28 މެއި 2018
އެމްޑަބްލިއުއެސްސީއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު މިންވަރު 264.7 މިލިއަން ރުފިޔާއަށް ދަށްވެއްޖެ އެވެ. މިއީ 2016 ވަނަ އަހަރާ އަޅާބަލާއިރު 15.5 މިލިއަން ރުފިޔާ މަދު އަދަދެކެވެ.
އެމްޑަބްލިއުއެސްސީއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނު މިންވަރު 264.7 މިލިއަން ރުފިޔާއަށް ދަށްވެއްޖެ އެވެ. މިއީ 2016 ވަނަ އަހަރާ އަޅާބަލާއިރު 15.5 މިލިއަން ރުފިޔާ މަދު އަދަދެކެވެ.
ސަރުކާރާއި ޖަޕާނުގެ ހިޓާޗީ ކުންފުނީގެ ހިއްސާވާ އެމްޑަބްލިއުއެސްސީގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 264.7 މިލިއަން ރުފިޔާ ލިބުނުއިރު އާމްދަނީގެ ގޮތުގައި 1.05 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މާލެ އާއި މާލެ ސަރަހައްދުގެ ރަށްތަކަކާއި އަތޮޅު ތެރޭގެ ބައެއް ރަށްތަކަށް ވެސް ފެނުގެ ހިދުމަތްދޭ ކުންފުނީގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ކުންފުނިން ވިޔަފާރިކުރުމަށް 565.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. 120 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ސަރުކާރުގެ 80 ޕަސެންޓް ހިއްސާ އޮންން ފެން ކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުން ހިންގުމުގެ ހަރަދު ވެސް މިދިޔަ އަހަރު ވަނީ 62.8 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. އެ ކުންފުނިން މިދިޔަ އަހަރު ހިންގުމުގެ ހަރަދުގެ ގޮތުގައި 238.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ކުންފުނިން ޓެކްސްގެ ގޮތުގައި 47.4 މިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވެ އެވެ.
އެމްޑަބްލިއުއެސްސީގެ ގްރޫޕް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 271.9 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 16 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. ގްރޫޕް ފައިދާ އިތުރުވެފައި ވަނީ އެ ކުންފުނި ހިއްސާވެގެން އުފައްދާފައިވާ އައިލެންޑް ބެވަރޭޖަސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާ އެކު އެވެ.
ސިނަމާލެ ބްރިޖުގެ ފެން ހޮޅި ބޭނުންކުރަން ފަށަނީ
ފެނުގެ ނެޓްވޯކް ގުޅާލާ ސްޓޭޝަންގެ މަސަައްކަތް ފަށައިފި
ބާ ފެން މީޓަރުތައް ބަދަލުކުރަނީ
މާލޭގެ ތިން ސަރަަހައްދަކުން ފެން ކެނޑިއްޖެ
ވެރި ރަށް: ބެކަޕް ޕްލޭނެއް، ސިސްޓަމެެއް ނެތް؟
ހުޅުމާލޭގައި 10،000 ޓަނުގެ ފެންރައްކާކުރެވޭ ތާނގީ
ފެން އުފައްދާ ނިޒާމެއް ކަނޑުއަޑީގައި ހަދަން ދިރާސާއެއް
އައްޑޫ: އުފައްދާ ވަރަށްވުރެ ފެން ބޭނުން ކުރާލެއް ގިނަ
އައްޑޫ ފެނުގެ ނިޒާމް އަޕްގްރޭޑިން އެމްޑަބްލިއުއެސްސީއަށް
ފެނާއި ކަރަންޓު ބިލްގެ ޖޫރިމަނާ މާފު ކުރަން ނިންމައިފި