06 ޖޫން 2018
ގުދުސް، ފަލަސްތީން (ޖޫން 6) - މި މަހު ނުވަ ވަނަ ދުވަހު ގުދުސްގައި އިޒްރޭލާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗު ކުޅެން އާޖެންޓީނާ ކުޅުންތެރިން ދެކޮޅު ހެދުމުން އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަނުން މެޗު ނުކުޅެން ނިންމައިފި އެވެ. އިން ނިންމުމާ އެކު ފަލަސްތީން އެފްއޭ އިން އެކަމަށް މަރުހަބާ ކިޔައިފި އެވެ.
ގުދުސް، ފަލަސްތީން (ޖޫން 6) - މި މަހު ނުވަ ވަނަ ދުވަހު ގުދުސްގައި އިޒްރޭލާ ދެކޮޅަށް ކުޅެން ހަމަޖެހިފައި އޮތް މެޗު ކުޅެން އާޖެންޓީނާ ކުޅުންތެރިން ދެކޮޅު ހެދުމުން އާޖެންޓީނާ ފުޓްބޯޅަ އެސޯސިއޭޝަނުން މެޗު ނުކުޅެން ނިންމައިފި އެވެ. އިން ނިންމުމާ އެކު ފަލަސްތީން އެފްއޭ އިން އެކަމަށް މަރުހަބާ ކިޔައިފި އެވެ.
އިޒްރޭލާއި އާޖެންޓީނާ ބައްދަލުކުރާ މެޗު ކުޅެން ހަމަޖެހިފައި އޮތީ ގުދުސްގައި ހުންނަ 31 ހާސް މީހުންގެ ޖާގައިގެ ޓެޑީ ސްޓޭޑިއަމްގަ އެވެ. މިއީ ކުރިން ފަލަސްތީނު މެޗުތަކަށް ބޭނުން ކުރި ދަނޑެކެވެ. ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގަނެ، އެކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާންކުރުމުން އެތައް ބަޔަކު އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
މިދިޔަ އާދިއްތަ ދުވަހު ފަލަސްތީން އެފްއޭގެ ރައީސް ޖިބްރީލް ރަޖޫބް ވަނީ މި މެޗަކީ އިޒްރޭލުން ސިޔާސީ މަންފާއެއް ހާސިލްކުރަން ކުޅޭ މެޗެއް ކަމަށް ވިދާޅުވެ، މި މެޗު ނުކުޅުމަށް ލިއޮނަލް މެސީ އާއި އާޖެންޓީނާގެ ކިބައިން އެދިފަ އެވެ.
އާޖެންޓީނާ އިން މެޗު ނުކުޅެން ނިންމީ އެ ޓީމުގެ ކުޅުންތެރިން މެޗު ކުޅެން ނުދާން ނިންމުމުންނެވެ. އެ ޓީމުގެ ކޯޗު ޖޯޖް ސަމްޕައޮލީ މިދިޔަ ހަފްތާގައި ބުނީ އިޒްރޭލަށް ނުގޮސް ބާސެލޯނާގައި މެޗެއް ކުޅުން އޭނާގެ ނަޒަރުގައި މާ ރަނގަޅުވާނެ ކަމަށެވެ.
އާޖެންޓީނާގެ ފޮރިން މިނިސްޓަރު ޖޯޖް ފޯރެއި ވިދާޅުވީ މެޗު ކެންސަލް ކުރަން ޖެހިފައިވަނީ ކުޅުންތެރިން ކުޅެން ބޭނުންނުވާތީ ކަމަށާއި ކުޅުންތެރިންނަށް ނުފޫޒު ފޯރުވައިގެން އެއްވެސް ކަމެއް ކުރަން ބޭނުންނުވާ ކަމަށެވެ.
މެޗު ކެންސަލްކުރަން ޖެހުމާ ގުޅިގެން އިޒްރޭލް އެފްއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި އާޖެންޓީނާ އިން މެޗު ނުކުޅެން ނިންމީ އިންޒާރުތަކެއް ލިބިގެން ކަމަށެވެ.
ބޮޑެތި މުބާރާތްތަކަށް ދިއުމުގެ ކުރިން މީގެ ކުރިން ވެސް އާޖެންޓީނާ އިން ވަނީ އިޒްރޭލާ އެކު މެޗު ކުޅެފަ އެވެ. އެންމެ ފަހުން 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުރިން ކުޅުނު މެޗުން އިޒްރޭލް ވަނީ 2-1 އިން އާޖެންޓީނާ ބަލިކޮށްފަ އެވެ. މި ފަހަރުގެ މެޗު ކެންސަލް ކުރުމާ އެކު މި މަހު 14 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕްގެ ކުރިން އިތުރު މެޗެއް ކުޅުމުގެ ފުރުސަތު ހޯދަން އާޖެންޓީނާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އަދަބުދިނުން ފަސްކުރުމުން އިޒްރޭލް އޮލިމްޕިކްސް އަށް
ގުދުސްގައި މެޗު ނުކުޅެން މެސީގެ ކިބައިން އެދިއްޖެ
އިޒްރޭލަށް ފިޔަވަޅު އަޅަން ފީފާއިން ނުކުޅެދިފައި
ފަލަސްތީނުގެ އަމާޒު 2026ގެ ވޯލްޑް ކަޕަށް
މެސީގެ ހެޓްރިކުން އާޖެންޓީނާ އަށް ބޮޑު މޮޅެއް
އާޖެންޓީނާ އާއި ބްރެޒިލް ވެސް ބަލިވެއްޖެ
ވޯލްޑް ކަޕް ކޮލިފައިންގައި ފަލަސްތީނުން ގަދަފަދަ ކޮރެއާއާ އެއްވަރުކޮށްފި
އާޖެންޓީނާ ޓީމު ގޮވައިގެން ފްރާންސް ކޯޓަށް
އާޖެންޓީނާއިން 15 އަހަރު ދިނަސް ސޮއިކުރާނަން: ކޯޗު
ކޮޕާ އެމެރިކާ: އާޖެންޓީނާ އަށް ރެކޯޑް 16 ވަނަ ތަށި