Roadha Mihaaru
މާލޭގެ ތިން ސަރަަހައްދަކުން ފެން ކެނޑިއްޖެ

މާލޭގެ ތިން ސަރަަހައްދަކުން ފެން ކެނޑިއްޖެ

26 މެއި 2018

މާލެ އާއި ހުޅުލެއާ ދެމެދު އަޅަމުންދާ ބްރިޖުގެ މަސައްކަތާ ގުޅިގެން، މާލޭގެ މަގެއް ކޮންނަނިކޮށް އެމްޑަބްލިޔުއެސްސީގެ ފެން ހޮޅިއެއް ފަޅައިގެން ގޮސް މާލޭގެ ތިން ސަރަހައްދަކުން މިރޭ ފެން ކެނޑިއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މާލެ އާއި ހުޅުލެއާ ދެމެދު އަޅަމުންދާ ބްރިޖުގެ މަސައްކަތާ ގުޅިގެން، މާލޭގެ މަގެއް ކޮންނަނިކޮށް އެމްޑަބްލިޔުއެސްސީގެ ފެން ހޮޅިއެއް ފަޅައިގެން ގޮސް މާލޭގެ ތިން ސަރަހައްދަކުން މިރޭ ފެން ކެނޑިއްޖެ އެވެ.

މިރޭ 9:30 އިން ފެށިގެން ފެން ކެނޑިފައި ވަނީ ހެންވޭރުގެ ތިން ބްލޮކް ކަމަށްވާ 25 ނަމްބަރު ބްލޮކާއި 54 ނަމްބަރު ބްލޮކާއި 55 ނަމްބަރު ބްލޮކުންނެވެ. އެއީ ބުރުޒުމަގާއި އަމީނީ މަގާ ދޭތެރެ އިން މޫންލައިޓް ހިނގުމާއި މޫނިމާ ހިނގުމާ ދެމެދުގެ ގެތަކެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ތިން ގަޑިއިރު ތެރޭގައި ފެނުގެ ހިދުމަތް އަލުން ދޭނެ ކަމަށެވެ.

ފެން ކެނޑުމުން ދިމާވާ ދަތިތަކަށް އެކުންފުނީގެ ފަރާތުން ވަނީ މައާފަށް އެދިފަ އެވެ.