މަސްވެރިންނަށް ބިލިއަނެއްހާ ރުފިޔާ ދީފި، ރިކޯޑެއް
މަސްވެރިންގެ މައްސަލަތައް ފެށޭ އަހަރު ހައްލުވާނެ:ރައީސް
މަސްވެރިންގެ ދުވަސް ފާހަގަކުރަން ރައީސް ފަރެސްމާތޮޑާއަށް
ދޮށީގެ މަސްވެރިކަމުގެ އާ ރެކޯޑެއް، އެއް ދުވަހުން މިލިއަނެއްހާ ރުފިޔާ
ހޯނޑެއްދޫ ކޯލްޑް ސްޓޯރޭޖު އަވަހަށް ނިންމަން ގޮވާލައިފި