09 ޖޫން 2018
އދ. ގެ ސަލާމަތީ މަޖިލީހުގެ މެމްބަރު ކަން ރާއްޖެ އަށް ހޯދައި ދިނުމަށް އިންޑިއާގެ ތާއީދު ލިބުނު ކަމަށް ރާއްޖެ އިން އެ ގައުމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އދ. ގެ ސަލާމަތީ މަޖިލީހުގެ މެމްބަރު ކަން ރާއްޖެ އަށް ހޯދައި ދިނުމަށް އިންޑިއާގެ ތާއީދު ލިބުނު ކަމަށް ރާއްޖެ އިން އެ ގައުމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އދ. ގެ އެންމެ ވާދަވެރި އަދި އެންމެ ބާރު ގަދަ ގުނަވަން ކަމަށްވާ ސަލާމަތީ މަޖިލީހަށް ދެ އަހަރުގެ ދައުރަކަށް މެމްބަރުން ހޮވުމަށް އިއްޔެ ނެގި ވޯޓުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގޮނޑި ރާއްޖެއާ ވާދަކޮށް އިންޑޮނީޝިއާ އިން ކާމިޔާބުކުރީ ބޮޑު ތަފާތަކުންނެވެ. އދ. ގެ ޖެނެރަލް އެސެމްބްލީގައި ނެގި ވޯޓުގައި އިންޑޮނީޝިއާ އަށް 144 ވޯޓު ލިބުނުއިރު، ރާއްޖެއަށް ލިބުނީ 46 ވޯޓެވެ. އެ ވޯޓަކީ ސިއްރު ވޯޓެއް ކަމަށް ވާތީ ރާއްޖެއަށް ވޯޓު ދިނީ ކޮން ގައުމުތަކަކުން ކަމެއް ނޭނގެ އެވެ.
އެ ވޯޓަށް ފަހު، ސަފީރު އަހުމަދު ކުރެއްވި ޓްވީޓެއްގައި ވަނީ ސަލާމަތީ މަޖިލީހުގެ މެމްބަރުކަން ރާއްޖެ އަށް ހޯދައިދޭން އިންޑިއާއިން ކުރި ތާއީދުގެ އަގު ރާއްޖެ އިން ވަޒަން ކުރާ ކަމަށެވެ. އަދި އެކަމުގައި އިންޑިއާގެ ތާއީދު ލިބޭނެ ކަން މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާ އިން ލިޔުމަކުން ވެސް ކަށަވަރު ކޮށްދިން ކަމަށް ސަފީރުގެ ޓްވީޓްގައިވެ އެވެ.
The #Maldives highly appreciates the support by #India for our #UNSC candidature. We received reassurances in writing on 7 June 2018 as well.
— Ahmed Mohamed (@ahmedMDV) June 8, 2018
सहयोग के लिए धन्यवाद @MDVForeign @MDVinIND
ސަފީރު އަހުުމަދުގެ ޓްވީޓް
ސަފީރު އެގޮތަށް ވިދާޅުވިއިރު، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ދާދިފަހުން އިންޑިއާ އަށް ވަޑައިގަތުމުން އެ ގައުމަށް ނާރުވާ އަނބުރާ ފޮނުވާލި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އެ މައްސަލާގައި، އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ވެސް ހާޒިރުކުރި އެވެ.
ސަލާމަތީ މަޖިލީހުގެ މެމްބަރު ކަން ރާއްޖެ އަށް ހޯދައި ދިނުމަށް އިންޑިއާގެ ތާއީދު ލިބޭނެ ކަމުގެ ވައުދަކީ މީގެ 10 އަހަރު ކުރިން އިންޑިއާ އިން ރާއްޖެ އަަށް ދީފައި އޮތް ޔަގީން ކަމެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅު ރާއްޖެއިން އެކަމުގައި އިންޑިއާގެ އެހީއަށް އެދުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދުގެ ނަޝީދުގެ ވެރިކަމުގަ އާއި ރައީސް އަބްދުﷲ ޔާމީން 2014 ގައި އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ވެސް އިންޑިއާ އިން އެ ޔަގީންކަން ދިނެވެ.
އޭރު ރާއްޖެ އިން އޮތީ ސަލާމަތީ މަޖިލީހުގެ 2021 ވަނަ އަހަރުން ފެށިގެން އިން ފެށިގެން 2022 ވަނަ އަހަރުގެ ގެ ނިޔަލަށް ހޮވާ މެމްބަރު ކަމަށް އިންޑިއާ ހޮވުމަށް ރާއްޖެ އިން ތާއީދު ކުރާނެ ކަމުގެ ޔަގީންކަން ވެސް އިންޑިއާ އަށް ދީފަ އެވެ.
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ މެމްބަރު ކަމަށް އިންޑިއާ މީހަކު އައްޔަން ކުރަން އދ. ގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ނެގި ވޯޓުގައި އިންޑިއާއިން ނޮމިނޭޓްކުރި ކެންޑިޑޭޓަށް އިންޑޮނީޝިއާ އިން ތާއީދުކުރި ކަމަށް އިންޑިއާގެ މީޑިއާތައް ބުނެ އެވެ. އަދި އޭގެފަހުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް މިއަހަރުގެ ކުރީކޮޅު އިންޑޮނީޝިއާ އަށް ކުރެއްވި ދަތުރުގައި، ސަލާމަތީ މަޖިލީހުގެ ގޮނޑި އިންޑޮނީޝިއާ އިން ކާމިޔާބު ކުރުމަށް އިންޑިއާގެ ތާއީދު ލިބޭތީ އެކަމަށްޓަކައި ސުޝްމާ އަށް އިންޑޮނީޝިއާ އިން ޝުކުރު އަދާކުރި ކަމަށް އިންޑިއާގެ މީޑިިއާތައް ބުނެ އެވެ. އެކަމަކު އެ ދެ ގައުމުން ވެސް އެކަން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.
ޝާހިދުގެ ދަތުރުގައި އެއްބަސްވުންތަކެއްގައި ސޮއިކުރަނީ
ސެކިއުރިޓީކައުންސިލަށް އިންޑިއާ ގެންނަން ރާއްޖޭގެ ތާއީދު
އދ.ވޯޓުގައި ރާއްޖެއާ ދެކޮޅަށް އިންޑިޔާ ކެމްޕޭން ކުރި
ގޮނޑި ކާމިޔާބު ނުވުމުން ޝަހީދުގެ ޚިޔާލު ވަރަށް ތަފާތު
އިންޑިއާއަށް އަޒީމާ، ސައުދީ އަށް ސަރީރު އައްޔަންކޮށްފި
ސަފީރުކަމަށް އަޒީމާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
އިންޑިއާގެ އާ ސަފީރަކަށް އަޒީމާ އައްޔަން ކުރަނީ
ފޮރިން މިނިސްޓަރު ޒަމީރު އިންޑިއާއަށް ފުރާވަޑައިގެންފި
ފޮރިން މިނިސްޓަރު ޒަމީރު އަންނަ ހަފުތާގައި އިންޑިއާއަށް
ރާއްޖެއަކީ އެންމެ އިސްކަން ދޭނެ ގައުމު: ޖައިޝަންކަރު