11 އެޕްރީލް 2017
މާލެ އާއި ހުޅުލެއާ ދެމެދު ހަދާ ބްރިޖް މެދުވެރިކޮށް މާލެ އަށް އަޅާ ފެން ހޮޅި ޑިޒައިން ކުރުމުގެ މަސައްކަތް ސީސީސީސީ ސެކަންޑް ހަބާ އިންޖިނިއަރިންއާ، އެމްޑަބްލިއުއެސްސީން މިއަދު ހަވާލުކޮށްފި އެވެ.
މާލެ އާއި ހުޅުލެއާ ދެމެދު ހަދާ ބްރިޖް މެދުވެރިކޮށް މާލެ އަށް އަޅާ ފެން ހޮޅި ޑިޒައިން ކުރުމުގެ މަސައްކަތް ސީސީސީސީ ސެކަންޑް ހަބާ އިންޖިނިއަރިންއާ، އެމްޑަބްލިއުއެސްސީން މިއަދު ހަވާލުކޮށްފި އެވެ.
ގާތްގަނޑަކަށް 200،000 ޑޮލަރު (ތިން މިލިއަން ރުފިޔާ) އަށް 70 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމުގެ އެއްބަސްވުމުގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އެވެ. އަދި ސީސީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަރު ހުއަންގް ލޮންގް އެވެ.
ސީސީސީސީ ސެކަންޑް ހަބާ އިންޖިނިއަރިން އަކީ ބްރިޖްގެ މަސައްކަތް ކުރަމުން އަންނަ ޗައިނާގެ ކުންފުންޏެކެވެ.
ފެން ހޮޅި ޑިޒައިން ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ އެއީ އެމްޑަބްލިއުއެސްސީން އެކުލަވާލާފައިވާ ވޯޓާ ސެކިއުރިޓީ ޕްލޭންގެ ދަށުން މާލޭގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އަދި މަޝްރޫއުގެ އިތުރު ތަފުސީލް ދެވޭނީ ޑީޓެއިލް ޑިޒައިން ނިމުމުން ކަމަށް ވެސް ފަޒުލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރިއަށް އޮތްތަނުގައި ވެސް އެ ބޭފުޅުންނާ ގުޅިގެން ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަން އެބަ ޖެހޭ. އޭގެ ތެރޭގައި ކޮންސްޓްރަކްޝަން ސްޓޭޖްގެ މަސައްކަތްތައް ވެސް ހިމެނޭ،" އޭނާ ވިދާޅުވި އެވެ.
ފަޒުލް ވިދާޅުވީ ފެން އުފެއްދުން ޑީސެންޓްރަލައިޒް ކުރުމުގެ ގޮތުން މާލޭގެ ދެ ސަރަހައްދެއްގައި ފެން އުފެއްދުމުގެ ގާބިލްކަން މިހާރު އެ ކުންފުންޏަށް ލިބިފައިވާ ކަމަށެވެ. އެގޮތުން ބޮޑުތަކުރުފާނުމަގުގައި ގާއިމުކުރާ 5،000 ކޮޑިމީޓަރުގެ ފެން ޕްލާންޓްގެ ކޮމިޝަންކުރުމުގެ މަސައްކަތްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ އިތުރުން ހަވީރީމަގުގައި ބަހައްޓާ 2،000 ކޮޑިމީޓަރުގެ ފެން ޕްލާންޓްގެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިމި އެ ޕްލާންޓް ވެސް ބޭނުންކުރެވޭނެ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.
ފަޒުލް ވިދާޅުވީ ބްރިޖް މެދުވެރިކޮށް ހުޅުލެއިން މާލެ އަށް ހޮޅިއެޅުމަށް ބޭނުންވާ ސާމާނު މި އަހަރުގެ ފަހުކޮޅު ގެނެވޭނެ ކަމަށެވެ.
ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ފެން ކެނޑިއްޖެ
ސިނަމާލެ ބްރިޖުގެ ފެން ހޮޅި ބޭނުންކުރަން ފަށަނީ
ފެން އުފައްދާ ނިޒާމެއް ކަނޑުއަޑީގައި ހަދަން ދިރާސާއެއް
ފެނުގެ ނެޓްވޯކް ގުޅާލާ ސްޓޭޝަންގެ މަސަައްކަތް ފަށައިފި
"ތާޒާ އަހަރަކަށް": އަހަރު ދުވަހަށް ފެން ހިލޭ
މާލޭގައި ފެން ރައްކާކުރާނެ އިތުރު ދެ ތާނގީ ބަހައްޓަނީ
މިވަރުން ޔަގީންކޮށް، އިސްކުރު ފެން ބޯން ފަށާ!
އިސްކުރު ފެން ބުއިމަށް ރައީސް ބާރު އަޅުއްވައިފި
ފެން ވައިރުކުރުމުގެ މިންގަނޑެއް އެކުލަވައިލަނީ
ސަރަހައްދުގައި އެންމެ ރަނގަޅު ފެން ދޫކުރަނީ ރާއްޖޭގައި