އިރާގަށް ސާފު ބޯފެން ލިއްބައިދޭ އެންމެ މުހިންމު ވަސީލަތް ކަމަށްވާ ފުރާތު ކޯރާއި ދިޖުލަތު ކޯރުގެ ތެރެއިން ދިޖުލަތު ކޯރުގެ ފެންގަނޑު އާދަޔާ ޚިލާފަށް ހިނދެމުން ދާތީ، އިރާގު ފެނަށް ޖެހިދާނެ ކަމުގެ ބިރު ހީވާން ފަށައިފި އެވެ.
އިރާގަށް ސާފު ބޯފެން ލިއްބައިދޭ އެންމެ މުހިންމު ވަސީލަތް ކަމަށްވާ ފުރާތު ކޯރާއި ދިޖުލަތު ކޯރުގެ ތެރެއިން ދިޖުލަތު ކޯރުގެ ފެންގަނޑު އާދަޔާ ޚިލާފަށް ހިނދެމުން ދާތީ، އިރާގު ފެނަށް ޖެހިދާނެ ކަމުގެ ބިރު ހީވާން ފަށައިފި އެވެ.
އިރާގުގައި ބޭނުންކުރާ ފެނުގެ ގާތްގަނޑަކަށް 70 ޕަސެންޓަކީ ފުރާތު ކޯރާއި ދިޖުލަތު ކޯރުގެ ފެނެވެ. މި ދެ ކޯރު ވެސް އިރާގާ ހަމައަށް އައިސްފައި އޮންނަނީ ތުރުކީ ވިލާތުގެ ތެރެއިން ލައިގެންނެވެ.
އެހެންކަމުން އިރާގަށް މިހާރު ކުރިމަތިވެފައިވާ ފެނުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ތުރުކީ ވިލާތުން މިހާރު ވަނީ ދިޖުލަތު ކޯރުގައި ހަދާފައިވާ ޑޭމް ވެސް، ފެން ބަންދު ނުވާނޭ ހެން ހުޅުވާލައިފަ އެވެ. ތުރުކީ ވިލާތަށް ބޭނުންވާ ކަރަންޓުގެ ވަކި މިންވަރެއް އުފައްދަނީ ދިޖުލަތު ކޯރުގައި ހަދާފައިވާ 22 ޑޭމްގެ ޒަރީއާއިންނެވެ.
އެ ޑޭމްތަކުގައި ގާއިމުކޮށްފައިވާ ޕްލާންޓަކުން ކަރަންޓު އުފައްދަނީ، ޑޭމްތަކުގައި ފެންގަނޑު ހިފެހެއްޓުމަށްފަހު، ކޮންޓްރޯލް ކޮށްގެން ފެންގަނޑު ދޫކުރުމުން އުފެދޭ އޮއިވަރުގެ ޒަރީއާ އިން ޖަނަރޭޓަރުތައް ހިންގައިގެންނެވެ.
އިރާގުގައި ހުންނަވާ ތުރުކީ ވިލާތުގެ ސަފީރު ފާތިހް ޔިލްދީޒް ވިދާޅުވި ގޮތުގައި، ޑޭމްތަކުގައި މިހާރު އެންމެ ފެން ތިއްކެއް ވެސް ނުހިފެހެއްޓޭނެ ގޮތަށް ޑޭމްތައް ވާނީ ހުޅުވާލައިފަ އެވެ. އަދި މިއީ އިރާގު ރައްޔިތުންނަށް ކުރިމަތިވެފައިވާ ފެނުގެ ދަތިކަން ހައްލު ކޮށްދިނުމަށްޓަކައި ތުރުކީ ވިލާތުން ވާ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތިމާވެށި ދިރާސާކުރާ ތަޖުރިބާކާރުން ބުނާ ގޮތުގައި ވެއަތުވެ ދިޔަ ތިރީހަކަށް އަހަރުގެ ތެރޭގައި ދިޖުލަތު ކޯރުގެ ފެންގަނޑުން ގާތްގަނޑަކަށް 40 ޕަސެންޓް ވަނީ ހިނދިފަ އެވެ. މީގެ ކުރިން ދެތިން މީހުންގެ އިސްކޮޅު ހުންނަ ސަރަހައްދުތަކުގައި މިހާރު ހިނގާލާފައި ކޯރު ހުރަސްކޮށްލެވޭ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
އިރާގަށް ބޭނުންވާ ސާފު ބޯފެނުގެ އިތުރުން، ކަރަންޓު އުފެއްދުމުގައި ވެސް ދިޖުލަތު ކޯރުގެ މުހިންމުކަން އިރާގަށް ވަރަށް ބޮޑެވެ. ފެންގަނޑު ހިނދެމުން ދާތީ ބައެއް ސަރަހައްދުތަކުގައި ޑޭމްތައް މަސައްކަތް ނުކުރާ ކަމަށް އިރާގު ސަރުކާރުން ބުނެ އެވެ.
އޭގެ އިތުރުން އިރާގުގެ ދަނޑުވެރިކަމުގައި ވެސް ދިޖުލަތު ކޯރުގެ ހިއްސާ ވަރަށް ބޮޑެވެ. ނަމަވެސް މި ދުވަސްވަރު ދަނޑުގޮވާން ކުރުމުގައި ވެސް ވަރަށް ބޮޑަށް ދަތިކަން ފޯރާފައިވާތީއާ އެކު، ދިޖުލަތު ކޯރުގެ ފެންގަނޑު ހިނދޭ މައްސަލަ އާއި ފެނުގެ މައްސަލަ ހައްލުކުރުމާ ބެހޭ ބަހުސްތައް އިރާގުގެ ގާނޫނު ހަދާ މަޖިލީހުގައި މިހާރު ވަނީ ފެށިފަ އެވެ.
އިރާގުގައި ހޮހޮޅައަކަށް ވަން ސިފައިންތަކެއް މަރުވެއްޖެ
ދުނިޔޭގެ އެހީ ސީރިޔާ އާއި ތުރުކީ އަށް
ސީރިޔާއިން ފޭބުމަށް ތުރުކީން ޝަރުތުތަކެއް
ސީރިޔާ އާއި އިރާގުގެ ހަމަލާތައް އަދި އޮތީ ކުރިއަށް
ކުރުދީ އަމާޒުތަކަށް ހަމަލާ ދޭން ޖެހިދާނެ: އުރްދުޣާން
އައިއެސްއާ ގުޅުނު 15 އަންހެނަކު ދަންޖައްސަން ހުކުމްކޮށްފި
އައިއެސް ބަލިކޮށްފަ ކުރުދީންގެ ހަތިޔާރުތައް އަތުލާނެ
ގަތަރަށް ކާނާ އާއި ފެން ފޯރުކޮށްދޭން މަޝްވަރާ ކުރަނީ
ތުރުކީ ސިފައިން އިރާގުން ފޭބުމަށް ގޮވާލައިފި
ތުރުކީ-އެމެރިކާގެ އަސްކަރީ ވެރިން މަޝްވަރާ ކުރައްވައިފި