06 ޖޫން 2018
މިދިޔަ ހަފުތާ ނިމިގެން ދިޔައީ، ޑިވެލޮޕަރުންނާއި ސޮފްޓުވެއާ އުފައްދާ ކުންފުނިތަކުގެ މެދުގައި މަގުބޫލު ޖަގަހައެއް ކަމަށްވާ ގިޓްހަބު ގަތުމަށް މައިކްރޮސޮފްޓުން ފާރަލަމުން އަންނަ ކަމުގެ އަޑުތަކާ އެކު އެވެ.
މިދިޔަ ހަފުތާ ނިމިގެން ދިޔައީ، ޑިވެލޮޕަރުންނާއި ސޮފްޓުވެއާ އުފައްދާ ކުންފުނިތަކުގެ މެދުގައި މަގުބޫލު ޖަގަހައެއް ކަމަށްވާ ގިޓްހަބު ގަތުމަށް މައިކްރޮސޮފްޓުން ފާރަލަމުން އަންނަ ކަމުގެ އަޑުތަކާ އެކު އެވެ.
މި ހަފުތާ ފެށުނު އިރު މި އޮތީ އަޑު އައި ދިމާގައި ރަނގަޅަށް ރެނދުވެސް ލައިފައެވެ. ގިޓްހަބު ގަތުމުގެ އެެއްބަސްވުން 7.5 ބިލިއަން ޑޮލަރަށް ކޮޅެއްގައި ޖެހުނުކަން މައިކްރޮސޮފްޓުގެ ސީއީއޯ ސަތިޔަ ނަޑެއްލާ މި ވަނީ އިއުލާނުކުރައްވައިފަ އެވެ.
މި ހަބަރާއެކު ޑިވެލޮޕަރުންނާއި ގިޓްހަބާ ދޯޅު ބައެއް ކުންފުނިތަކުން ކޮޅުކޮޅަށް ދުއްވައިގަންނާކަށް މާ ގިނަ އިރެއް ނުނެގި އެވެ. އެއް ބަޔަކު އަވަދިނެތި އުޅުނީ ދެން ވާނީ ކިހިނެއްތޯ ބެލުމަށް ފެށުނު ބަހުސް ތަކުގެ ތެރޭގަ އެވެ. އަނެއް ބަޔަކު ބެލީ ގިޓްހަބުގައި ހަޒާނާކޮށްފައި ހުރި ކޯޑުތައް ލާނެ ރަނގަޅު އެހެން ދިމާއެއް ފެނޭތޯ އެވެ.
ގިޓްހަބަކީ ސޮފްޓްވެއާ ޑިވެލޮޕަރުން ލިޔެ ފައްކާކުރާ ކޯޑުތައް އެހެން ޑިވެލޮޕަރުންނާ ހިއްސާކޮށް، ގުޅިފައިވާ ވިއުގައެއްގެ ތެރެއިން ކޯޑުތަކާއި އެޕްލިކޭޝަންތައް ތަރައްގީކުރުމަށް ހާއްސަ މިނިވަން މާހައުލެކެވެ. ވުމާއެކު، މައިކްރޮސޮފްޓްގެ މި ނިންމުމަކީ ގިނަ ޑިވެލޮޕަރުންނަށް އަތް އުރާލައިގެން ތިބެވޭވަރުގެ ކަމަކަށް ނުވީ އެވެ.
ސަބަބެއް ކަމަށް އެވެރިން ބުނަނީ މައިކްރޮސޮފްޓަކީ މަޝްހޫރު ކުންފުނިތަކާއި ހިދުމަތްތައް ގަތުމުގެ ވަނދު މާޒީއެއް އޮތް ބަޔަކަށް ވުމެވެ. ނޮކިއާ ގަނެގެން ފެށި ފޯނު ވިޔަފާރި ތޮޅިއަށް ދިއުމާއި، ވާދަވެރި އެޕްތަކުގެ ކުރިމަތީގައި ސްކައިޕަށް އަދިވެސް ހިންދަމާނުލެވިގެން އުޅެންޖެހުމަކީ ބަލައިލަން އެހާ ހިތްގައިމު މިސާލުތަކެއް ނޫންކަމަށް ބުނާ ޑިވެލޮޕަރުން މަދެއް ނޫނެވެ.
އެކަމަކު މި ވާހަކަތަކަށް ނަޑެއްލާ ދެއްވާ ޖަވާބެއް އެބައޮތެވެ. ނަޑެއްލާ ވިދާޅުވާ ގޮތުގައި މިހާރު އެއީ އިހުގެ މައިކްރޮސޮފްޓެއް ނޫނެވެ. ޑިވެލޮޕަރުން ހިތާވާ ގޮތަށް އުޅެން މިހާރު ދަސްކޮށްފި ކަމަށް ވިދާޅުވި އެވެ.
ވޭތުވެ ދިޔަ ދެތިން އަހަރެެއް ތެރޭ، މައިކްރޮސޮފްޓުން ވަނީ އާންމުކޮށް ހުޅުވާލެވިގެން ތަރައްގީކުރާ (އޯޕަން ސޯސް) ސޮފްޓްވެއާ އަށް ހިތްވަރު ދިނުމުގައި އާ ޖޯޝެެއް ދައްކައިފައެވެ. އެގޮތުން ގިޓްހަބަށް ވާގިދޭ ގޫގުލް، އެޕަލް، އެމެޒޯން ފަދަ ބިޔަ ކުންފުނިތައް ފަހަތަށް ޖައްސައިލުމަށް ފަހު މައިކްރޮސޮފްޓުން ވަނީ ވާގިވެރިންގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދައިފައެވެ. ގިޓްހަބުގައި ކޯޑު ފައްކާކުރުމުގައި މައިކްރޮސޮފްޓުގެ ހާހަކަށް ވުރެ ގިނަ މުވައްޒަފުން މިހާރު މަސައްކަތް ކުރެއެވެ.
މި މަންޒަރުތަކަށް ބަލައި، ނަޑެއްލާ އެ ވިދާޅުވާ ބަހުގައި ބުރަދަނެއް އެބަހުރިކަން ގަބޫލުކުރާ ޑިވެލޮޕަރުން ތިބީ އުންމީދީ ހިނިތުންވުމެއްގަ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 28 މިލިއަނަށް ވުރެ ގިނަ ޑިވެލޮޕަރުންގެ އެހީތެރިކަމާއި ލޯބި ލިބިފައިވާ ގިޓްހަބަކީ ރާއްޖޭގެ ޓެކް ކޮމިއުނިޓީ އާއި ޑިވެލޮޕަރުންގެ މެދުގައި ވެސް ވަރަށް މަގުބޫލު ޑިޖިޓަލް ހޮޅުއައްޓެކެވެ.
އަނެއްކާވެސް މައިކްރޮސޮފްޓުގެ ހިދުމަތްތަކަށް ބުރޫއަރައިފި
ގޫގުލްއިން މެލޭޝިއާގައި 2 ބިލިއަން އިންވެސްޓުކުރަނީ
ޔުނިކޯޑުގެ އާ އަދަދާ އެކު އިމޯޖީ ތަލަވަނީ
ބީއެމްއެލް އެޕް ތިން ގަޑިއިރަށް ޑައުންވެއްޖެ
ރައީސް އޮފީހުގެ ކުރީގެ ސީޓީއޯ ހާމިދު ނިޔާވެއްޖެ
ދުނިޔެއަށް ކުރިމަތިވި އައިޓީ މައްސަލަ ރާއްޖެއަށް ވެސް
އުރީދޫން މައިކްރޮސޮފްޓުގެ ވޯކްޕްލޭސް ސޮލިއުޝަންތައް
އެސްޓީއޯގެ ސްމާޓް ސްޓޯރާ އެކު ވިޔަފާރީގެ އާ މަރުހަލާ
މި ކުދިން ކޯޑުކުރަނީ ކުރިމަގު
އުރީދޫއިން މައިކްރޮސޮފްޓް ސޮލިއުޝަންތައް ފޯރުކޮށްދެނީ