ސަރަހައްދީ ރޮނގު ކައިރީގައި ފަލަސްތީނުން ކުރިއަށް ގެންދާ މުޒާހަރާތަކަށް ދަރުއަޅައި އަންދާ ބަޔަކީ އީރާނު ކަމަށް ބުނެ ހަމަނުޖެހުންތަކުގެ ޒިންމާ އިޒްރޭލުން އިއްޔެ އީރާނުގެ ބޮލުގައި އަޅުވައިފި އެވެ.
09 ޖޫން 2018
ސަރަހައްދީ ރޮނގު ކައިރީގައި ފަލަސްތީނުން ކުރިއަށް ގެންދާ މުޒާހަރާތަކަށް ދަރުއަޅައި އަންދާ ބަޔަކީ އީރާނު ކަމަށް ބުނެ ހަމަނުޖެހުންތަކުގެ ޒިންމާ އިޒްރޭލުން އިއްޔެ އީރާނުގެ ބޮލުގައި އަޅުވައިފި އެވެ.
އީރާނުގައި ފާހަގަކުރަމުން އަންނަ 'އަލް ގުދުސް' ދުވަހާ ދިމާކޮށް އިޒްރޭލުގެ މިފަދަ ތުހުމަތުތަކެއް އައިސްފައި މި ވަނީ ފަލަސްތީނުގެ ރައްޔިތުންނާ ކުރިމަތިލައި، އަނިޔާކޮށް، ހަމަނުޖެހުން ހިންގުމަކީ އިޒްރޭލުން އެއްގޮތަކަށް ވެސް ބޭނުންވާ ކަމެއް ނޫން ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވިތާ އެއް ދުވަސް ފަހުންނެވެ.
ނަތަންޔާހޫ މިވަގުތު އަވަދިނެތި އުޅުއްވަނީ އީރާނުގެ ނިއުކުލިއާ މަޝްރޫއާ ދެކޮޅަށް ތާއީދު ހޯއްދެވުމަށް ވިލާތުގެ ބައެއް ގައުމުތަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގަ އެވެ.
ބެންޖަމިން ނަތަންޔާހޫ: "ބޭނުން ވަރަކަށް އިހުތިޖާޖު ކުރަންވީ އެކަމަކު ހަމަނުޖެހުމަށް ފުރުސަތެއް ނުދޭނަން" - ފޮޓޯ: އޭއެފްޕީ
އަމިއްލަ ސަލާމަތް ބޭނުން ނަމަ ސަރަހައްދީ ރޮނގާ ގާތް ނުވުމަށާއި ހަމާސް ޖަމާއަތުން ހިންގާ ހަރަކާތްތަކުގައި ބައިވެރި ނުވުމަށް ގޮވާލައި ބުރާސްފަތި ދުވަހު އިޒްރޭލުގެ ހެލިކޮޕްޓަރުތަކުން ގާޒާ ބޯޑަރު ކައިރިއަށް ލިޔުންތަކެއް އަޅައިފައި ވަނިކޮށް މި ހުކުރުގައި ފަލަސްތީނުން ވަނީ އިހުތިޖާޖު އިތުރަށް ވަރުގަދަކޮށްފަ އެވެ.
މިދިޔަ މޭ މަހު އެމެރިކާގެ އެންބަސީ ގުދުސަށް ބަދަލުކުރުމާ ގުޅިގެން ފަލަސްތީނުން އިހުތިޖާޖުތައް އިތުރުކުރި ފަހުން، އިޒްރޭލުން ހިންގި އުދުވާނުތަކުގައި މިއަދާ ހަމައަށް ފަލަސްތީނުގެ 123 އަށް ވުރެ ގިނަ މުސްލިމުން ވަނީ ޝަހީދުކޮށްލައިފަ އެވެ.
މީގެ ކުރީ ފަހަރުތަކެކޭ އެއްފަދައިން މިފަހަރު ވެސް އިޒްރޭލުން އިހުތިޖާޖުތައް މައިތިރިކުރަން ކަމަށް ބުނެ ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރަމުން ދާތީ، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ކަންބޮޑުވުންތައް މައިތިރިކުރަން އިޒުރޭލުން އަންނަނީ އަމިއްލަ ދިފާއުގައި ވާހަކަ ދައްކަމުންނެވެ.
"އަމިއްލަ ދިފާއު" އަކީ އިޒްރޭލުން ހިންގާ ލާއިންސާނީ ޖަރީމާތައް ހުއްދަކުރަން އެންމެ އާންމުކޮށް އެ ގައުމުން ބޭނުންކުރާ ބަހަނާ އެވެ.
އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު މެދުއިރުމައްޗަށް
ހަމަލާތަކުން ގާޒާގެ 10،000 މީހުން މަގުމަތިވެއްޖެ
ހަމާސްގެ ޖަވާބު އެމެރިކާއަށް ކަމަކުނުދިޔަ
މުޅި ޣައްޒާ އިޒްރޭލުގެ ބާރުގެ ދަށަށް ގެންދަނީ
ޣައްޒާގައި ކުޑަކުދިންނާއެކު 33 މީހަކު ޝަހީދުކޮށްލައިފި
ޣައްޒާގައި މިއަދުވެސް 70 އަށްވުރެ ގިނަ މީހުން ޝަހީދު
ނަކްބާ ދުވަހު ޣައްޒާގައި 143 މީހަކު ޝަހީދުކޮށްފި
ޣައްޒާގައި 80 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްފި
ހަމާސް އިން އެމެރިކާ-އިޒްރޭލު މީހާ މިނިވަންކޮށްފި
އިޒްރޭލާ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް: ހަމާސް