14 ޖޫން 2018
ނައިޖީރިއާ މީހެއް ކަމަށްވާ އަޒްބޫކޭ އޭނާގެ ބައްޕަ އަށް ވައުދުވެފައި އޮތީ ބައްޕަ މަރުވުމުގެ ކުރިން ބީއެމްޑަބްލިއު ކާރެއް ދުއްވުމުގެ ނަސީބު ހޯދައި ދޭނެ ކަމަށެވެ. އެކަމަކު ހޯމަ ދުވަހު ބައްޕަ މަރުވީ އެކަން ހާސިލް ނުވެ އެވެ.
ނައިޖީރިއާ މީހެއް ކަމަށްވާ އަޒްބޫކޭ އޭނާގެ ބައްޕަ އަށް ވައުދުވެފައި އޮތީ ބައްޕަ މަރުވުމުގެ ކުރިން ބީއެމްޑަބްލިއު ކާރެއް ދުއްވުމުގެ ނަސީބު ހޯދައި ދޭނެ ކަމަށެވެ. އެކަމަކު ހޯމަ ދުވަހު ބައްޕަ މަރުވީ އެކަން ހާސިލް ނުވެ އެވެ.
އެހެންވެ ބައްޕަ މަރުވުމުން ދަރިފުޅު އެ ވައުދު ފުއްދީ 66،000 ޑޮލަރަށް ގަތް ބީއެމްޑަބްލިއު ކާރާ އެކު ބައްޕަ ވަޅުލައިގެންނެވެ.
ސަންދޯކެއްގެ ބަދަލުގައި ބައްޕަގެ ހަށިގަނޑު ކާރުގެ ތެރޭގައި ބާއްވައިގެން ވަޅުލަނިކޮށް ނަގާފައިވާ ފޮޓޯތައް ވެސް ސޯޝަލް މިޑިއާގައި ވައިރަލްވެފައިވެ އެވެ. ވަރަށް ގިނަ ބަޔަކު މިކަމަށް ފާޑު ކިޔާފައިވެ އެވެ.
އެއް ބަޔަކު ބުނެފައި ވަނީ އަޒްބޫކޭ ދިރިއުޅޭ އިހިއާލާ ވިލެޖަކީ ވަރަށް ނިކަމެތި ހާލުގައި ގިނަ ބަޔަކު އުޅޭ އަވަށަކަށް ވާއިރު މިއީ ވަރަށް ބޮޑު އިސްރާފެއް ކަމަށެވެ. އޭގެ ގަތުމުގެ ބަދަލުގައި އެ ފައިސާ އިން ފަގީރުންނަށް އެހީވި ނަމަވެސް މާ ރަނގަޅުވީސް ކަމަށް ބުނެފައިވެ އެވެ.
"@Austynzogs: Highway to heaven! Son ‘buries his father in a N35m BMW in Ihiala, Anambra!The man, Azubuike, promised his father he would buy him a car.Since his father died before he got the chance he decided to bury him in a BMW The brand new BMW cost Azubuike a whopping N35m. pic.twitter.com/Erd1vdNGFN
— GIDITRAFFIC (@Gidi_Traffic) June 12, 2018
އަޒްބޫކޭގެ ބައްޕަ ކާރާ އެކު. ވަޅުލަނީ.
އަދި އެއް ބަޔަކު ބުނެފައި ވަނީ އަޒްބޫކޭ ކުރީ ވަރަށް ހަމަނުޖެހޭ ގަމާރު ކަމެއް ކަމަށާއި އެއީ ފައިސާތަކެއް ބޭކާރުކޮށްލުން ކަމަށެވެ.
"އަހަރެމެންގެ ތެރެއިން ބައެއް މީހުން މި ކަހަލަ ތާކުންތާކު ނުޖެހޭ ގަމާރު ކަންކުރުމަކީ ކަޅު މީހުންނާ ދޭތެރޭ މީހުން ދެކޭ ގޮތް ބަދަލު ނުވާ އެއް ސަބަބު،" ސޯޝަލް މީޑިއާގައި މީހަކު ކުރި ކޮމެންޓެއްގައި ބުންޏެވެ. "މި ކަހަލަ ބޭކާރު ކަންކަން ކުރަންޏާ ކަޅު ނަސްލުގެ މީހުން ތިބޭނީ ހަމަ މި ނިކަމެތިކަމުގައި."
ނައިޖީރިއާގައި ކާނާ ބަހާ ތަނެއްގައި ފިތިގެން 32 މަރު
ނައިޖީރިއާގައި ބޯޓެއް ބަންޑުންޖަހާލައި 100 މަރު
ނައިޖީރިއާގައި ފެން ބޮޑުވެ 600 މީހުން މަރުވެއްޖެ
ބްރަޔަންޓްގެ މަރު 2012 ވަނަ އަހަރުގެ ޓްވީޓެއްގައި
"އެންމެ އެކަނިވެރި" އަސްދޫނި މަރުވެއްޖެ
ދުނިޔޭގައި ހުއްޓަސް "މަރުވެފައި" ހުރި މީހެއް
ޕްލާސްޓިކް ބޯތަށީގައި ދިރިއުޅުނު ރަހުމާ މަރުވެއްޖެ
ރާމް ޗަރަންގެ ފިލްމަށް ދިޔަ ދެ މީހަކު މަރުވެއްޖެ
ވަގެއް ބައި ގަޑިއިރުގެ މަސައްކަތަށް ފަހު ނެގީ އަނބެއް
އަނިޔާވި ކުއްޖާގެ ހާލު ބަލަން އަރްޖުން ހޮސްޕިޓަލަށް