22 މެއި 2018
ފެހުރިހީގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާ އިރު އެ ތަކެއްޗަށް ގެއްލުންވާ ގޮތަށް އެތައް ބަޔަކު އަމަލު ކުރާ ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ފެހުރިހީގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާ އިރު އެ ތަކެއްޗަށް ގެއްލުންވާ ގޮތަށް އެތައް ބަޔަކު އަމަލު ކުރާ ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަ ކުރާ ބައިނަލްއަގުވާމީ ދިރޭ ތަކެތީގެ ނަސްލުތަކާ ބެހޭ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ތޯރިގް ދެއްވި ހިތާބުގައި ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީގެ ސާވޭ އިން ދައްކާ ގޮތުން ރާއްޖެ އަންނަ ޓޫރިސްޓުންގެ 33 ޕަސެންޓް މީހުން ރާއްޖެ އިން އެންމެ ދެކެން ބޭނުންވާ އެއްޗަކީ ފެހުރިހި ކަމަށެވެ.
އދ. އަތޮޅުގައި ގިނަ އަދަދަކަށް ފެހުރިހި ފެންނަ ސަރަހައްދެއް އޮވެ އެވެ. އެ ސަރަހައްދަކީ ދުނިޔޭގެ ނިސްބަތުން ވެސް އެއް ތަނަކުން އެންމެ ގިނަ އިން ފެހުރިހި ފެންނަ ސަރަހައްދު ކަމަށް ލަފާކުރެ އެވެ. އެއީ ހިމާޔަތް ކޮށްފައިވާ ސަރަހައްދެކެވެ. ފެހުރިހި ޕްރޮމޯޓްކޮށްގެން އެ އަތޮޅުގައި ރިސޯޓްތަކާއި ގެސްޓް ހައުސްތައް ވެސް ހިންގަ އެވެ.
މިނިސްޓަރު ވިދާޅުވީ ފެހުރިހިން ލިބޭ އާމްދަނީން ދިވެހި އެތައް އާއިލާއެއް ދިރިއުޅެމުން އަންނަ އިރު ފެހުރިހި އުޅޭ ސަރަހައްދުތަކަށާއި އެ ތަކެތީގެ ކާނާ އަށް ގެއްލުންވާ ގޮތަށް ގިނަ ބަޔަކު އަމަލު ކުރާ ކަމަށެވެ. އެންމެ ބޮޑު ކަމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ މޫދަށް ކުނި އެޅުމެވެ.
"ކަނޑުގެ މާހައުލަށް އުކާލެވޭ ކުނިބުންޏާއި ޕްލާސްޓިކް، ފެހުރިހި ފަދަ ދިރުންތަކުގެ ނޭވާލާ ނިޒާމާއި ގޮހޮރުގެ ތެރެއަށް ވަދެ، ނޭވާލާ ނިޒާމުގެ މައްސަލަތަކުގެ ސަބަބުން ނުވަތަ ގޮހޮރުގައި ކުނިބުނި ގިނަވުމުން މަރުވޭ." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުނިއެޅުން ފަދަ އަމަލުތަކުގެ ސަބަބުން ފެހުރިއްސާއި ކަނޑުގެ އެހެނިހެން ދިރުންތައް ނެތި ދިއުމުގެ ބިރު ހީވެފައިވާ ކަމަށެވެ. އެފަދަ ކަމެއް ވެއްޖެ ނަމަ އެންމެ ބޮޑު ގެއްލުމެއްވާނެ ބަޔަކީ ދިވެހިން ކަމަށް ވާއިރު އެ ކަންކަން ނުކުރަން މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ފަރުތަކުން އުފެދިފައިވާ ޖަޒީރާ ރަށްތަކަކަށް ވާއިރު ރާއްޖެ އަކީ ދިރޭތަކެތީގެ ނަސްލާއި ގުދުރަތީ ވަސީލަތްތަކުގެ އަގުހުރި މިސާލެއް ކަމަށެވެ. ދިވެހި ފަރުތަކާއި ކަނޑުތަކުގެ އަގުތައް ވެސް ގުނާ އަދަދު ނުކުރެވޭ ކަން މިނިސްޓަރު ވިދާޅުވި އެވެ.
ދުނިޔޭގެ ދިރުންތަކާއި ވަސީލަތްތަކުގެ އަގު ވަޒަން ކުރުމުގައި އިންސާނުން ނުކުޅެދިފައި ވާއިރު އެ ތަކެއްޗަށް ގިނަގުނަ ގެއްލުންތަކެއް ދެމުން ދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އިންސާނުންގެ އަމަލުތަކާ ހެދި މި ދުނިޔެ އިން އެތައް ދިރުމެއް ނެތި ހުސްވެފައިވެ އެވެ. އެތައް މާހައުލެއް ނެތި ހަލާކުވަމުން ދެ އެވެ. ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައި ދުނިޔޭގެ ކަނޑުތަކަށް އެތައް ހާސްޓަނެއްގެ ޕްލާސްޓިކް އިތުރުވަމުން ދެ އެވެ،" މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.
ލަނޑުދަނޑިތަކަށް ދެމެހެއްޓެނެވި ގޮތެއްގައި އެހީދޭންޖެހޭ
ޕަރީފެންގަނޑުގައި ވިއުއިން ޕްލެޓްފޯމެއް ހަދަނީ
ފެހުރިހި ހިމާޔަތްކުރުމާ ގުޅޭ އާ އުސޫލެއް ހަދައިފި
1.3 މިލިއަން ގަސް އިންދަން ޝައުގުވެރިކަން ފާޅުކޮށްފި
100 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ހަދަނީ
ފެހުރިހި ހިމާޔަތްކުރުން ތިމާވެށީގެ ގާނޫނުގެ ދަށަށް
20 ރަށެއްގެ ނަރުދަމާ އެއްބަސްވުން ބާތިލު:އޭސީސީ
ޗައިނާ އިން ރާއްޖެ އަށް 35 ޖަނަރޭޓަރު ހަދިޔާކޮށްފި
20 ރަށެއްގެ ނަރުދަމާއަށް 800 މިލިއަންގެ މަޝްރޫއެއް
ދެ ރަށެއްގައި ނަރުދަމާ އާއި ފެނުގެ ނިޒާމު ގާއިމުކުރަނީ