27 ޖުލައި 2016
ދައުލަތުގެ ޚަރަދުގައި ވަކީލުން ހަމަޖައްސަން އުޅެ، އެކަން ހަމަ ނުޖެހިގެން އެތައް ދުވަސްތަކެއް ވަންދެން ތިބެންޖެހޭ ޖެހުމަކީ މިއަދާ ހަމައަށް ވެސް ހައްލެއް ނުލިބިފައި އޮތް ކަމެކެވެ. އެކި ފޯރަމްތަކާއި އެކި ހަފުލާތަކުގައި ދަައުލަތުގެ ކަމާބެހޭ އިދާރާތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ ވާހަކަ ދެއްކިޔަސް އަދި އެކަން ހައްލުކުރަން ދައުލަތުން ކިތަންމެ މަސައްކަތެއް ކުރިޔަސް އަދިވެސް އެކަމަށް އޮތީ ދާއިމީ ހައްލެއް ނުލިބިފަ އެވެ.
ދައުލަތުގެ ޚަރަދުގައި ވަކީލުން ހަމަޖައްސަން އުޅެ، އެކަން ހަމަ ނުޖެހިގެން އެތައް ދުވަސްތަކެއް ވަންދެން ތިބެންޖެހޭ ޖެހުމަކީ މިއަދާ ހަމައަށް ވެސް ހައްލެއް ނުލިބިފައި އޮތް ކަމެކެވެ. އެކި ފޯރަމްތަކާއި އެކި ހަފުލާތަކުގައި ދަައުލަތުގެ ކަމާބެހޭ އިދާރާތަކުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެ ވާހަކަ ދެއްކިޔަސް އަދި އެކަން ހައްލުކުރަން ދައުލަތުން ކިތަންމެ މަސައްކަތެއް ކުރިޔަސް އަދިވެސް އެކަމަށް އޮތީ ދާއިމީ ހައްލެއް ނުލިބިފަ އެވެ.
ގާނޫނުއަސާސީގެ 53 ވަނަ މާއްދާ ބުނާގޮތުން ޖިނާއީ ބޮޑެތި މައްސަލަތަކުގެ ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އަމިއްލައަށް ވަކީލަކު ހޯދޭ ފަދަ ތަނަވަސްކަން ނެތް މީހުންނަށް ދައުލަތުގެ ޚަރަދުގައި ވަކީލުން ހޯދައިދޭން ޖެހެއެވެ. އެކަމާ ބެހޭ އުސޫލުތަކެއް ކަނޑައަޅައި، އެޓާނީ ޖެނެރަލްގެ އޮފީހުން ދަނީ 2008 ވަނަ އަހަރުން ފެށިގެން އެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އެކަމަކު މިއަދާ ހަމައަށް ވެސް އެކަމުގައި ކުރިމަތިވާ ގޮންޖެހުންތައް ވެފައި އޮތީ "ފަރުވާއެއް ނެތް" ބައްޔަކަށެވެ.
ދައުލަތުގެ ޚަރަދުގައި ވަކީލުން ހޯދަން އެތައް ފަހަރަކު އިއުލާންކޮށްގެން ވެސް ގިނަ ފަހަރު ވަކީލުން ނުލިބުމަކީ އާންމު ކަމެކެވެ. އެ ޚިދުމަތް ދޭން ފެށިއިރު އެންމެ ފުރަތަމަ ދިމާވި މައްސަލައަކީ އާންމުކޮށް ދިފާއީ ވަކީލުންގެ ފީ އަކީ ބޮޑެތި އަގުތަކެއް ކަމަށްވެފައި ދައުލަތުގެ ޚަރަދުގައި އެކަން ކުރާއިރު ނިސްބަތުން ވަރަށް ކުޑަ އަގެއް ވަކީލުންނަށް ލިބުމެވެ. އެކަން ހައްލުކޮށް، އެތައް ގުނައެއް ބޮޑުކޮށް ދައުލަތުން ވަކީލުންނަށް ފައިސާ ދޭން އެއްބަސްވުމުން ވެސް ބޭނުންވާ މިންވަރަކަށް ވަކީލުންނެއް ނުލިބެ އެވެ.
"ބައެއް ފަހަރު ހަމައެކަނި މުއްދަތު މަޖިލީހަކަށް ވެސް 25،000ރ. ޚަރަދު ކުރާ ގޮތަށް ހަމަޖައްސާފައި އޮންނާނެ. ނަމަވެސް ފައިސާގެ އަދަދު ކިތަންމެ ބޮޑު ކުރިޔަސް ގާނޫނީ ވަކީލުން ލިބޭ ގޮތެއް ނުވޭ،" މިދިޔަ ހަފުތާގައި ބޭއްވި ލީގަލް އެއިޑް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވި އެވެ.
"މިދިޔަ އަހަރު ވެސް އެއް މައްސަލައެއްގައި ގާނޫނީ ވަކީލަކު ހޯދަން 14 ފަހަރު އިއުލާންކޮށްގެން ވެސް ވަނީ ލިބޭ ގޮތް ނުވެފައި،" އެ ހަފުލާގައި އަނިލް ވިދާޅުވި އެވެ.
އޭޖީ އަނިލް: ވަކީލުންގެ ފީ ބޮޑު ކުރިޔަސް ދައުލަތުގެ ޚަރަދުގައި ވަކީލުން ނުލިބޭ ކަމަށް ވިދާޅުވި --ފޮޓޯ/މިހާރު
ވަކީލުންނަށް ދޭ ފީ ބޮޑުކޮށްގެން ވެސް އެކަށީގެންވާ މިންވަރަށް ވަކީލުން ނުލިބުމުން ދައުލަތުން ފައިސާ ދޭ ގޮތަށް ގާނޫނީ އެހީތެރިކަން ދިނުން ލޯ ފާމަކާ ހަވާލުކުރަން މަސައްކަތްކުރި އެވެ. އެކަމަކު ޝައުގުވެރިވާ ލޯ ފާމެއް ހޯދަން އިއުލާން ކުރުމުން ވެސް ލޯ ފާމްތަކުން އެކަމަށް މާ ބޮޑު ތަރުހީބެއް ނުލިބުނެވެ.
ވަކީލުން ލިބުމުގެ ހައްގަކީ ކުށުގެ ތުހުމަތު ކުރެވޭ ކޮންމެ މީހަކަށް ވެސް ލިބޭ ހައްގަކަށްވާތީ، ކުށުގެ ދައުވާ އުފުލިފައިވާ މީހާ ވަކީލަކު ބޭނުންވާ ކަމަށް ނަމަ އޭނާއަށް އެ ފުރުސަތު ނުދީ ޝަރީއަތް ކުރެވޭނެ ގޮތެއް ނޯވެ އެވެ. އެހެންވެ، ދައުލަތުގެ ޚަރަދުގައި ވަކީލުން ހޯދަން އެދޭ މައްސަލަތަކުގައި ވަކީލުން ނުލިބި ދިގުލައިގެން ދިއުމުން އެ މައްސަލައެއްގެ ޝަރީއަތް ކުރިއަށް ނުގެންދެވި ގިނަ ދުވަސްތަކަކަށް ދިގު ދެމިގެންދެ އެވެ. އޭގެ ގެއްލުން ގިނަ ބަޔަކަށް ދަނީ ކުރަމުންނެވެ.
"ހައްގު ބޭނުންވާ މީހާގެ ހައްގު ގެއްލުމުގެ އިތުރުން ޝަރީއަތް ނުވަތަ ތަހުގީގު މަރުހަލާގައި އެ މައްސަލަ ދިގުލައިގެން ދިއުން ގިނަ. އޭގެ ސަބަބުން އެ މައްސަލާގައި ދެން ހިމެނޭ ފަރާތްތަކަށް އޭގެ ތެރޭގައި އަނިޔާލިބުނު ފަރާތްތައް ނުވަތަ ޝިކާރައަކަށްވި ފަރާތްތަކާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ވެސް ގިނަގުނަ ދަތިތަކެއް ކުރިމަތިވަމުން އެބަދޭ،" އަނިލް ވިދާޅުވި އެވެ.
އެހެންވެ މިހާރު ސަރުކާރުން މަސައްކަތް ކުރަމުންދަނީ ޕަބްލިކް ޑިފެންޑާސް އޮފީހުގެ ނަމުގައި އޮފީހެއް ގާއިމްކޮށް، އެ ޚިދުމަތް ދިނުން އެ އޮފީހުގެ ދަށަށް ބަދަލު ކުރުމަށެވެ. އެކަން ގާނޫނެއްގެ ތެރެއަށް ފައްތައި، ގާނޫނީ ބާރު އެ އޮފީހަށް ދިނުމަށް ބިލެއް ތައްޔާރު ކުރުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު ދަނީ ކުރަމުންނެވެ. ސަރުކާރުގެ ވިސްނުމަކީ އެ ޚިދުމަތް ދިނުމުގެ ހަމަތަކާއި އުސޫލުތައް އެ ގާނޫނުގައި ބަޔާންކޮށް، ޖިނާއީ މައްސަލަތަކޭ އެއްގޮތަށް މަދަނީ އަދި އާއިލީ މައްސަލަތަކުގައި ވެސް ގާނޫނީ އެހީ ދައުލަތުން ދޭ ގޮތަށް ހަމަޖެއްސުމެވެ.
ތަނަވަސްކަން ނެތް މީހުންނަށް ގާނޫނީ އެހީތެރިކަން ދިނުމަކީ ކުރިއަރާފައިވާ އެހެން ގައުމުތަކުގައި ވެސް ކަށަވަރުކޮށްދޭ ހައްގެކެވެ. އެހެންވެ މާލީ ތަނަވަސްކަން ނެތް މީހުންނަށް ގާނޫނީ އެހީތެރިކަން ދޭން ޕަބްލިކް ޑިފެންޑާސް އޮފީސްތައް އެ ގައުމުތަކުގައި ގާއިމްކޮށްފައި ހުރެއެވެ. އެ އޮފީހަކީ ދައުލަތުން ޚަރަދުކޮށްގެން ހިންގާ ތަނެއް ކަމަށްވިޔަސް ގާނޫނީ އެހީތެރިކަން ދިނުމުގައި ސަރުކާރު ނުވަތަ ދައުލަތުގެ އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާ އެކު ވަކީލުންނަށް މަސައްކަތް ކުރެވޭ ގޮތަށް އެ ގައުމުތަކުގައި އޮންނަނީ ހަމަޖައްސައިފަ އެވެ.
ޕަބްލިކް ޑިފެންޑާ އޮފީހެއް ގާއިމް ކުރުމުގެ މުހިންމު ކަން އުއްތަމަ ފަނޑިިޔާރު އަބްދުﷲ ސައީދު ވެސް ވަނީ އެ ހަފުލާގައި ފާހަގަ ކުރައްވައިފަ އެވެ. އެއީ ގާނޫނީ އެހީ ލިބުމުގައި ތަފާތުކަން ހުރި މީހުންގެ މެދުގައި އޮތް ތަފާތު ކުރުން ނައްތާލައި، ހަމަހަމަ ކަމާ އެކު އިންސާފަށް ވާސިލްވެވޭނެ ކަމެއް ކަމަށް އެމަނިކުފާނު އެ ހަފުލާގައި ވިދާޅުވި އެވެ.
"ލީގަލް އެއިޑްގެ ނިޒާމަކީ އަމިއްލައަށް ވަކީލަކު ހޯދޭ ފަދަ ތަނަވަސްކަން ހުރި މީހާ އާއި އެ ތަނަވަސްކަން ނެތް މީހާއާ ދެ މީހުން ހަމަހަމަ ކޮށްދޭ ނިޒާމެއް. ދުނިޔޭގެ ގައުމުތަކުގައި މި ނިޒާމު އެކިއެކި ސިފައިގައި ހިންގޭ ޕަބްލިކް ޑިފެންޑަރެއްގެ އޮފީހަކުން ނުވަތަ ގާނޫނީ ކިޔަވައިދޭ ކޮލެޖުތަކުގެ ދަރިވަރުންގެ ވަސީލަތުން ނުވަތަ ގާނޫނީ ފެޓާނިޓީގައި ތިއްބަވާ ބޭފުޅުން ޕްރޮބޯނޯ ކޮށް އެ ޚިދުމަތް ދެއްވާ އުސޫލުން އެކަން ކުރެވޭ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
މާލީ ތަނަވަސްކަން ނެތް މީހުންނަށް ގާނޫނީ އެހީ ދޭނެ ބަޔަކު ނުލިބިގެން ވަކީލުންގެ ކިބައިން ދައުލަތް "ސަލާން ޖަހަން" ޖެހޭ ޖެހުން ނިމުމަކަށް ގެންނަން އެބަޖެހެ އެވެ. އޭގެ ސަބަބުން ޝަރީއަތްތައް ހުއްޓިފައި އޮތުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މިއީ ރައްޔިތުންގެ މަޖިލީހުންނާއި ގާނޫނީ ވަކީލުން ވެސް އެއްގަލަކަށް އަރައިގެން ހައްލުކުރަން ވެއްޖެ ކަމެކެވެ. ޕަބްލިކް ޑިފެންޑާ އޮފީހަކީ އޭގެ ފެށުމެއް ކަމަށް ބެލެވެ އެވެ.
އަމާޒަކީ ގާނޫނީ ދާއިރާގެ ތައުލީމުގެ ފެންވަރު މަތިކުރުން
ބަންޑާރަ ނައިބާ ދެކޮޅަށް ހެދި ޕެޓިޝަނެއް ހުއްޓުވައިފި
ބަލައި ފާސްކުރަނީ އިޖުރާއަތުތައް ފުރިހަމަކޮށްގެން: އޭޖީ
ދުސްތޫރީ މައްސަލައަކަށް ނުވާ ދުސްތޫރީ މައްސަލަ ހުރޭތަ؟
ދިފާއީ ވަކީލުންނާ ބެހޭ ހާއްސަ އޮފީހެއް ގާއިމު ކުރަނީ
ރާއްޖޭގެ ސަރަހައްދެއް ނުގެއްލޭނެ: ޕްރޮފެސަރު ޕަޔަމް
އޭޖީން ފަނޑިޔާރުންނާއި ވަކީލުންގެ ފުޓްސަލް މުބާރާތެއް
ކުށުގެ ރެކޯޑް ބެލެއްޓުން ޑީޖޭއޭ އަށް
ދައުލަތުން އެދެނީ ބަދަލު ނަގައިދޭވަރު ލިމިޓްކުރަން
"ދީބާޖާ މައްސަލާގައި ނުރަނގަޅު ކަންތައްތަކެއް ހިނގި"