16 ޖޫން 2016
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ އާ ރަންވޭ އަޅަން ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ އާ ރަންވޭ އަޅަން ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.
މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ "މިހާރު" އާ ވާހަކަދައްކަވަމުން ވިދާޅުވީ އާ ރަންވޭ އަޅަން ހަވާލުކޮށްފައިވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)ން ބިން ހިއްކަން ޑްރެޖަރެއް ގެނެސްފައިވާ ކަމަށެވެ. އަދި އިތުރު ޑްރެޖަރެއް ވެސް ގެންނަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ބަލަނީ ހިއްކުމުގެ މަސައްކަތް ފަސް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް. އަދި މުޅި ޕްރޮޖެކް 2018 ވަނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ،" އާދިލް ވިދާޅުވި އެވެ.
އެއާޕޯޓްގެ ދެވަނަ ރަންވޭގެ މަޝްރޫއުގައި ހަދަނީ 3،400 މީޓަރު ދިގު 60 މީޓަރު ފުޅާ ރަންވޭއެކެވެ. އަދި 120،000 ޓަނުގެ ކާގޯ ޓާމިނަލަކާއި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލްފާމެއް ހެދުން ވެސް ހިމެނެ އެވެ.
އަޅުގަނޑުމެން މި ބަލަނީ ހިއްކުމުގެ މަސައްކަތް ފަސް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް. އަދި މުޅި ޕްރޮޖެކް 2018 ވަނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ، އާދިލް
އޭނާ ވިދާޅުވީ 373 މިލިއަން ޑޮލަރުގެ މަޝްރޫއުގެ ދަށުން ދެވަނަ ރަންވޭ އާއި ފިއުލް ފާމް އަދި ކާގޯ ބިލްޑިންގެ މަސައްކަތް ފަށަން ކޮންޓްރެކްޓަރުން ތިބެން ވަގުތީ ތަންތަން ހެދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
ސައުދީ އެއާލައިންގެ މަތިންދާބޯޓެއް ޖައްސަނީ: އާ ރަންވޭ ހެދުމުގެ މަސައްކަތް އަންނަ މަހު ފަށާނެ: ފޮޓޯ: އެމްއޭސީއެލް
"ރަންވޭ ޕްރޮޖެކްޓާއި އާ ޓާމިނަލް އެޅުމުގެ މަސައްކަތް ވެސް އެކުއެކީގައި ކުރިޔަށް ދާނީ. އެ ޕްރޮޖެކްޓްގެ ދަށުން ޓާމިނަލްގެ ޑީޓެއިލް ޑިޒައިން ތައްޔާރުކުރުމުގެ މަސައްކަތް ފްރެންޗް ބަޔަކާ ހަވާލުކޮށްގެން ކުރިޔަށް އެބަ ދޭ،" އާދިލް ވިދާޅުވި އެވެ.
އެމްއޭސީއެލް އިން ބުނީ ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ 300 މިލިއަން ޑޮލަރުގެ މަޝްރޫއުގެ ދަށުން އަހަރަކު ހަތް މިލިއަން ޕެސެންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް 2018 ވަނަ އަހަރު ނިމޭނެ ކަމަށެވެ.
"އެ މަސައްކަތަށް ބޭނުންވާ ހުރިހާ ފައިސާއެއް ވެސް ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވޭ. އެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އުއްމީދުކުރެވޭ،" މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.
ހުޅުލޭ ބިމުގެ %30 ނިމިއްޖެ، ދެ ޑްރެޖަރު ގެންނަނީ
އެއާޕޯޓުގެ ތަރައްގީ އަށް އޯޕެކުން 50 މިލިއަން ޑޮލަރު
ރަންވޭ ހިއްކުމުގެ ސަބް ކޮންޓްރެކްޓަރަކަށް ގަލްފް ކޮބްލާ
ފައިސާ ހޯދަން ޖީއެމްއާރަށް ދެން ދައުވާއެއް ނުކުރެވޭނެ
އާ ރަންވޭގެ މަސައްކަތް ތާވަލާ އެއްގޮތަށް ދަނީ ކުރިއަށް
ކާބޯތަކެތި ވިއްކާ ހަ ޗެއިނަކަށް އެއާޕޯޓުން ޖާގަ ދެނީ
އާ އަހަރަށް ރެކޯޑް އަދަދަކަށް މުއްސަނދިން ރާއްޖެ އަށް
ސީޕްލޭން ޓާމިނަލްގެ ބިން ހިއްކަން އަންނަ މަހު ފަށަނީ
އާ ރަންވޭގެ ބިން ހިއްކުުން ފެބްރުއަރީގަ ނިމޭނެ: އާދިލް
އާ ޓާމިނަލްގެ ޑިޒަައިންގެ ބޮޑު ބައި ނިންމައިފި