07 ޖުލައި 2018
މިހާރު ހަދަމުން އަންނަ މާލެ-ހުޅުލެ ބްރިޖާ އެކު ދެ ރަށުގެ ފެނުގެ ނިޒާމު ގުޅާލަން ހޮޅި ވަޅުލުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
މިހާރު ހަދަމުން އަންނަ މާލެ-ހުޅުލެ ބްރިޖާ އެކު ދެ ރަށުގެ ފެނުގެ ނިޒާމު ގުޅާލަން ހޮޅި ވަޅުލުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ފެން ހޮޅިލައިނަކާއި ފައިބާ އޮޕްޓިކް ކޭބަލެއް އަޅަން އެމްޑަބްލިއުއެސްސީން ހަވާލުކޮށްފައި ވަނީ ބްރިޖްގެ މަސައްކަތްކުރާ ޗައިނާ ހާބާ އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެޗްއީސީ)އާ އެވެ.
އެމްޑަބްލިއުއެސްސީން ބުނީ މިއަދަކީ ތާރީހީ ދުވަހެއް ކަމަށާއި މާލެ އާއި ހުޅުމާލެ ގުޅުވާލަން އަޅާ ހޮޅިލައިނުގެ ފުރަތަމަ ހޮޅި އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން ފެން ހޮޅިލައިނާއި ފައިބާ އޮޕްޓިކް ކޭބަލްގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ނިމޭނެ ކަމަށެވެ. އެމްޑަބްލިއުއެސްސީން، ސީއެޗްއީސީއާ އެ މަސައްކަތް ހަވާލުކުރީ 1.6 މިލިއަން ޑޮލަރު (24.6 މިލިއަން ރުފިޔާ) އަށެވެ.
އެމްޑަބްލިއުއެސްސީން ކުރިން ބުނެފައި ވަނީ މާލެ އިން ހުޅުމާލެއަށް ފެންހޮޅި އެޅުމުގެ ބޭނުމަކީ ފެން އުފައްދައި ރައްކާކުރުމުގެ މައި ހަބަކަށް، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ގާއިމް ކުރާ ސެންޓަރު ބަދަލުކޮށް، މާލެ އާއި ހުޅުމާލެ އަށް ބޭނުން ކޮންމެ ވަގުތަކު ބްރިޖް މެދުވެރިކޮށް ފެން ޕަންޕް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުން ކަމަށެވެ. އަދި މިއީ އެމްޑަބްލިއުއެސްސީން އެކުލަވާލާފައިވާ "ވޯޓާ ސެކިއުރިޓީ ޕްލޭން" ގައި މާލޭގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ޚިދުމަތް ދިނުމަށް ހިންގާ މަޝްރޫއެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އަންނަ މަހު ހުޅުވަން އަމާޒު ހިފާފައިވާ ބްރިޖުގެ މަސައްކަތް ކުރަނީ ޗައިނާގެ ސީއެޗްއީސީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޗައިނާ ކޮމިއުނިކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) ންނެވެ.
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ނަމުގައި މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގައި މިހާރު ކުރިއަށް ގެންދަނީ ސުޕަސްޓްރަކްޗާގެ އެންމެފަހު ތަނބު ގުޅުވާލުމުގެ މަސައްކަތެވެ. އެ ތަނބު ގުޅާލުމުގެ މަސައްކަތް އަންނަ ހޯމަ ދުވަހު ނިމޭނެ އެވެ. މި މަސައްކަތް ނިމުމުން ދެން އޮންނާނީ، ބްރިޖުގެ ލޭންތަކާއި އެ ނޫން ވެސް ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތެވެ.
ސިނަމާލެ ބްރިޖުގެ ފެން ހޮޅި ބޭނުންކުރަން ފަށަނީ
މާލޭގެ ތިން ސަރަަހައްދަކުން ފެން ކެނޑިއްޖެ
ފެނުގެ ނިޒާމް ބްރިޖުން ގުޅާލަން ސީއެޗްއީސީއަށް
ބްރިޖާ ހަމައަށް ފެން ހޮޅި ވަޅުލައިދޭނެ ބަޔަކު ހޯދަނީ
ބްރިޖް މެދުވެރިކޮށް ފެންހޮޅި އަޅަން ޑިޒައިންކުރަނީ
ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ފެން ކެނޑިއްޖެ
ހުޅުމާލޭގައި 10،000 ޓަނުގެ ފެންރައްކާކުރެވޭ ތާނގީ
ފެން އުފައްދާ ނިޒާމެއް ކަނޑުއަޑީގައި ހަދަން ދިރާސާއެއް
ފެނުގެ ނެޓްވޯކް ގުޅާލާ ސްޓޭޝަންގެ މަސަައްކަތް ފަށައިފި
އައްޑޫ: އުފައްދާ ވަރަށްވުރެ ފެން ބޭނުން ކުރާލެއް ގިނަ