30 ޖުލައި 2024
މި މަހުގެ ކުރީކޮޅު މައިކްރޮސޮފްޓްގެ ބައެއް ހިދުމަތްތައް މުޅި ދުނިޔޭގައި މެދުކެނޑި ހާސްކަމުގެ ތެރެއަށް ދިއުމަށް ފަހު އަނެއްކާވެސް އެފަދަ މައްސަލައެއް މިއަދު ކުރިމަތިވުމުން އެ ކުންފުނިން މާފަށް އެދެފި އެވެ.
މި މަހުގެ ކުރީކޮޅު މައިކްރޮސޮފްޓްގެ ބައެއް ހިދުމަތްތައް މުޅި ދުނިޔޭގައި މެދުކެނޑި ހާސްކަމުގެ ތެރެއަށް ދިއުމަށް ފަހު އަނެއްކާވެސް އެފަދަ މައްސަލައެއް މިއަދު ކުރިމަތިވުމުން އެ ކުންފުނިން މާފަށް އެދެފި އެވެ.
މިފަހަރު ކުރިމަތިވި މައްސަލައިގައި މައިކްރޮސޮފްޓުގެ އީމެއިލް ސާވިސް ކަމަށްވާ އައުޓްލުކް އިން ފެށިގެން ގޮސް މަޝްހޫރު ގޭމް، މައިންކްރާފްޓް ވެސް ވަނީ ހުއްޓިފަ އެވެ.
ވެބްސައިޓްތައް ޓްރެކްކުރާ "ޑައުންޑިޓެކްޓާ" އިން އެނގޭ ގޮތުގައި އަންގާރަ ދުވަހުގެ މެންދުރު ފަހުން ފެށިގެން މައިކްރޮސޮފްޓުގެ ހިދުމަތްތައް ހުއްޓުމަކަށް އައިސް އެކަމުގެ ޝަކުވާ އެއްތައް ބަޔަކު ރިޕޯޓްކޮށްފައިވެ އެވެ.
މީގެ ދެ ހަފްތާ ކުރިން ސައިބަސެކިއުރިޓީ ފާމް ކްރައުޑްސްޓްރައިކް އިން ނެރުނު ސޮފްޓްވެއާ އަޕްޑޭޓެއްގެ މައްސަލައަކާ ހެދި، މައިކްރޮސޮފްޓް ސިސްޓަމްސް ބޭނުންކުރާ އަށް މިލިއަނަށް ވުރެ ގިނަ ކޮމްޕިއުޓަރު ހުއްޓުމަކަށް އައިސް ހޮސްޕިޓަލްތަކާއި އެއާޕޯޓްތަކާއި ބޭންކުތަކާއި އެކި ވިޔަފާރިތައް އެތައް ގަޑިއިރަކަށް ހުއްޓުނެވެ.
މިފަހަރު ދިމާވި މައްސަލައާ އެކު މައިކްރޮސޮފްޓުން މާފަށް އެދެމުން ބުނީ މައްސަލައިގެ ހައްލެއް މިހާރު ހޯދިފައިވާ ކަމަށާއި މައްސަލަ މަޑުމަޑުން މިހާރު ހައްލުވަމުން އަންނަ ކަމަށެވެ. އެއްކޮށް މައްސަލަ ހައްލުވަންދެން ބަލަމުން ގެންދާނެ ކަމަށް ވެސް ބުންޏެވެ.
އެކަމަކު މައްސަލަ އެއްކޮށް ހައްލުވާނެ ކަމަށް ލަފާކުރެވޭ ވަގުތެއް ވެސް ނޭނގޭ ކަމަށް މައިކްރޮސޮފްޓުން ބުންޏެވެ.
"ދިމާވި ދަތިކަމަށް އަޅުގަނޑުމެން ނިހާޔަތަށް މާފަށް އެދެން. ވީ އެންމެ އަވަހަކަށް މައްސަލަ ހައްލުކުރުމުން އަޅުގަނޑުމެންގެ މާހިރުން ގެންދަނީ މަސައްކަތްކުރަމުން،" އެކްސްގައި މައިކްރޮސޮފްޓުން ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
މި މައްސަލަ ދިމާވެ އެކަން ބަލަމުން އަންނަކަން މައިކްރޮސޮފްޓުން ހާމަކުރީ ކުންފުނީގެ މާލީ ހިސާބުތައް އާންމުކުރުމަށް ވަގުތު ކުޑަތަންވެފައި އޮއްވަ އެވެ.
މައިކްރޮސޮފްޓުގެ އެކި ހިދުމަތްތަކަށް ބަރޯސާވެފައިވާ ބޮޑެތި ކުންފުނިތަކުން ދަނީ މި މައްސަލައާ ހެދި ހިދުމަތަށް ބުރޫއަރާފައިވާ ކަމަށް އިއުލާނުކުރަމުންނެވެ.
ގޫގުލްއިން މެލޭޝިއާގައި 2 ބިލިއަން އިންވެސްޓުކުރަނީ
މައިކްރޮސޮފްޓުން ގިޓްހަބް 7.5 ބިލިއަނަށް ގަނެފި
ޔުނިކޯޑުގެ އާ އަދަދާ އެކު އިމޯޖީ ތަލަވަނީ
ބީއެމްއެލް އެޕް ތިން ގަޑިއިރަށް ޑައުންވެއްޖެ
ރައީސް އޮފީހުގެ ކުރީގެ ސީޓީއޯ ހާމިދު ނިޔާވެއްޖެ
ދުނިޔެއަށް ކުރިމަތިވި އައިޓީ މައްސަލަ ރާއްޖެއަށް ވެސް
އުރީދޫން މައިކްރޮސޮފްޓުގެ ވޯކްޕްލޭސް ސޮލިއުޝަންތައް
އެސްޓީއޯގެ ސްމާޓް ސްޓޯރާ އެކު ވިޔަފާރީގެ އާ މަރުހަލާ
މި ކުދިން ކޯޑުކުރަނީ ކުރިމަގު
އުރީދޫއިން މައިކްރޮސޮފްޓް ސޮލިއުޝަންތައް ފޯރުކޮށްދެނީ