Roadha Mihaaru
އީދު ދުވަހު ހެންވޭރު ދަނޑުގައި ކުޑަކުދިންގެ ފެސްޓިވަލް

އީދު ދުވަހު ހެންވޭރު ދަނޑުގައި ކުޑަކުދިންގެ ކުޅިވަރު ފެސްޓިވަލެއް

12 ޖޫން 2018

ކުޑަކުދިންނަށް ހާއްސަ ކޮށްގެން ކުޅިވަރުގެ ތަފާތު ހަރަކާތްތަކެއް ހިމެނޭ އީދު ފެސްޓިވަލެއް އަންނަ ފިތުރު އީދު ދުވަހު ހެންވޭރު ދަނޑުގައި ބާއްވަން އެން-ރޭންޖުން ތައްޔާރުވެއްޖެ އެވެ.

ކުޑަކުދިންނަށް ހާއްސަ ކޮށްގެން ކުޅިވަރުގެ ތަފާތު ހަރަކާތްތަކެއް ހިމެނޭ އީދު ފެސްޓިވަލެއް އަންނަ ފިތުރު އީދު ދުވަހު ހެންވޭރު ދަނޑުގައި ބާއްވަން އެން-ރޭންޖުން ތައްޔާރުވެއްޖެ އެވެ.

"ލިޔެލާ ރިޓްރީޓް އީދު ފެސްޓިވަލް"ގެ ނަމުގައި ބާއްވާ މި އިވެންޓު ފަށާނީ އީދު ހަދިޔާ ދިނުމުގެ ހަރަކާތަކުންނެވެ. އެ ގޮތުން އީދު ނަމާދުގެ ކުރިން ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހެންވޭރު ދަނޑުން މުސައްލަ ބަހާނެ އެވެ.

ތޭރަ އަހަރުން ދަށަށް ހާއްސަކޮށްގެން ބާއްވާ ކުޅިވަރު ހަރަކާތްތައް ފަށާނީ އީދު ނަމާދަށް ފަހު ހެނދުނު 8:30 ގަ އެވެ. ފުރަތަމަ އޮންނާނީ ފެންބަޑިން ފެންކުޅި ކުޅުމުގެ "ވޯޓާ ގަން ފަން" އެވެ. ހަރަކާތުގައި ބައިވެރިވާން އަންނަން ޖެހޭނީ ފެން ބަޑި ހިފައިގެންނެވެ. އަދި ފެން ބަޑި އެ ތަނުން ވެސް ގަންނަން ލިބޭނެ އެވެ.

"ފެން ޖެހުމަކީ ޒަމާނުއްސުރެ އީދުގައި އޮންނަ އޮންނަ މަޖާކަމެއް. އެ ކަމުގައި ކުޑަކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ދިނުން ބޭނުމަކީ. އެކަމަކު މި ފެސްޓިވަލުގައި ފެން ޖެހޭނީ ހަމައެކަނި ފެން ބަޑި ބޭނުންކޮށްގެން،" އެން-ރޭންޖުގެ ފަރާތުން ނާޒިޔާ މުހައްމަދު (ނާނު) ބުންޏެވެ.

ހެންވޭރު ދަނޑުގައި ވަރަށް ފަހު ބޭއްވި ނާފް ފެސްޓިވަލުގެ ތެރެއިން.

ހެންވޭރު ދަނޑުގައި ވަރަށް ފަހު ބޭއްވި ނާފް ފެސްޓިވަލުގެ ތެރެއިން.

ފެންކުޅި އަށް ފަހު މެންދުރަށް މެދުކަނޑާލުމަށް ފަހު ދެން ކުޅިވަރުތައް އޮންނާނީ މެންދުރު ފަހު 2:00 އިން 6:00 އަށެވެ. އެ ގަޑީގައި އޮންނާނީ ކުޅޭކުޅޭ ބަޑި ބޭނުންކޮށްގެން ކުޅޭ "ނާފް ބެޓްލް ފެސްޓިވަލް" އެކެވެ. މި ހަރަކާތުގައި ވެސް ބައިވެރިވެވޭނީ ނާފް ގަން ހިފައިގެން އައުމުންނެެވެ. އެކަމަކު ނާފް ބުލެޓްސް އާއި ސޭފްޓީ އައިނު ހިލޭ ދޫކުރާނެ އެވެ.

މި ދެ ހަރަކާތުގެ އިތުރުން ކުޑަކުދިންނަށް ބައިވެރިވެވޭ ގޮތަށް ވޯޓާ ސްލައިޑްސް އާއި ބައުންސީ ކާސަލް ފަދަ ކުޑަކުދިން ގަޔާވާނެ ވަރަށް ގިނަ އެހެން ކަންކަން ވެސް ކުރި އަށް ދާނެ އެވެ. ކާޓުން ކެރެކްޓާސްތައް ވެސް ތިބޭ އިރު، ކުޑަކުދިންނަށް ތަފާތު ހަދިޔާތައް ވެސް ލިބޭނެ އެވެ. މީގެ އިތުރުން ފުޑް ސްޓޯލްތައް ވެސް ފެސްޓިވަލަށް މޯލްޑިވިއަން އައިޑަލްގެ ތިން ސީޒަނުގެ ބައިވެރިން ޒިޔާރަތްކޮށް އެ ފަންނާނުންނާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު އޮންނާނެ އެވެ.

"ހުރިހާ ކުޅިވަރު ހަރަކާތެއްގައި ވެސް ހިލޭ ބައިވެރިވޭނެ. ކުޑަކުދިންނަށް ހާއްސަކޮށްފައިވީ ނަމަވެސް މިއީ އާއިލާ އެންމެން އައިސް އީދުގެ އުފަލުގައި ބައިވެރިވެލަން ހުޅުވާލާ ފުރުސަތެއް."

މި ފެސްޓިވަލް ސްޕޮންސާ ކޮށްފައިވަނީ މާފުށީގައި މުޅިން އަލަށް ހުޅުވާ ގެސްޓް ހައުސްއެއް ކަމަށްވާ "ލިޔެލާ ރިޓްރިޓް" އިންނެވެ. ކޯ ސްޕޮންސަރުންނަކީ މޯލްޑިވްސް ގޭސް އާއި އެސްޓީއޯ އަދި ގިފްޓް އޮފް ލަވް އެވެ. މީޑިއާ ޕާޓްނަރަކީ ޕީއެސްއެމް އެވެ.