27 ޖުލައި 2016
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ ދެވަނަ ރަންވޭގެ ބިން ހިއްކުމުގެ މަސައްކަތުގެ ސަބްކޮންޓްރެކްޓަރަކަށް ޔޫއޭއީގެ ގަލްފް ކޮބްލާ ހަމަޖައްސައި، އެ މަސައްކަތް އެ ކުންފުނިން ފަށައިފި އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ ދެވަނަ ރަންވޭގެ ބިން ހިއްކުމުގެ މަސައްކަތުގެ ސަބްކޮންޓްރެކްޓަރަކަށް ޔޫއޭއީގެ ގަލްފް ކޮބްލާ ހަމަޖައްސައި، އެ މަސައްކަތް އެ ކުންފުނިން ފަށައިފި އެވެ.
އައިއެންއައިއޭގެ ދެވަނަ ރަންވޭގެ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް ހަވާލުކުރީ ގަލްފް ކޮބްލާގެ ރާއްޖޭގެ ސަބްސިޑިއަރީ ކުންފުންޏެވެ. ނަމަވެސް އެ މަސައްކަތް ހަވާލުކުރި އަގެއް ހާމަކޮށްފައެއްނުވެ އެވެ.
ގަލްފް ކޮބްލާއިން ރާއްޖޭގެ ބައެއް ރަށްރަށުގެ ބިން ހިއްކުމުގެ މަސައްކަތްކޮށްފައިވެ އެވެ. އެގޮތުން ތިމަރަފުށީ އެއާޕޯޓް އަޅާ ސަރަހައްދުގެ ބިމާއި އައިއެންއައިއޭގައި ޖީއެމްއާރުން ދެވަނަ ޓާމިނަލް އަޅަން ނިންމި ސަރަހައްދުގެ ބިން ވެސް އެ ކުންފުނިން ހިއްކާފައިވެ އެވެ.
އެއާޕޯޓުގެ ދެވަނަ ރަންވޭ ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހަވާލުކޮށްފައިވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ އެވެ. އެ ކުންފުނިން ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ ހޯމަ ދުވަހު އެވެ.
އެއާޕޯޓުގެ ދެވަނަ ރަންވޭގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ގޮތުން ޑްރެޖަރުން ވެލި ފޮނުވަނީ. މި މަސައްކަތް ފަސް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
ގަލްފް ކޮބްލާއާ ހަވާލާދީ ޑްރެޖިން ޓުޑޭ ވެބްސައިޓްގައި ބުނެފައި ވަނީ ރަންވޭ އަޅަން ބިން ހިއްކަން ހަމަޖައްސާފައިވާ ސަރަހައްދަށް ހަތަރު މިލިއަން ކޮޑި މީޓަރުގެ ވެލި އަޅަން ޖެހޭ ކަމަށެވެ. އަދި ރަންވޭ ހިއްކަން ވެލި ނަގާ ސަރައްދުން 2012 ވަނަ އަހަރު ވެސް، އެއާޕޯޓުގެ ބިން ހިއްކުމުގެ މަޝްރޫއުއަށް ދެ މިލިއަން ކޮޑި މީޓަރުގެ ވެލި ނަގާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ގަލްފް ކޮބްލާ އިން ބުނެފައި ވަނީ އެއާޕޯޓުގެ ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރަނީ އެ ކުންފުނީގެ ކަޓާ ސަކްޝަން ޑްރެޖަރެއް ކަމަށެވެ. އަދި އެ މަސައްކަތް އަވަސްކުރަން ކުރިޔަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އިތުރު ޑްރެޖަރެއް ޔުނައިޓެޑް އެރެބް އެމިރޭޓްސް އިން ގެންނަން ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ޑްރެޖިން ވެބްސައިޓްގައި ބުނެފައި ވަނީ ރަންވޭ އަޅާ ސަރަހައްދުގެ ބިން ހިއްކުމުގެ އިތުރުން އެ ސަރަހައްދުގެ ތޮށިލުމާއި ޝީޓްޕަައިލްކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރަން ނިންމާފައިވާ ކަމަށެވެ.
އެމްއޭސީއެލް އިން ބުނީ ގާތްގަނޑަކަށް ފަސް މަސް ދުވަހުގެ ތެރޭގައި އެތަނުގެ ބިން ހިއްކާ ނިމޭއިރު އެއާޕޯޓުގެ ބިމަށް ގާތްގަނޑަކަށް 30 ޕަސެންޓް ނުވަތަ 62 ހެކްޓަރު އިތުރުވެގެންދާނެ ކަމަށެވެ.
އެއާޕޯޓްގެ ދެވަނަ ރަންވޭ ތަރައްގީކުރުމުގެ 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) ގެ މަޝްރޫއުގެ ދަށުން ހަދަނީ 3،400 މީޓަރު ދިގު 60 މީޓަރު ފުޅާ ރަންވޭއެކެވެ. އަދި 120،000 ޓަނުގެ ކާގޯ ޓާމިނަލަކާއި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލްފާމެއް ހެދުން ވެސް ހިމެނެ އެވެ.
ހުޅުލޭ ބިމުގެ %30 ނިމިއްޖެ، ދެ ޑްރެޖަރު ގެންނަނީ
އެއާޕޯޓުގެ ތަރައްގީ އަށް އޯޕެކުން 50 މިލިއަން ޑޮލަރު
އާ ރަންވޭ އަޅަން އަންނަ މަހު ހިއްކަން ފަށަނީ
ފައިސާ ހޯދަން ޖީއެމްއާރަށް ދެން ދައުވާއެއް ނުކުރެވޭނެ
އާ ރަންވޭގެ މަސައްކަތް ތާވަލާ އެއްގޮތަށް ދަނީ ކުރިއަށް
ކާބޯތަކެތި ވިއްކާ ހަ ޗެއިނަކަށް އެއާޕޯޓުން ޖާގަ ދެނީ
އާ އަހަރަށް ރެކޯޑް އަދަދަކަށް މުއްސަނދިން ރާއްޖެ އަށް
ސީޕްލޭން ޓާމިނަލްގެ ބިން ހިއްކަން އަންނަ މަހު ފަށަނީ
އާ ރަންވޭގެ ބިން ހިއްކުުން ފެބްރުއަރީގަ ނިމޭނެ: އާދިލް
އާ ޓާމިނަލްގެ ޑިޒަައިންގެ ބޮޑު ބައި ނިންމައިފި