22 މެއި 2018
ކަރާ ހެއްދުމަށް މަޝްހޫރު އއ. ތޮއްޑޫން ގެންނަ ކަރަލުގެ އަދަދު އިތުރުވެ، މާލޭގެ ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު 20ރ. އަށް ދަށްވެއްޖެ އެވެ.
ކަރާ ހެއްދުމަށް މަޝްހޫރު އއ. ތޮއްޑޫން ގެންނަ ކަރަލުގެ އަދަދު އިތުރުވެ، މާލޭގެ ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު 20ރ. އަށް ދަށްވެއްޖެ އެވެ.
މި ރޯދަމަސް ފެށުނުއިރު، ދަތުރުވެރިންގެ މާރުކޭޓުން ކަރާ ކިލޯއެއް ވިއްކީ 30ރ. އަށެވެ. އަދި އޭގެ ފަހުން 40ރ. އަށް އެރުމަށް ފަހު މިހާރު އަގު އަންނަނީ މަޑުމަޑުން ދަށްވަމުންނެވެ.
ތޮއްޑޫ ކައުންސިލްގެ މެމްބަރު ހަސަން އަބްދުﷲ މިއަދު ވިދާޅުވީ، މަދުވެގެން ދުވާލަކު 25 ޓަނުގެ ކަރާ މާލެ އަށް ފޮނުވާ ކަމަށެވެ. އަދި މާލޭގެ ބާޒާރަށް ބޭނުންވާ އަދަދަށް ކަރާ ފޮނުވަން މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެން ބާވަތްތައް ވެސް ކޮންމެ ދުވަހަކު މާލެ ގެންދޭ،" ހަސަން ވިދާޅުވި އެވެ.
ތޮއްޑޫގެ އިތުރުން، ގިނަ އަދަދަކަށް މާލެ އަށް ކަރާ ގެންނަ ކ. ކާށިދޫ ކައުންސިލްގެ ރައީސް އަލީ ސުލްތާން ވިދާޅުވީ، މި ފަހަރު ރޯދައާ ދިމާކޮށް ކަރާ ގެންނަ އަދަދު މަދު ކަމަށެވެ. އޭގެ ސަބަބެއް ކަމަށް ވިދާޅުވީ މޫސުން ގޯސްވެ ކަރާ ދަނޑުތައް ހަލާކުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެން އަހަރުތަކަށް ވުރެ ދަށްކޮށް މިފަހަރު އުޅެނީ. ވިއްސާރަވެ ދަނޑުތައް ވަރަށް ބޮޑަށް ހަލާކުވި،" ސުލްތާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރޯދައާ ދިމާކޮށް ތަރުކާރީ އާއި މޭވާގެ ބާވަތްތައް ހައްދަން 700 ދަނޑު ތޮއްޑޫން ދޫކުރި އެވެ.
ކަރާގެ އަގު އަނެއްކާ ވެސް 35ރ. އަށް އުފުލިއްޖެ
25 ޓަނުގެ ކަރާ މާލެ އަށް ފޮނުވަން: ތޮއްޑޫ
ކަރާ ކިލޯއެއްގެ އަގު 25ރ. އަށް ވެއްޓިއްޖެ
ކަރާ ކިލޯއެއްގެ އަގު 40ރ. އުފުލިއްޖެ
ބާރު ބޮޑު، އަގު ބޮޑު، ބާޒާރެއް!
އަގުތައް މައްޗަށް، ބައެއް އެއްޗެހި ލިބުން ދަތި!
ދަތިކަމެއް ނެތި ކަރާ ލިބޭނެ: ދަނޑުވެރިން
ކަރާގެ އަގު ދެ ގުނަ ބޮޑުވެ ކިލޯއެއް 30ރ. އަށް
ކާށިދޫ ދަނޑުވެރިންނަށް ބޮޑު ގެއްލުމެއް
ކުރުނބާ އެބަހުރި، އެކަމަކު އަގު ވަރަށް ބޮޑު