Roadha Mihaaru
ޓިއުނީޝިއާގެ ބޯޓެއް ފެތި 50 މީހުން މަރުވެއްޖެ

ޓިއުނީޝިއާގެ ބޯޓެއް ފެތި 50 މީހުން މަރުވެއްޖެ

04 ޖޫން 2018

ތޫނިސް (ޖޫން 4) - މެޑިޓެރޭނިއަން ކަނޑު ހުރަސް ކުރަން އުޅެނިކޮށް ޓިއުނީޝިއާގެ އިރުމައްޗަށް ބޯޓެއް ފެތި ގާތްގަނޑަކަށް 50 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ތޫނިސް (ޖޫން 4) - މެޑިޓެރޭނިއަން ކަނޑު ހުރަސް ކުރަން އުޅެނިކޮށް ޓިއުނީޝިއާގެ އިރުމައްޗަށް ބޯޓެއް ފެތި ގާތްގަނޑަކަށް 50 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ޓިއުނީޝިއާގެ އޮފިޝަލުން ބުނީ މިހާތަނަށް 47 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. އަދި 68 މީހަކު ސަލާމަތްކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ދާޚިލީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނީ ގެއްލުނު މީހުން ހޯދުމަށް ކޯސްގާޑުގެ އިތުރުން އަސްކަރީ މަތިންދާ ބޯޓެއް ބޭނުން ކުރަމުންދާ ކަމަށެވެ.

ބޯޓުން ސަލާމަތްވި މީހަކު ބުނީ އެ ބޯޓުގައި ގާތްގަނޑަކަށް 180 މީހުން ތިބި ކަމަށެވެ. އަދި ބޯޓު ފެތުނީ ފޫގޮސްގެން ކަމަށް އޭނާ ބުންޏެވެ. ބޯޓު ފޫދިއުމާ އެކު ކެޕްޓަން ވަނީ ބޯޓު ދޫކޮށްލާފައި ކަމަށް އޭނާ ބުންޏެވެ.

އެފްރިކާގެ ގައުމުތަކަށް ނިސްބަތްވާ ބައެއް މީހުން މެޑިޓެރޭނިއަން ހުރަސްކޮށް ދަތުރު ކުރަނީ ޔޫރަޕަށް އެތެރެވުމަށެވެ. ލީބިއާގެ އައްސޭރިން ބޭރަށް ބޯޓެއް ފެތި މިދިޔަ ފެބްރުއަރީ މަހު ވެސް ވަނީ 90 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.

މެޑިޓެރޭނިއަން ހުރަސްކުރަނިކޮށް ކަނޑުމަތިން މި އަހަރު އެކަނި ވަނީ 32،601 ރެފިއުޖީން ސަލާމަތްކޮށްފަ އެވެ. އަދި 649 މީހުން ވަނީ މަރުވެފަ އެވެ.