އިނގިރޭސިވިލާތުގެ ޒުވާން ލަވަކިޔުންތެރިޔާ ޒޭން މާލިކް އަންނަ އޮގަސްޓް މަހު ޓުއާއެއްގައި އިންޑިއާ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.
03 ޖޫން 2018
އިނގިރޭސިވިލާތުގެ ޒުވާން ލަވަކިޔުންތެރިޔާ ޒޭން މާލިކް އަންނަ އޮގަސްޓް މަހު ޓުއާއެއްގައި އިންޑިއާ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.
ކުރީގެ ބޭންޑްގެ "ވަން ޑިރެކްޝަން" ގެ ލަވަކިޔުންތެރިޔާގެ ޓުއާ، ބްލޮޓް ކެންވަސްއާ ގުޅިގެން އިންތިޒާމް ކުރާ ޖޭޕީއާރް އިވެންޓްސްގެ ޑިރެކްޓަރު ސުނިލް ހަމަލް ބުނީ ޒޭންގެ އިންޑިއާ ޓުއާގައި މުމްބާއީގެ އިތުރުން ކަލްކަތާ، ހައިދަރްއާބާދު އަދި ވެރިރަށް ނިއު ދިއްލީ ފަދަ ސިޓީތަކުގައި ޕަފޯމް ކުރާނެ ކަމަށެވެ.
ނަމަވެސް އަދި މުޅިން ތާރީހުތައް ފައިނަލް ނުވާ ކަމަށާއި އެކަން ހަމަޖެހުނުހާ އަވަހަކަށް އިއުލާން ކުރާނެ ކަމަށް ބުންޏެވެ.
ސުނިލް ބުނި ގޮތުގައި ޒޭންއާ އެކު "ވަން ޑިރެކްޝަން" ގެ މެމްބަރުންތަކެއް އިންޑިއާ އަށް ގެންނަން ވާހަކަތަކެއް ދެކެވުނެވެ. ނަމަވެސް، މިހާރު އެ ބޭންޑްގެ މެމްބަރުން ވަކިވަކި ސޯލޯ އާޓިސްޓުންގެ ގޮތުގައި މަސައްކަތް ކުރާތީ އެ ފުރުސަތު ފަހިވާ ގޮތް ނުވި ކަމަށް ބުންޏެވެ.
"ޒޭންގެ ފޭނުން އިންޑިއާގައި ވަރަށް ގިނަ. އަހަރެމެން ގަބޫލު ކުރަނީ ޒޭންގެ ކޮންސަޓް ވަރަށް ކާމިޔާބު ވާނެ ކަމަށް،" ސުނިލް ބުންޏެވެ. "އިންޑިއާގައި ޓުއާ ކުރުމަށް ފަހު، އަހަރެމެން އެބަ ޕްލޭން ކުރަން ނޭޕާލްގައި ވެސް ޒޭންގެ ޝޯތަކެއް ބާއްވަން."
ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން ޒޭން، 25، ސޯލޯ އާޓިސްޓެއްގެ ގޮތުގައި މަގުބޫލުކަން ހޯދަމުން އަންނަ އިރު، ބޭންޑާ ވަކިވި ފަހުން އޭނާ ވަނީ 2016 ގައި "މައިންޑް އޮފް މައިން" ގެ ނަމުގައި އަލްބަމެއް ވެސް ނެރެފަ އެވެ. ޒޭން ބުނި ގޮތުގައި މާ ލަސްތަކެއް ނުވެ، ދެވަނަ އަލްބަމެއް ވެސް ފޭނުންނަށް ގެނެސް ދޭނެ އެވެ.
އޭނާ ބުނީ މި ފަހަރުގެ އަލްބަމްގައި އޭނާއާ އެކު، އޮސްކާ ހޯދާފައިވާ އިންޑިއާގެ މިއުޒިޝަން އޭއާރް ރަހްމާން ވެސް މަސައްކަތްކޮށްފައިވާ ކަމަަށެވެ. ޕާކިސްތާނަށް ނިސްބަތްވާ ބައްޕައަކާއި އިނގިރޭސި މަންމައެއް ހުރި ޒޭންއަކީ އިންޑިއާގެ ލަވަތަކަށް ވެސް ވަރަށް ލޯބި ކުރާ ފަންނާނެކެވެ.
Zayn Malik ge Hindi lavaeh
The most trusted news source in the Maldives
Mihaaru
ޭޒޭންއަކީ ހިންދީ ލަވަތަކަށް ވަރަށް ލޯބި ކުރާ ފަންނާނެއް.
ދާދި ފަހުން އޭނާ އިންޑިއާގެ ލަވަކިޔުންތެރިޔާ ކައިލާޝް ކޭރްގެ ލަވަތަކެއް ކަވަކޮށް، އިސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ. އޭގެ ތެރޭގައި "ތޭރީ ދީވާނީ" އާއި "އައްލާ ކީ ބަންދޭ" ހިމެނެ އެވެ. އެހެންވެ އިންޑިއާ ޓުއާގައި މި ލަވަތައް އޭނާ ކިޔާނެ ކަމަށް ޔަގީނުން ވެސް ފޭނުން އުންމީދު ކުރާނެ އެވެ. ޒޭން ބުނެފައިވާ ގޮތުގައި އޭނާ ވަނީ ބޮލީވުޑްގެ ފިިލްމަކަށް ވެސް ލަވައެއް ރިކޯޑްކޮށްފަ އެވެ.
ޒޭން އެންމެ ފަހުން އެހުންތެރިންނަށް ދޫކޮށްލި ލަވައަކީ މިދިޔަ މަހު ނެރުނު "އެންޓަޓައިން" އެވެ.
ބީބާގެ އިންޑިއާ ޓުއާގައި ޒޭން މާލިކް!
ބަނގުރަލުގެ ވިޔަފާރިކުރާ ބިދޭސީންތަކެއް ޑީޕޯޓްކުރަނީ
ކެރެލާގައި، ސިކުނޑި ހަލާކުކޮށްލާ އެމީބާއެއްގެ ނުރައްކާ
އިންޑިއާއަށް ރަޝިޔާގެ ތެޔޮ ގަންނާތީ އީޔޫގެ އިންޒާރު
މޯދީގެ ދިރިއުޅުމަށް ފިލްމެއް ހަދަނީ
އިންޑިއާގެ މާއޮއިސްޓުން ހަނގުރާމަ ހުއްޓާލައިފި
އައްޑޫގައި ކިޔަވައިދޭތާ 23އަހަރުވީ ޓީޗަރަކު ނިޔާވެއްޖެ
އިންޑިއާއިން މޮރިޝަސްއަށް 680 މިލިއަން ޑޮލަރުގެ އެހީ
ލޮރީއެއްގެ ދަށުވި މީހެއްގެ ހާލު ސީރިއަސްވެ ފަރުވާދެނީ
ކަޝްމީރް ފައިލްސްގެ ޑައިރެކްޓަރަށް ބޮޑު ނާކާމިޔާބީއެއް