މައިކްރޮސޮފްޓް ސޮލިއުޝަންތައް ރާއްޖޭގައި ފޯރުކޮށްދިނުމަށް އެ ކުންފުންޏާ އެކު އުރީދޫއިން ޕާޓްނާޝިޕެއްގައި ސޮއިކޮށްފި އެވެ.
19 މާޗް 2023
މައިކްރޮސޮފްޓް ސޮލިއުޝަންތައް ރާއްޖޭގައި ފޯރުކޮށްދިނުމަށް އެ ކުންފުންޏާ އެކު އުރީދޫއިން ޕާޓްނާޝިޕެއްގައި ސޮއިކޮށްފި އެވެ.
މި ޕާޓްނާޝިޕުގެ ދަށުން މައިކްރޮސޮފްޓް އޮފީސް 365، މައިކްރޮސޮފްޓް ޓީމްސް، މައިކްރޮސޮފްޓް ޓީމްސް ވޮއިސް، މައިކްރޮސޮފްޓް ޓީމްސް ރޫމްސް، މައިކްރޮސޮފްޓް ޕަވަ އެޕްސް، މޮބައިލް ޑިވައިސް މެނޭޖްމަންޓް އަދި ޝެއާޕޮއިންޓް ފަދަ ވަސީލަތްތަކުން ވިޔަފާރީގެ މަސައްކަތްތަކުގެ މަރުހަލާތައް ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް އުރީދޫއިން ބުންޏެވެ. އަދި މަސައްކަތުގެ ވައްޓަފާޅި ޒަމާނާ އެއްގޮތަށް ބަދަލުކުރުމުގެ ސަބަބުން ހިދުމަތްތައް ޑިޖިޓަލް ކުރުމުގެ މަސައްކަރް ހަލުވިވެ ދެމެހެއްޓެނިވި ވިޔަފާރިއެއް ގާއިމް ކުރެވި، ކަސްޓަމަރުންގެ ބޭނުންތައް އެންމެ ފުރިހަމައަށް ފުއްދައިދެވޭނެ ކަމަށް ވެސް ބުންޏެވެ.
އުރީދޫއިން ބުނި ގޮތުގައި މައިކްރޮސޮފްޓާ އެކު ވެފައިވާ ޕާޓްނާޝިޕްގެ ސަބަބުން އުރީދޫ އަކީ ޓެލެކޮމިއުނިކޭޝަންގެ ހިދުމަތްތަކުގެ އިތުރުން ކްލައުޑް ބޭސްޑް ހައްލުތަކާއި ހިދުމަތްތައް ފޯރުކޮށްދޭ ވަން-ސްޓޮޕް-ޝޮޕެއްގެ ގޮތުގައި ހަރުދަނާވެ، ވިޔަފާރިތަކަށް ބޭނުންވާ މުހިންމު ހިދުމަތްތައް ފޯރުކޮށްދެވިގެންދާނެ އެވެ.
އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމަދީ ވިދާޅުވީ ބައިނަލްއަގްވާމީ ޕާޓްނާޝިޕްތަކުގެ ބޭނުން ހިފައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތަކުގެ ދިރިއުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. މައިކްރޮސޮފްޓާ އެކު ޕާޓްނާޝިޕެއް ހެދީ އެ މަސައްކަތްތަކުގެ ތެރެއިން ވިޔަފާރިތައް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށް އެންމެ ފަހުގެ ޑިޖިޓަލް ސޮލިއުޝަންތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށް ވެސް ވިދާޅުވި އެވެ.
އުރީދޫ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަޒީޒް އަލްއުތުމާން ފަހްރޫ އެ ޕާޓްނާޝިޕާއި ބެހޭ ގޮތުން ވިދާޅުވީ މައިކްރޮސޮފްޓް ގެ ކްލައުޑް ބޭސްޑް ސޮލިއުޝަންތަކާއި ހިދުމަތްތަކާ އެކު މާކެޓް ވިޔަފާރިތަކާއި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ހައްލުހޯދައިދިނުމުގެ ފުރުސަތު ލިބޭނެކަމަށެވެ.
މައިކްރޮސޮފްޓްގެ ވައިސް ޕްރެޒިޑެންޓް ގްލޯބަލް ކޮމިއުނިކޭޝަންސް ޕާޓްނާސް، ބިން ޝެން ވިދާޅުވީ އެ ޕާޓްނާޝިޕުގެ ސަބަބުން އުރީދޫ މެދުވެރިކޮށް ދުނިޔޭގެ އެކި ސަރަޙައްދުތަކާއި ސިނާއަތްތަކާއި ޖައްމިއްޔާ ޖަމާއަތްތަކާއި ވިޔަފާރިތަކަށް ކްލައުޑް ބޭސްޑް ހިދުމަތްތަކާ އެކު އާ ފުރުސަތުތައް ފަހި ކޮށްދިނުމަށް ލިބުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ.
އުރީދޫއިން ބުނި ގޮތުގައި އެ ޕާޓްނާޝިޕް ގާއިމް ކޮށްފައިވަނީ އުރީދޫ ގްރޫޕުން ވިޔަފާރިތަކަށް ކްލައުޑް ބޭސްޑް ހައްލުތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުންނެވެ. އެ ޕާޓްނާޝިޕްގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް އުރީދޫގެ ގެ ހިދުމަތާއެކު ބަންޑަލްކޮށް ނުވަތަ ވަކިން މައިކްރޮސޮފްޓްގެ ޒަމާނީ ޓެކްނޮލޮޖީ އާއި ސޮފްޓްވެއާ ސޮލިއުޝަންތައް ހޯދޭނެ އެވެ.
މި ޕާޓްނަރޝިޕްގެ ދަށުން އުރީދޫ ގްރޫޕްގެ ހުރިހާ ކުންފުނިތަކަކުންވެސް މައިކްރޮސޮފްޓްގެ ހިދުމަތްތައް ވިޔަފާރިތަކަށް މި އަހަރުން ފެށިގެން ފޯރުކޮށްދެވޭނެއެވެ.
އުރީދޫން މައިކްރޮސޮފްޓުގެ ވޯކްޕްލޭސް ސޮލިއުޝަންތައް
"އުރީދޫ ސްމާޓް ކެމްޕަސް" ތައާރަފްކޮށްފި
އުރީދޫ، އެމްއެމްޕީއާރުސީން ރާއްޖެ އިޝްތިހާރު ކުރަނީ
ޕެނަލް ޑިސްކަޝަނަކާއެކު ދުނިޔޭގެ ރިކޯޑް ފޮތަށް އުރީދޫ
އުރީދޫން ދޭ އުމްރާ ދަތުރުގެ ނަސީބުވެރިޔާ ހޮވައިފި
އެޕަލް ގަޑިއަށް އީސިމް ހިދުމަތް ދޭ ލިސްޓަށް ރާއްޖެ
އުރީދޫއަށް 166.9 މިލިއަންގެ ސާފު ފައިދާ
އެސްތެޓިކް ހިދުމަތްތަކަށް ކްލަބް ޕްރިމިއާ ޑިސްކައުންޓު
އުރީދޫން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ފަށައިފި
މަސް ދޯނީގެ ވަތުން އުރީދޫގެ އެމްބެސެޑަރަކަށް!