28 ޖުލައި 2024
ރައީސް އޮފީހުގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ހާމިދު ޝަފީއު މިއަދު ނިޔާވެއްޖެ އެވެ.
ރައީސް އޮފީހުގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ހާމިދު ޝަފީއު މިއަދު ނިޔާވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އައިޓީ ދާއިރާ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެއްވި ހާމިދު ޝަފީއު ނިޔާވީ، ބޮޑު ބައްޔަކަށް އިންޑިއާގެ ބެންގަލޫރުގައި ކުރި އޮޕަރޭޝަނަކަށް ފަހުގަ އެވެ.
އޭނާ ރައީސް އޮފީހުގެ އިސް މަގާމަކަށް އައްޔަން ކުރެއްވީ ނޮވެމްބަރު 28، 2019 ގަ އެވެ. ކުރީގެ ވެރިކަން ނިމުމާ ހަމައަށް އެ މަގާމުގައި ހުންނެވި އެވެ.
އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކްސްގައި ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހާމިދު ޝަފީއުއަކީ ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ނަން ފަވާލެވޭ ބޭފުޅެއް ކަމަށެވެ. ގައުމާއި ދައުލަތަށް ހާމިދު ޝަފީއު ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ ކޮވިޑު-19 މެނޭޖްކުރުމުގައި ހާމިދު ވަރަށް ބޮޑު ދައުރެއް އަދާކުރެއްވި ކަމަށެވެ. އެޗްޕީއޭ އިން އޭރު ބޭނުންކުރި ޕޯޓަލް ތައްޔާރުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ ހާމިދު ޝަފީއު އެވެ.
ހާމިދު ވަނީ އިނގިރޭސި ވިލާތުން ކޮމްޕިއުޓާ ސައިންސްގެ ރޮނގުން ބެޗެލާ އޮފް ސައިންސް ޑިގްރީއެއް ހާސިލް ކުރައްވައިފަ އެވެ. އޭނާއަކީ ނުޓަނިކްސް ސަޕޯޓް ސްޕެޝަލިސްޓެއްގެ އިތުރުން ސިސްކޯ މެރާކީ ސަޕޯޓް ސްޕެޝަލިސްޓެކެވެ.
ހާމިދު ޝަފީއުއަކީ ކުރީގެ ފިޝަރީޒް މިނިސްޓަރު އަދި މިހާރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ޝަފީއު އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް މުހައްމަދު ޝަފީއު އަދި އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރުގެ ކޮއްކޮ ވެސް މެ އެވެ.
ކުއްޖެއްގެ މަރުގައި ޝައްކު އުފެދޭތީ ޕޯސްޓްމޯޓަމް ހަދަނީ
އައްލޫ އަރްޖުން ހައްޔަރުކުރުން؛ އާއިލާއިން ދެކޮޅު!
ހިޔާ ފްލެޓްގެ ޓަވަރަކުން ވެއްޓި ކުޑަކުއްޖަކު މަރުވެއްޖެ
18 އަހަރު ކުރީގެ މަރެއްގެ މައްސަލަ އަނެއްކާ ބަލަނީ
މަރުވިމީހާގެ އާއިލާގެ ކިބައިން އަރްޖުން މާފަށް އެދިއްޖެ
ދާންދޫ މަގުމަތީގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
ނައީމާ މަރާލީ ސިހުރާ ގުޅުވައިގެންކަން ސާބިތުކުރަން ހެކި
މުހައްމަދު މަރުވީ ގެނބިގެން، މީހަކަށް ތުހުމަތެއް ނެތް
ޒަކިއްޔާ މަރާލިކަމުގެ ހެއްކެއް އަދި ނެތް: ޕޮލިސް
މަރުވެފައި އޮއްވައި ފަޅުތެރެއިން ފެނުނީ މަސްވެރިއެއް