Roadha Mihaaru
ބާރު ބޮޑު، އަގު ބޮޑު، ބާޒާރެއް!

ބާރު ބޮޑު، އަގު ބޮޑު، ބާޒާރެއް!

16 މެއި 2018

މުލަ ރޯދަ ދުވަހާއެކު ބާޒާރުމަތި ހަލަބޮލިވެފައިވާއިރު ދިވެހި އުފެއްދުންތަކުގެ އަގު ބޮޑުވުމުގެ ޝަކުވާ ގިނަ ބަޔަކު ކުރަން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މުލަ ރޯދަ ދުވަހާއެކު ބާޒާރުމަތި ހަލަބޮލިވެފައިވާއިރު ދިވެހި އުފެއްދުންތަކުގެ އަގު ބޮޑުވުމުގެ ޝަކުވާ ގިނަ ބަޔަކު ކުރަން ފަށައިފި އެވެ.

ދިވެހި އުފެއްދުންތައް ވިއްކުމަށް ހާއްސަކޮށްފައިވާ ދަތުރުވެރިންގެ މާރުކޭޓު، މިއަދު ހެނދުނުން ފެށިގެން މެންދުރާ ހަމައަށްވެސް ވަނީ ތޮއްޖެހިފައި އެވެ. ކާބޯތަކެތި ގަތުމަށް އެތައް ބަޔަކު އެތަނަށް ގޮސްފައިވާއިރު އެންމެންވެސް ދައްކަނީ އެއް ވާހަކައެކެވެ. އެއީ ތަކެތީގެ އަގު ބޮޑު ވާހަކަ އެވެ.

"އަށް ރުފިޔާއަށް ކޮޕީ ފަތެއް ވިއްކަނީ. ކުރިން 10 ރުފިޔާ ނޫނީ 15 ރުފިޔާއަށް ފަތް ބޮނޑިއެއް ލިބޭ،" ތަކެތީގެ އަގު ބޮޑުކަމުގެ މިސާލު ދައްކަމުން މީހަކު ބުންޏެވެ.

ރޯދަ ފެށުމުގެ ކުރިން ހުރި އަގުތަކަށް 15-20 ރުފިޔާ އިތުރުކޮށް އަގު ބޮޑުކޮށްފައިވާ ކަމަށް ބާޒާރު މަތީން ދިމާވި ބައެއް މީހުން ބުންޏެވެ.

ރޯދަ މަހު ދިވެހިންނަށް އެންމެ ހާއްސަ ކަރާގެ އަގު އުޅެނީ 35 ރުފިޔާ އަށް ކިލޯ އެކެވެ. ވިއްކަން ގިނައިން ހުރީ ބޭރު ކަރަ އެވެ.

މީހަކު ދޮންކެޔޮ ގަންނަނީ، ދޮންކެޔޮ ވަކެއްގެ އަގު އުޅެނީ 6 ރުފިޔާއަށްވުރެ އަގު ބޮޑުކޮށް-- މިހާރު ފޮޓޯ

މީހަކު ދޮންކެޔޮ ގަންނަނީ، ދޮންކެޔޮ ވަކެއްގެ އަގު އުޅެނީ 6 ރުފިޔާއަށްވުރެ އަގު ބޮޑުކޮށް-- މިހާރު ފޮޓޯ

"ވިއްސާރަ ވީމަ ދިވެހި ކަރާ ލިބުން މަދީ. އަދި ލިބޭނެ. ހަފުތާއެއް ތެރޭ ދިވެހި ކަރާ ގިނަ ވާނެ. އޭރުން އަގު ކޮންމެވެސް ވަރަކަށް ދަށް ވެދާނެ. އެކަމަކު އެހާ ބޮޑުތަން ދަށެއް ނުވާނެ،" މާރުކޭޓުގެ ވިޔަފާރިވެރި އަކު ބުންޏެވެ.

Dhanduthakah gellunve, karaa libun dhathivejje

Dhanduthakah gellunve, karaa libun dhathivejje

The most trusted news source in the Maldives

Mihaaru

ވިއްސާރަވެ ދަނޑުތަކަށް ގެއްލުން ލިބުން---

ކަރާގެ އިތުރުން ކެއިންބުއިމަށް ބޭނުންކުރާ އެހެން ތަކެތީގެ އަގު ވެސް ބޮޑެވެ. އެގޮތުން ކުރިން 20 ރުފިޔާ އާއި 25 ރުފިޔާއަށް އާންމުކޮށް ވިއްކަން ހުންނަ ލުނބޯ ކިލޯއެއްގެ އަގު ހުރީ 45 ރުފިޔާއަށެވެ. ކުރިން 150 ރުފިޔާއަށް ވިއްކާ ދިވެހި މިރުސް ކިލޯއެއްގެ އަގު 700 ރުފިޔާ އަށް ވުރެ މައްޗަށް ވަނީ އަރާފައި އެވެ.

ދޮންކެޔޮ ވަކެއް ވިއްކަނީ ފަސް ރުފިޔާ އަށްވުރެ އަގު ބޮޑުކޮށެވެ. ޕެޝަންފުރުޓް ކިލޯއެއް އުޅެނީ 65 ރުފިޔާއަށެވެ.

އެހެން ރޯދަ މަސްތަކާ އަޅާ ބަލާއިރު ބާޒާރުގައި ތަކެތި އެހާ ގިނަ ނޫންކަން ވެސް ފާހަގަވެ އެވެ. ދިވެހި އުފެއްދުންތައް ވިއްކުމަށް ހާއްސަކޮށްފައިވާ އެ މާރުކޭޓުގައި ގިނަ އަދަދަކަށް ބޭރުގެ އުފެއްދުންތައް އެބަހުއްޓެވެ. އޭގެ ތެރޭގައި އާފަލާއި އޮރެންޖާއި މޭބިސްކަދުރާއި އަނބު ހިމެނެ އެވެ.